ރާއްޖޭގެ މަޝްހޫރު ފިލްމީތަރިން ކަމަށްވާ އާއިޝަތު ރިޝްމީއާއި ރަވީ ފާރޫޤް ވަރިވެއްޖެއެވެ.

ރިޝްމީއާއި ރަވީ ވަރިވިކަން ރިޝްމީ ވަނީ އޭނާގެ އިންސްޓަގްރާމްގައި މިރޭ ޔަގީން ކޮށްދީފައެވެ.

ރިޝްމީ އާއި ރަވީ ކައިވެނި ކުރީ 2019 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހުއެވެ. އިންސްޓަގްރާމްގައި ކުރި ޕޯސްޓްގައި ރިޝްމީ ބުނީ ރަވީ އާއި ދެމީހުން ކައިވެނި ކުރީ މިއީ ދެމީހުން ވެސް ދަތުރު ކުރަން ބޭނުންވާ މަންޒިލަށް ދަތުރު ކުރެވޭނެ ބައިވެރިޔާ ކަމަށް ގަބޫލު ކޮށްގެން ކަމަށެވެ. ނަމަވެސް ފާއިތުވި ދެއަހަރު ގިނަ ކަންކަން ތަހައްމަލް ކުރަން ޖެހުނު ކަމަށް ބުނެ ރިޝްމީ ބުނީ އަނބިމީހާ އާއި ފިރިމީހާގެ ގުޅުން މިހައި ހިސާބުން ނިންމާލަން ދެމީހުން ވެސް ނިންމީ ކަމަށެވެ.

ނަމަވެސް އަދިވެސް ރަހުމަތްތެރިކަން ދެމިއޮންނާނެ ކަމަށް އުއްމީދު ކުރާކަމަށް ރިޝްމީ ބުންޏެވެ.

ރިޝްމީ ބުނީ އެންމެން ވެސް އެމީހުންގެ ޒާތީ ކަންކަމަށް އިހްތިރާމް ކުރުމަށް އެދޭ ކަމަށެވެ. މީހުންގެ ފަރާތުން ލޯތްބާއި އޯގާތެރިކަން ލިބޭނެ ކަމާއިމެދު ޝައްކު ނުކުރާކަމަށް ރިޝްމީ ބުންޏެވެ.

ރިޝްމީ އާއި ކުރި ކައިވެންޏަކީ ރަވީގެ ތިން ވަނަ ކައިވެންޏެވެ. ރިޝްމީ ވެސް ވަނީ ރަވީ އާއި ކައިވެނި ކުރުމުގެ ކުރިން ފިލްމީތަރި އަހްމަދު އަޒްމީލް އާއި ކައިވެނި ކޮށްފައެވެ. އެކައިވެންޏަށް ފިރިހެން ކުއްޖަކު ވެސް ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޙުއް.

    ކިތައްވަނަ 25ގަ ތިކަން ތިނިމުނީ.

    11
    1
  2. ލޮބުސްޓާ

    ކޮބާ މައި ލޮބުސްޓާ😂😂

  3. ޖުހާ

    އޭރު ވެސް އިނގޭ ތިދުވަސް އަންނާނެކަން... ތީ ކުޅޭ ޑްރާމާއެއްނުން

    10
    1
  4. Anonymous

    ރަނގަޅޭ، ރަނގަޅޭ، ގިނަ ފިރިހެނުންނާ ކާވެނިކޮށްފައި ވަރިވެގެން އެމީހުންނާ އެކު އެކުވެރިކަމުގެ ގުޅުން ބާއްވާ. އޭރުން އެމީހުން އަތުން މަންފާތައް ލިބޭނެތާ. ބައެއް އަންހެނުން އެބައުޅޭ ހަތް މީހުންނާ އިނދެ ވަރިވެގެން އެމީހުންނާ އެކުވެރިކަމުގެ ގުޅުން ބާއްވާއިގެން. ހަފުތާގެ ހަތްދުވަހުންކުރެ ކޮންމެ ދުވަހަކު އެއިން އެކެއްގެ ޚަރަދުގައި ދިރިއުޅެވޭނެތާ ދޯ.

    13
    2
  5. ހަސްހަސް

    ޔާރާ ސީރީޒް އަށް ވާނީ ކިހިނެއް... ހުސް ކުރީގެ ފިރިން ދޯ އުޅޭނީ..

    19
  6. Anonymous

    dhen mihaaru kybaar kuraany

    10
  7. އޭނާ

    ރަނގަޅު. ވަރި ވިޔަސް ރަހްމަތްތެރިކަން ދެމިއޮންނާނެ. އެކަން އެނގޭ ގޮތަކީ، ވަރިވުމަށް ފަހު ވެސް އެކީގައި ފިލްމު ކުޅެ، ދެމީހުން އެކީގައި ޑާންސް ކޮށް، ބެއްދުމާއި ގައިގޯޅި ވުމާއި އަދި މި ނޫން ވެސް މިޒާތުގެ ކަންތައް ކުރުމަކީ ފިލްމީ ފަންނާނުންގެ އިސްތިލާހު ގައި ވަރިވުމަށް ފަހުގައި ވެސް އޮންނަ ރަހްމަތްތެރިކަން.

    24
  8. Yy

    Asthaa

    8
    1
  9. certificate

    hurihaa dhivehinge athuga ohnaane varah gina certificate Eiy kaiveneege 3 certificate vareege 3 certificate

    14
  10. ޏަން

    "އުފާވެރި ތިރީސް ވަނަ ފަންސަވީހަކަށް އެދެން ލޯބިވާ ފިރިމީހާ، ތިހާ ރަނގަޅު މީހަކަށް ވުމުން ވަރަށް ބޮޑަށް ޝުކުރުވެރިވަން. އަހަންނާއި އެކުގައި ނެތް ނަމަ ކުރާނެ ކަމެއް ނޭނގޭ. ވަރަށް ބޮޑަށް ލޯބިވޭ." ރިޝްމީގެ މެސެޖުގައިވެއެވެ.

    16
    1
  11. ސާމަރާ

    ހާދަ ހިތްވަރެއްނެތޭދޯ،

    10
    1
  12. Anonymous

    މީސްތަކުންނަށް ދޭން އޮންނަނީ އުފާވެރި ޚަބަރެއް ނޫންތަ
    ވަރިއަކީ ﷲސުބްޙާނަހޫ ވަތަޢާލާ ހުއްދަ ކުރެއްވި ކަންތައްތަކުގެ ތެރެއިން ރުހިވޮޑިނުގަންނަވާކަމެއް
    ދެން ކީއްކުރަން އިސްތިހާރުކުރަނީ
    ހުސްކަން އަންގާލަންތަ
    ދޮންކަނބުލޯ މުސްލިމު ކަނބަލުން ގޮތައް ހެދުން އަޅާލާ އާޚިރަތަށް ވިސްނާ

    22
  13. Anonymous

    thiya ee maakurin egykameh dhen buney praivacy ah jaagadheshey e irun filmstar vaanee

  14. Wahumadu

    ރިޝްމީ ބުނީ ރަވީ ނެތް ނަމަ ކުރާނެ ކަމެއް ނޭނގޭ ކަމަށް ދެން ކިހިނެއްހަދާނީ

    15
    1
  15. azey

    ރިޝްމީ ބުނީ ރަވީ ނެތް ނަމަ ކުރާނެ ކަމެއް ނޭނގޭ ކަމަށް

    14
  16. ޢަލީ

    ކޮންއިރަކު އައްޒަ ވަރިވަނީ، ތި ދެން އެނގޭ މާކުރިންވެސް ތިކަންވާނީ ތިހެންކަން، އައްޒަގެ ޚަބަރެއްނެތްތަ އަޅެ. މަ . . . .

  17. ޢަލީ

    އަލުން އާކޮށްލާ އެބައާދޭ 22-2-22

  18. ރާޝިދާ

    ހެހެހެހެ... ހަމަ ބަންގާޅީއަކާ އިނދެލީމަ ނިމުނީނުން، ހާސް ކަނޑާލާ

    5
    1
  19. jnsdkbfjb

    މީގެ އެންމެ ތިން މަސް ކުރިން މި ދެމީހުންގެ ލޯބި ޚަބަރެއް ހަމަ ވަގުތުން ކިޔުނު
    https://vaguthu.mv/evaguthu/624220

  20. މުޖޭ

    އަހަންނާނަން ކޮން ތުރާލެކެ!

  21. ރަބަރޭ

    މުސްކުޅި ވީހެން ޖައްސާ ވަށްތަރުވަނީ ގިނަ ރިސްމީ ދެބާ އުމުރަށް ދިޔާމާވެސް ތިޔަ ޅަކަމެން ނުކެޑުނު

  22. ސަސދ

    ރަވީ އަށް ބޭނުންވާވަރަށް ޖޯރު ނެތީ.

  23. އިންސްޓަގްރާމުން ހައިޖަހާ ކުއްޖާ

    ޗާންސަކަށް ބަލަބަލަ މިހުންނަނީ ރިޝްމީ އާއިންނަން ވަރަށް ވަރަށް ބޭނުން..ވަރަށް ލޯބިވޭ..

  24. ބޮކި

    ޔާރާ ކާޑޭޝިޔަން ފެމެލީ ރެދުލީދޯ ؟

  25. މޮހޮދު

    ދެން މަށަށް ކީއްތަ؟

  26. ޔމނ

    ކޮބާ ދެން ތީގަ އާކަމެއް. ތީ އާންމުކަމެއްނު..އެއާ ވަކި ކޮންބައެއް

  27. ޙަަަހަ

    ޝައިތާނާއަށް ނާޗަރަންގީ ކުޅެދީ ލަވަކިޔާދޭ މީހުންނަށް ދުވަހަކުވެސް ރަނގަޅު އުޅުމެއް އެބައޮތްތަ ދަސްވެފަ ، އެމީހުން ޤަބޫލު ނުކުރިޔަސް މިފަދަ ގިނަމީހުން އުޅެނީ މިކަހަލަ ހާލެއްގަ