ފުރަތަމަ ކަމަކަށް "ރާއްޖެ ތެރެ" މިބަހުގެ މާނައަށް ބަލާލަމާ ހިނގާށެވެ. ކޮންމެވެސް ސަބަބަކާ ހުރެ، ރަދީފްގައި ރާއްޖެތެރެ މާނަ ކުރެވިފައި އޮތީ، "
ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށުގެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތައް" މިހެންނެވެ. މީގެ މާނައަކީ، "ރާއްޖެ ތެރޭ މީހާ" މާނަ ކުރެވޭނީ ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށުގެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް އުފަން މީހުންނަށް ތާއެވެ. ކޮންމެޔަކަސް މިކަން ސާފެއެވެ.

ދެވަނަ ކަމަކަށް، "ރާއްޖެ ތެރެ" އާއި "އަތޮޅު ތެރެ" މިދެބަހުގެ ތަފާތަށް ބަލާލަމާ ހިނގާށެވެ. ކިތަންމެ ޓެކްނޮލޮޖީގެ ގޮތުން މޮޅު ޒަމާނަކަށް މިބުނި ކަމެއް ހަމަ ހޯދާ ހޯދާވެސް އިންޓަރނެޓަކުން ނުފެނުނެވެ. ދެން މިކަން ހޯދަން ދިޔައީ ހަރު ފުރައިގެ މީހެއް ގާތަށެވެ.

"ރާއްޖެ ތެރެ، މިބަސް އަސްލު ބޭނުން ކުރެވިގެން އައީ މާލޭ މީހުންނާއި މާލެ ނޫން މީހުންނާއި ވަކިކުރަން. އޭރު ރަށްރަށުން ތަކެތި ހިފައިގެން މާލެއަށް ވިއްކަން ދާ މީހުންނާ ދިމާޔަށް، ދަށް ކޮށްލުމުގެ ގޮތުން ކިޔާއެއްޗެއް ރާއްޖެ ތެރެ މީ." އުމުރުން 64 އަހަރުގެ މީހަކު، އޭނާގެ ތަޖުރިބާ ހިއްސާ ކުރިއެވެ.

"ރާއްޖެތެރެ" އާއި "އަތޮޅުތެރެ" މި ދެ ބަހަކީ ދިވެހި ބަހުގައި ދަރަޖަ ކަނޑައެޅިފައި އޮންނަ ބަސްތަކެއް ނޫން ކަމަށް ބަޔަކު ބުނަމުން އައިކަމަކު އަސްލު މިބަސް އުފެދިގެންއައީ، ވަކި ބަޔަކު ދަށް ކޮށްލުމުގެ މަޤްސަދުގައި ކަމަށް އޭނާ ބުނެއެވެ.

ކޮންމެޔަކަސް އެކަން ބާއްވަމާ ހިނގާށެވެ. މިއަދު ހަމަގައިމުވެސް، އަޅުގަނޑުމީ ރާއްޖެތެރޭ މީހެކޭ ބުނަން، އަޅުގަނޑު ލަދެއް ނުގަނެއެވެ. މިހެން ބުނަން ފަޚްރުވެރިވެއެވެ. އަޅުގަނޑަކީ ފަޚްރުވެރި ރާއްޖެ ތެރޭ މީހެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހޮކީ

    މާލެ ރަހޫ ރަވޫ، ބުޅަލާއެކު ރޭކުރުން ހުއްޓާލާ! ޚަލޭ ބުނެބަލަ މީ ދޮގެކޭ. ހެކި ދައްކާނަން

    3
    6
  2. ސޭޑް ޓްރުތް

    ހަގީގަތަކީ ކޮންމެ މީހަކުވެސް އެމީހެއްގެ ރަށާއި، މާލެ ނޫން ރަށްތަކަށް ކިޔާއުޅެނީ ތިހެން، އަދި އެމީހުނާ ދޭތެރޭ ދެކެނީވެސް ދަށްކޮށް

    16
    4
  3. ރަހޫ

    ހޮކީ ތީ ހަމަ ކަނޑައެޅިގެން ދޮހެއް

  4. މާލެ ރަހޫއަށް

    ހަމަ ގައިމުވެސް އަހަރެން ފަހުރުވެރިވޭ ރާއްޖެތެރޭ މީހަކަށްވީމަ. މީހަކު ރާއްޖެތެރޭ މީހުންނަކީ ހުސް ބޮޓުން ކަމަށްދެކުނަސް އިނގޭ ހަޤީޤަތަކީ މިޤައުމުގެ މިނިވަންކަމަށް ބުުރުއެރި ކޮންމެފަހަރަކު ޤައުމުގެ ދިފާއުގައި މާލެ ބޭފުޅުންނާއި އަދި މި ޤައުމު ސަލާމަތްކުރަން އަމިއްލަ ފުރާނައަށް ބެލުމެއްނެތި ނިކުތީ ރާއްޖެތެރޭ މީހުންކަން. ދޮންބަންޑާރައިން، އަލިރަސްގެފާނު، ބޮޑުތަކުރުފާނު، ޝަހީދު ހުސައިން އާދަމް މިއީހުސް ރާއްޖެތެރޭ ބޮޓުންނަށް ވައްޔާ އަހަރެން އުފާކުރަން ރާއްޖެތެރޭ ރަަށަކަށް އުފަންވީތީ.

  5. ޖޯން

    އެހެންވިއްޔާ އެމެރިކާގެ ވެރިކަންކުރާ ސްޓޭޓްފިޔަވައި ދެންހުރި ސްޓޭޓްތަކުގެ މީހުންނަށް ކިޔާނީ އެމެރިކާތެރެ މީހުން ދޮއްތޯ.