މިއީ ވަރަށް ކުޑައިރު، ވަކިވި ކޮއްކޮ އާއި ބޭބެެއެވެ. ދެ މީހުން ބައްދަލުވެފައި މި ވަނީ ހީކުރި ގޮތަކަށް ނޫނެވެ. ބައްދަލުނުވެ ނުފެނި އުޅޭތާ 46 އަހަރު ފަހުން ދެ މީހުން ފެނުނިއިރު، ލޮލުން ކަރުނަ އޮއްސާލިއެވެ.

މި ދެ މީހުން ބައްދަލުވެފައި މި ވަނީ އިންޑިއާގެ އަސާމްގައި ކުރިއަށްދިޔަ ނޭޝަނަލް ރެޖިސްޓަރ އޮފް ސިޓިޒަންގެ ތެރެއިންނެވެ. މި ދެ މީހުން ބައްދަލުވެފައި ވަނީ އެންއާރްސީ އޮފީހުގެ ތެރެއިންނެވެ.

މި ދެ މީހުންނަކީ ކުޑައިރު، އެކުގައި މާގިނަ ދުވަހެއް ނޫޅެވެނީސް ވަކިވި ދެ މީހުންނެވެ. އެކަމަކު އެކަކަށް އަނެކަކު އިނގެއެވެ. ކުޑައިރު އެކުގައި އުޅުނު ހަނދާން އެބަހުއްޓެވެ.

މިދިޔަ ހޯމަ ދުވަހު މި ދެ މީހުންވެސް ބައްދަލުވިއިރު، އާއިލާ މީހުންނާއި އެންއާރްސީ އޮފިސަރުންވެސް ތިއްބެވެ. މި ދެމީހުން ބަައްދަލުވެ ބައްދާ ހެދިއެވެ.

"އަހަރެން ކައިރީ ބުނީ ހެނދުނު 9:00 ޖަހާއިރަށް އެންއާރްސީ އޮފީހަށް އައުމަށް. އަހަރެންގެ ބޭބެ ކައިރީވެސް ބުނީ އެހެން. އަހަރެންގެ ބޭބެ އަހަރެން މަތިން ހަނދާންވެސް ނުނެތޭ. އެކަމަކު އޭނާއަކަށް އަހަރެންގެ ނަމެއް ނޭގެ. މިގޮތަށް ބައްދަލު ވެވިދާނެކަމަށް ގަބޫލެެއްވެސް ނުކުރެވޭ. ބޭބެއާ ބައްދަލު ކުރެވުނީތީ ވަރަށް އުފާވޭ". އުމުރުން 53 އަހަރުގެ ސުކްލެސްވަރް ސުތްރަދަރް ބުންޏެވެ.

މި ދެ މީހުންގެ މައިންބަފައިން މަރުވެފައި ވަނީ އެ މީހުންގެ އުމުރުން އެންމެ ހަތަރު އަހަރުގައެވެ. އެއާއެކު ދެ މީހުންގެ ތެރެއިން ދޮށީ މީހާ މަގުމަތިވިއެވެ. އަދި އޭނާ އުޅުނީ މަގުމަތިން މީހުންނަށް މަސައްކަތްކޮށްދީގެންނެވެ. އެގޮތަށް އުޅެމުން އައިސް އެހެން ސަރަހައްދަކަަށް ދިރިއުޅުން ބަދަލުކޮށް އޭނާ ވަނީ ކައިވެންޏެއް ކޮށްފައެވެ. އަދި އޭނާގެ މިހާރު ހަތަރު ދަރިންވެެސް އެބަތިއްބެވެ.

މީގެ ތެރެއިން ހަގު މީހާ އުޅުނީ މާމަ ކައިރީގައެވެ. އަދި ޅަ އުމުރުގައި ބިޖިނީއަށް ބަދަލު ވަޒީފާއެއް ހޯދަން މަސައްކަތް ފެށިއެވެ. އޭނާގެ ވެސް ދެ ދަރިން އެބަތިއްބެވެ.

"އަހަރެން ވަރަށް އުފާވޭ ބޭބެއާ ބައްދަލުވެވުނީމަ. އަހަރެން ދުވަހަކުވެސް ހީނުކުރަން ބޭބެއާ ބައްދަލުވެދާނެކަަމަށް. އަހަރުމެން ދެ މީހުން ބައްދަލުނުވެ މަރުވިނަމަ ވާނީ ކިހިނެއް؟އެއިރުން ދަރިންނަށްވެސް އެ މީހުންގެ އާއިލާގެ އިތުރު ބަޔަކު އުޅޭކަން ނޭގިދާނެ". އުމުރުން 43 އަހަރުގެ ބިޕިން ސުތްރަދާރް ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ށާހި

    ބޭބެ އާއި ކޮއްކޮ 46 އަހަރު ފަހުން ބައްދަލު ވެއްޖެ...އެކަމަކު ބިޕިން ގެ އުމުރު 43އަހަރު....ސަޅިދޯ.....ލޮލް