މިއީ އަދި މިހާތަނަށް ބޭއްވި އެންމެ ތަފާތު ކައިވެނީގެ ހަފާލާ ކަމުގައި ވެދާނެއެވެ. މިއީ ވަރަށް ތަފާތު ހިޔާލެއް ގެންގުޅޭ ދެމަފިރިޔެކެވެ. މި ދެމަފިރިންގެ ކައިވެނީގެ ހަފްލާއިން އިބްރަތް ލިބިގަންނަން ޖެހެއެވެ.

އިންޑިއާގެ ނަޝިކް އަވަށުގައި ބޭއްވި މި ކައިވެނީގެ ހަފްލާގައި 700 ގެސްޓުން ބައިވެރި ވިއެވެ. މިދިޔަ އާދިއްތަ ދުވަހު މި ކައިވެނީގެ ހަފްލާ ބޭއްވިއިރު، އެ ހުރިހާ ގެސްޓުންވެސް ވަނީ މި ދެމަފިރިން އެދުނު ގޮތަށް އެ މީހުންގެ ގުނަވަންތައް ހަދިޔާ ކުރުމަށް ނިންމާފައެވެ.

އެއީ މި ދެމަފިރިން ބޭނުންވި ގޮތެވެ. މިގޮތަށް އެކި ގުނަވަންތައް ހަދިޔާ ކުރުމަށް ވަރަށް ގިނަ ބަޔަކު ތިބިއިރު، އެ ހަފްލާ ތެރެއިން 60 މީހަކު ވަނީ ލޭވެސް ހަދިޔާކޮށްފައެވެ.

މި ދެމަފިރިންވެސް ބޭނުންވަނީ އެ މީހުންގެ ގުނަވަންތައްވެސް ބޭނުން ޖެހިގައި ތިބި މީހުންނަށް ހަދިޔާ ކުރާށެވެ.

"އަހަރުމެން އުއްމީދު ކުރީ އަހަރުމެންގެ ކައިވެނި ހަފްލާ ވެގެން ދާނީ ގެސްޓުންގެ ފަރާތުންވެސް އެ މީހުންގެ އެކި ގުނަވަންތައް ހަދިޔާ ކުރެވިގެންދާނެ އުއްމީދު އޮތް ހަފްލާއަކަށް ހެދުމަށް". ދެމަފިރިން ބުންޏެވެ.

އަދި މިއީ ގުނުވަންތައް ހަދިޔާ ކުރުމަކީ ގެއްލުމެއް ވެދާނެ ކަމެއް ނޫން ކަމަށް އެކި މީހުންނަށް އެންގުމަކީވެސް އެ މީހުންގެ ކައިވެނީގެ ހަފްލާ ތެރެއިން ކުރަން ބޭނުންވި ކަމެކެވެ.

މި ދެމަފިރިންނަކީ މިކަހަލަ ސޯޝަލް މަސައްކަތުގައި ވަަރަށް ބޮޑަށް އުޅެން ބޭނުންވާ ދެ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު