އާއްމުކޮށް ވީޑިޔޯތަކުން ފެންނަނީ ފޯނު ފަދަ އެއްޗެހި ގޮވާ މަންޒަރެވެ. އެހެން ނަމަވެސް ޗައިނާގެ އަވަށެއްގައި ހުންނަ އިންޓަނޭޓް ކެފޭއެއްގެ ތެރެއިން އައިސް އަލަމާރިއެއް ގޮވާތަން ފެންނަ ވީޑިއޯއެއް މި ވަނީ މީސް މީޑިޔާގައި ދައުރުވާން ފަށާފައެވެ.

ސީޖީޓީއެން އިން ޔޫޓިއުބްގައި އަޕްލޯޑްކޮށްފައި އެ ވީޑިއޯއަކީ މި މަހުގެ 19 ވަނަ ދުވަހު ޗައިނާގެ ހެނާން ޕްރޮވިންސްގައި ހުންނަ އިންޓަނޭޓް ކެފޭއެއްގެ ތެރޭގައި ހިނގި އެ ހާދިސާއެެވެ.

އެ 30 ސިކުންތުގެ ވީޑިއޯއިން ފެންނަނީ ކަސްޓަމަރަކު ކޭޝް ކައުންޓަރު ކައިރިއަށް އައިސް ހުއްޓާ އޭނާގެ ފަހަތަުން އަލަމާރި ގޮވާ މަންޒަރެވެ. އެ އަލަމާރި ގޮވުމުން އޭނާއަށް އަނިޔާވިކަމެއް އެ ވީޑިއޯއަކުން އެހާބޮޑަށް ނޭގެއެވެ.

އެ ވީޑިއޯއިން ފެންނަނީ އެ އަލަމާރި ގޮވުމާއެކު އެ މީހާ މަޑުމަޑުން އެ ކެފޭ އިން ބޭރަށް ދާން ހިނގާގަތް މަންޒަރެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ވަނީ ދެނެނުގަނެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު