ދުނިޔޭގައި ހުރި އެންމެ ރަނގަޅު ޓީޗަރުގެ ލަގަބު ކެންޏާގެ ވިލޭޖެއްގެ ސެކަންޑްރީ ސްކޫލެއްގައި ހިސާބު އަދި ޕިޒިކްސް ކިޔަވާދެމުން އަންނަ ޕީޓާ ޓަބިޗީއަށް ލިބިއްޖެއެވެ. އެ ލަގަބާއެކު، އޭނާއަށް އެއް މިލިއަން ޑޮލަރުގެ އިނާމެއްވެސް ލިބުނެވެ. އޭނާއަށް އެ ލަގަބު އަދި ފައިސާގެ އިނާމު ލިބިފައި ވަނީ ދުބާއީގައި ބޭއްވި ރަސްމިއްޔާތެއްގައި ހޮލީވުޑްގެ އެކްޓަރ ހަގް ޖެކްމޭންއެވެ.

ވާކީ ފައުންޑޭޝަންގެ ގްލޯބަލް ޓީޗަރ ޕްރައިޒް 2019 ޕީޓާއަށް ލިބުނީ، އޭނާއަށް ކޮންމެ މަހަކު ލިބޭ މުސާރާއިގެ 80 އިންސައްތަ ފަގީރު ކުދިންނަށް ހަދިޔާ ކުރާތީއެވެ. އޭނާގެ އެހީތެރިކަމުގެ ސަބަބުން އެކުދިންނަށް ގިނަ ކަންތައްތަކަށް މަގުފަހިވެ އުފާވެރިކަން ލިބެމުން ދެއެވެ.

ޕީޓާއަށް އެ އެވޯޑް ލިބިފައި ވަނީ، ޝޯޓްލިސްޓް ކުރި ނުވަ ފަރާތެއްގެ ތެރެއިން ހޮވިގެންނެވެ. އޭނާ ބުނީ، މި އެވޯޑުން ފާހަގަވެގެން ދަނީ އޭނާގެ ނަން އެކަނި ނޫން ކަމަށާއި، މިއިން އިނގެނީ ކުދިން ރަނގަޅުކަން ކަމަށެވެ. އަދި މިއަދު އޭނާ މިތާގައި އެ ހުރީ ކުދިން ކުރަމުންދާ މަސައްކަތުންކަމަށްވެސް ބުންޏެވެ.

އައިސީޓީ ކިޔަވައިދޭ ޕީޓާ މަސައްކަތްކުރާ ސްކޫލް ހުންނަނީ ވާނީ ނަމަކަށް ކިޔާ އަވަށެއްގައެވެ. އެއީ ފަގީރުން ގިނަ އަވަށެކެވެ. އޭނާ ކިޔަވައިދެމުން ދިޔަ ސްކޫލްގައި ހުންނަނީ އެންމެ ކޮމްޕިއުޓަރެކެވެ. އިންޓަނެޓް ކަނެކްޝަން ވެސް ގިނަ ފަހަރަށް ނުލިބެއެވެ. އަދި އެ ސްކޫލްގައި ކޮންމެ 58 ދަރިވަރަކަށް ހުންނަނީ އެންމެ ޓީޗަރެކެވެ.

ދުނިޔޭގެ އެންމެ ރަނގަޅު ޓީޗަރު ހޮވާފައި ވަނީ ދުބާއީގެ ވާކީ ފައުންޑޭޝަން އިންނެވެ. އެ ފައުންޑޭޝަނުން މި އިވެންޓު ބާއްވަމުންދާތާ މިހާރު ވަނީ ފަސް އަހަރު ވެފައެވެ. އެ ފައުންޑޭޝަނުން ބުނެފައިވަނީ، މިފަދަ އެވޯޓެއް ތަޢާރަފްކޮށްފައިވަނީ ޓީޗަރުން ކުރާ ބުރަ މަސައްކަތުގެ އަގު، ބައިނަލްއަޤުވާމީ މިންގަނޑެއްގައި ވަޒަންކުރުމުގެ ބޭނުމުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު