ސްލައިޑަކުން ވެއްޓި ދަރިފުޅުގެ ގުނަވަންތަށް ބިދި އެންބިލާންސެއްގެ އިންތިހާޒުގައި މަންމައަކު 9 ގަޑިއިރު ހުންނަން ޖެހިއްޖެއެވެ.

އިގިރޭސިވިލާތުގައި ހިނގި މިހާދިސާގައި އުމުރުން ހަތަރު އަހަރުގެ ދަރިފުޅުގެ މައިބަދަވެސް ބިދުނު އިރު މަންމަ ދަރުފުޅު ހޮސްޕިޓަލަށް ގެންދަން އެންބިއުލާންސަކަށް ގުޅީ ހެނދުނު އެވެ. ނަމަވެސް އެންބިއުލާންސް ގެއާ ހަމައަށް ފޯރީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ.

އުމުރުން ހަތަރު އަހަރުގެ މި ކުއްޖާގެ މަންމަ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އެންބިއުލާންސް ގެއާއި ހަމައަށް ފޯރީ ވަރަށް ލަހުން ކަމަށާއި އެންބިއުލާންސުގައި ތިބި ޑޮކްޓަރުންނާއި ނަރުހުން ވަރަށް ހަޑި ހުތުރު ބަހުން މުއާމަލާތް ކުރިކަމަށެވެ.

"ދަރިފުޅު ޒަހަމް ވެގެން އެންބިއުލާންސްއަަކަށް ގުޅީ. އެކަމަކު އެއަށް އާދެވުނީ އިރުއޮސުނު ވަގުތު, އެންބިއުލާންސުގައި ތިބި ނަރުހުން ވަނީ މިއީ އެމީހުންގެ ޑިއުޓީ ގަޑި ނޫން ކަމަށް ބުނެ ވަރަށް ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފައި،" އޭނާ ބުނިއެވެ.

ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ އުމުރުން 4 އަހަރުގެ ސިޑްނީ އަށް ފަރުވާ ނުލިބި އެތަށް އިރެއް ވިއިރު އޭނާގެ ހަށިގަނޑުން ނެގި އެކްސްރޭ އިން ދައްކާ ގޮތުން ބޮޑު އޮޕަރޭޝަނެއް އޭނާ ކުރަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު