ޕާކިސްތާނުގެ ފިރިހެނަކު އޭނާގެ އަންހެނުންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަދި ޖިންސީ ގޮތުން އަނިޔާކޮށްފައިވާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޚަބަރުތައް ބުނާގޮތުން، މި ހަމަނުޖެހުން ހިނގަން ޖެހުނު މައިގަނޑު ސަބަބަކީ އަންހެންމީހާގެ ރަނާއި ޖަރީވުމަށްބޭނުންކުރާ ކަންފަތުލާ އެއްޗެހި ފިރިމީހާއަށް ދިނުމަށް އަންހެންމީހާ ދެކޮޅު ހެދުމުންނެވެ.

ޑެރަ ގާޒީ ޚާން ނަމަކަށް ކިޔާ މި ފިރިހެންމީހާ ވަނީ އޭނާގެ އަންހެނުން، ކޮޓަރީގައި ބަންދުކޮށް އޭނާއަށް އެކިގޮތްގޮތުން އަނިޔާކޮށްފައެވެ. އަންހެންމީހާގެ ރުއިމުގެ އަޑަށް އޭނާގެ އަވައްޓެރިން އައިސް ބެލިއިރު ދޮރުވެސް ހުޅީ ތަޅުލާފައި ކަމަށާއި އެހެންވެ ދޮރު ވައްޓާލައިފައި އެތެރެއަށް ވަނީ ކަމުގައި މީޑިއާއަށް ޚަބަރުދިން އަވައްޓެރިއަކު ބުނެފައިވެއެވެ.

އަދި އޭނާ އިތުރަށް ބުނީ، އެމީހުންނަށް އެ އަންހެން މީހާ ފެނުނުއިރު އޭނާގެ ގައިން ލޭވެސް އައިސްފައިވާ ކަމުގައެވެ.

"މީ އަބަދުވެސް ވަރަށް އޮޅުލާ ދެމަފިރިން. އެ ފިރިހެން މީހާގެ ކުށުގެ މައްސަލަތައް ރިކޯޑް އަދަދަކަށް ރިޕޯޓްކުރެވިފައިވޭ" ޕާކިސްތާނު ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.

ގިނަފަހަރު މި ދެމަފިރިން ހަމަނުޖެހުން ހިންގަން ޖެހެނީ ދަރިއަކު ނުލިބޭ މައްސަލައިގައި ވެވޭ އަރާރުމުގެ ސަބަބުން ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އަންހެނުންނަށް ދިމާވާ ގެވެށި އަނިޔާގެ މައްސަލަތަކަކީ ހައްލު ބޭނުންވެފައިވީ ނަމަވެސް، ހުއްޓުމެއް ނެތި ކުރިމަތި ވަމުންދާ މައްސަލަތަކަކެވެ. މިފަދަ އަނިޔާވެރި އަމަލުތައް ކުރަމުންދާ މީހުންނަށް ހައްޤު އަދަބުދީ، މި އަނިޔާގެ ޝިކާރައަކަށް ވަމުންދާ ކުށެއްނެތް މައުސޫމް އަންހެނުން ސަލާމަތް ކުރަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު