އެއްޖިންސުން ގުޅުން ހިންގުމަކީ އެންމެ ފާހިޝް އަމަލުތަކުގެ ތެރެއިން އަމަލެކެވެ. އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އެންމެ ހުތުރު އަމަލުތަކުގެ ތެރެއިން އަމަލެކެވެ. ރާއްޖޭގައި އެ ނުބައި ވަބާ އާންމުވާން ފެށި ފަހުން ދުވަސްތަކެއް ވެއްޖެއެވެ. ސިއްރާއި ފާޅުގައި އެކިއެކި މިންވަރަށް އެއްޖިންސުން ގުޅުން ހިންގާ މީހުން އުޅެއެވެ. ރަށްރަށުގައި އާޢި މާލޭގައެވެ. އެކަމަކު އެ ވަބާ ހުއްޓުވަން އެއްވެސް ސަރުކާރަކުން އެންމެ އެކަށޭނެ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ބޮޑު ފާފައިގެ ނުބައި ނުލަފާކަން ހަނދާން އާ ކުރަން ޖެހެއެވެ.

އެއްޖިންސުން ގުޅުން ހިންގުން ނުވަތަ ލިވާތު ކުރުމުގެ ވާހަކަތައް އަނެއްކާވެސް ވައިގައި ހިފީ ސަރުކާރުގެ ބައެއް އިސްވެރިންނާއި ސިޔާސީ ބޮޑެތި މަގާމުތަކުގައި ތިބި ފަރާތްތަކުގެ އިތުރުން ބާރުގަދަ ސިޔާސީ ވެރިންގެ އާއިލީ ބައެއް ބޭބޭފުޅުން އެއްޖިންސުން ގުޅުން ހިންގާ މަންޒަރުތަކެއް މީސްމީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. އެކަމަކު ދައްކަން މިއުޅެނީ އެވާހަކައެއް ނޫނެވެ. ކުޑަކޮށް ދުރަށް ޖެހިލާ ބަލައިލީމާ ފެންނަ ބޮޑު މަންޒަރުގެ ވާހަކައެވެ. ފާހިޝް ޖަރީމާ އާންމުވެފައި އޮތް މިންވަރާ އޭގެ ނުބައި ވާހަކައެވެ.

އެއްޖިންސުން ގުޅުން ހިންގި އަލަމްގިރިގެ ކޮޓަރި
އެއްޖިންސުން ގުޅުން ހިންގި އަލަމްގިރިގެ ކޮޓަރި

 

މިމަހުގެ 24 ވަނަ ދުވަހު އަނެއްކާވެސް މުޅި ގައުމަށް ސިހުން ގެނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ލީކުކޮށްލުމާއެކުގައެވެ. ނަމަވެސް އެއީ ހަމައެކަނި ފެށުމެކެވެ. އޭގެ ބޮޑު ސިލްސިލާއެއް އޮތް ކަމަށް އިތުބާރުހުރި މަސްދަރުތަކުން ބުނެއެވެ. ބާރުގަދަ ވިޔަފާރިވެރިންނާއި ސިޔާސީ މީހުން ވެސް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެވެ. އޭގެ ކުރިން ޓިކްޓޮކްގައި މަޝްހޫރު ތަރިއެއް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވެސް ލީކުވެފައިވެއެވެ. އެކަމަކު އެއްވެސް މައްސަލައަކަށް ފިޔަވަޅެއް އެޅިފައެއް ނުވެއެވެ.

ވީޑިއޯތަކުން ބުނެދެނީ އެ ނުބައި ފާހިޝް އަމަލު ރާއްޖޭގައި ވެސް އާންމުވެފައިވާ މިންވަރެވެ. ހުޅަނގުގެ ގައުމުތަކުން ބޭނުންވާ ގޮތަށް މުސްލިމު ގައުމުތަކުގައި ވެސް ޒުވާނުން އެއީ ހައްގެއް ކަމަށް ދެކޭ ކަމެވެ. އަދި އެކަން ކުރުމަކީ "ޓްރެންޑަކަށް" ވެފައިވާ ކަމެވެ. ރާއްޖޭގައި ވެސް އެކި ފެންވަރުގެ މީހުން އެކަން ކުރެއެވެ. ރާއްޖޭގެ ކުދިކުދި ރަށްރަށުގައި ވެސް އެނުބައި ފާހިޝް އަމަލު ވަނީ އާންމުވެފައެވެ.

ރަށްރަށުގައި ފާހިޝް އަމަލުތައް ހިންގާއިރު އަޅާ ނުލާ!

ރާއްޖެ އޮންނަ ގޮތުން ކަމެއް ފެތުރުން ވާނީ އުނދަގޫ ކަމަކަށެވެ. ރަށްތައް އޮންނަނީ ވަކިވަކިންނެވެ. ނަމަވެސް ރާއްޖޭގެ ކުދިކުދި ރަށްރަށުގައި ވެސް އެއްޖިންސުން ގުޅުން ހިންގާ މީހުން އުޅެއެވެ.

މި ރިޕޯޓަށް މައުލޫމާތު ދިން ބައެއް މީހުން ބުނާ ގޮތުގައި ރަށްރަށުގައި ވެސް އެއްޖިންސުން ގުޅުން ހިންގާކަން ފާޅުގައި އެނގޭ މީހުން އުޅެއެވެ. އެފަދަ ފާހިޝް މައްސަލަތައް އާންމުވެފައިވާއިރު އެކަންކަމަށް ދޭންވާ އަހައްމިއްޔަތު އެއްވެސް ސަރުކާރަކުން ނުދޭކަން ފާހަގަކޮށްލެވެއެވެ.

މިކަމުގައި "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ކިޔައިދިން ގޮތުގައި ރާއްޖެތެރޭ ބައެއް ރަށްރަށުގައި އެއްޖިންސުން ގުޅުން ހިންގުމަށް މަޝްހޫރު މީހުން ވެސް އުޅެއެވެ. އަދި އެމީހުން ލިވާތުކުރާކަން އޮންނަނީ އެންމެން ދަންނަ ބޮޑު ސިއްރެއްގެ ގޮތުގައި ކަމަށް ވެސް މައުލޫމާތު ދިން ފަރާތްތަކުން ބުންޏެވެ. އެމީހުންގެ މައްސަލަ ރިޕޯޓު ކުރިޔަސް ހެއްކެއް ނުހޯދެއެވެ. އެހެންވެ، ދުވަސްކޮޅަކުން އަނެއްކާވެސް މިނިވަންވަނީއެވެ.

"މަލޭގައި ވެސް މިހާރު އެބައުޅޭ ހަމަ އެއްޖިންސުން ގުޅުން ހިންގާ މީހުން. އެމީހުންގެ އާއިލާތަކަށް އެނގިގެން ލޯބީގެ ގޮތުން ގުޅިގެން ވެސް ބައެއް މީހުން އުޅޭ. އެކަންކަން އޮންނަނީ އެ އާއިލާތަކުގެ ތެރޭގައި ސިއްރުކޮށްފައި" މި ރިޕޯޓައް މައުލޫމާތު ދިން މީހަކު ބުންޏެވެ.

ގިނަ ބަޔަކު ސައިކަލުބުރު ޖަހަން ނުކުތުމާއެކު މަގުމަތި ހަލަބޮލިވެފައި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

 

މިއީ ގިނަ ބަޔަކަށް އެނގޭ ކަމެކެވެ. ނަމަވެސް ފާފައިގެ ބޮޑުކަމާއި ނުރައްކާތެރިކަން ގިނަ މީހުންނަށް ވަޒަންކޮށް ނުލެވެއެވެ. އެއީ ކިހާ ބޮޑު ފާފައެއް ކަމާއި އެކަމުގެ ހުރި ބިރުވެރިކަން މީހުންނަށް އެނގޭ މިންވަރު މަދެވެ. އެހެންކަމުން އެކަމުގައި އިލްމުވެރިން ވެސް އިތުރަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގަން ޖެހެއެވެ. އަދި އެފަދަ ކަންކަމުގެ ހައްސާސްކަން މުޅި މުޖުތަމައަށް ބަޔާންކޮށްދޭން ޖެހެއެވެ.

"މާލޭގައި ވެސް އެބައުޅޭ ހަމަ ފާޅުގައި އެގޮތަށް ލިވާތު ކުރާކަން އެނގޭ މީހުން. ހަމަ އެމީސް މީހުންގެ އާއިލާއަށް ވެސް އެކުވެރިންނަށް ވެސް އެނގިގެން އެކަން ކުރާ މީހުން. މި ހަމަ އެންމެން ދަންނަ ސިއްރު. އިލްމުވެރިން އެބަޖެހޭ މިހާރަށް ވުރެ ބޮޑަށް މިކަމުގެ ސުންޕާކަން މީހުންނަށް ބަޔާން ކޮށްދޭން." ރިޕޯޓަށް މައުލޫމާތު ދިން އިލްމުވެރިޔަކު ވިދާޅުވިއެވެ.

ހުޅަނގުގެ ޕްރޮޕެގެންޑާގައި ޖެހި ކުޑަކުދިންގެ ހިތްތަކަށް އެ ފާހިޝް އަމަލު އަންނަނީ އަށަގަންނަމުންނެވެ. ހުޅަނގުގެ ގައުމުތަކުން ބޭނުންވަނީ އިސްލާމީ ގައުމުތަކުގައި އެ ފާހިޝް އަމަލު ފަތުރާށެވެ. އެކަން ކުރަން ޒަމާނުށްސުރެ ވެސް ހުޅަނގުގެ ގައުމުތަކުން މަކަރުވެރި ރޭވުންތައް ވެސް ރާވައެވެ. އެއްޖިންސުން ގުޅުން ހިންގުން އާންމުކުރުމުގެ ގޮތުން ކުޑަކުދިން ކުޅޭ ގޭމްތަކުގައި އާއި އަދި ބަލާ ކާޓޫނުތަކުގައި ވެސް އެކަން ދައްކައެވެ. އެފަދަ ކަންކަމަށް ބެލެނިވެރިން އިތުރަށް ސަމާލުވާން ޖެހޭނެއެވެ.

ލިވާތު ކުރާ މީހާ އޮންނަނީ ގަތުލު ކުރުން!

ލިވާތު ކުރުމަކީ މުސްލިމަކު ކުރާނެ އެންމެ ފާހިޝް އަމަލެވެ. އެކަން ކުރާ މީހާއަށް ހަރުކަށި އަދަބު ދޭން މާތްﷲ ވަނީ އަންގަވާފައެވެ. ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވި ކަމަށް އަބްދުﷲ ބިން އައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. ލޫތުގެ ފާނުގެ ގައުމުގެ މީހުން ކުޅަ އަމަލު (ލިވާތު ނުވަތަ އެއްޖިންސުން ގުޅުން ހިންގުން) މީހަކު ކުރާތަން ތިޔަބާއިމީހުންނަށް ފެނިއްޖެ ނަމަ އެކަން ކުރި މީހާއާއި އެކަން ކުރެވުނު މީހާ ގަތުލުކުރާ ހުއްޓެވެ.

އަދި ނައާމްސޫއްޕަކާއެކު މީހަކު އެފަދަ އަމަލެއް ކުރަނިކޮށް ފެނުން ނަމަވެސް އެކަން ކުޅަ މީހަކާއި އަދި އެ ނައާމްސޫފި ގަތުލުކުރަން ރަސޫލާ صلى الله عليه وسلم ވަނީ އަންގަވާފައެވެ. ލިވާތު ކުރުމަކީ ޒިނޭއަށް ވުރެވެސް ނުބައި އަމަލެކެވެ. ލޫތުގެ ފާނުގެ ގައުމު ނެތިދިޔައީ އެ ނުބައި ފާހިޝް އަމަލުގެ ސަބަބުންނެވެ.

ހުޅަނގުގެ ގައުމުތަކުން ލިވާތު އާންމު ކުރުމަށް ފައިސާ ހަރަދުކޮށް، އެކިއެކި ހައްގުތަކުގެ ނަމުގައި އަންނަނީ ޕްރޮޕެގެންޑާތައް ހިންގަމުންނެވެ. އެކަމުން ސަލާމަތް ވާން އޮތް ހަމައެކަނި މަގަކީ އިސްލާމީ ޝަރީއަތް ގާއިމްކުރުމެވެ!

މާތް ﷲ ލޫތުގެފާނު ފޮނުއްވީ އެގައުމުގެ މީހުން އެއް ޖިންސުން ގުޅުން ހިންގަމުން ދާތީ އެކަން ހުއްޓުވުމަށެވެ. ނަމަވެސް އެބައި މީހުން އެކަލޭގެފާނުގެ ހެޔޮ ނަސޭހަތް ގަބޫލުނުކުރުމުގެ ސަބަބުން މާތްﷲ ވަނީ ގަދަފަދަ އަޒާބު ފޮނުއްވާ އެގައުމު ނެތިފަނާކުރައްވާފައެވެ. އެއީ އަންނާން އޮތް މީސްތަކުންނަށް އިބުރަތެއްގެ ގޮތުގައެވެ. އެކަމަކު އެ ހާދިސާއިން މިއަދު އިބުރަތް ހާސިލް ކުރަނީ ކިތައް މީހުން ހެއްޔެވެ؟

ރާއްޖޭގެ އިސްލާމީ މުޖުތަމައުގައި ވެސް ވަނީ ލިވާތުކުރުން އާންމުކަމަކަށް ވެފައެވެ. ލިވާތު ކުރާ ވީޑިއޯ ލީކްކޮށްލުމުން ވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި ފާހިޝް އަމަލާމެދުގައި ދޭން ޖެހޭ އަހައްމިއްޔަތުކަން އެންމެ ފުރިހަމަ އަށް ސަރުކާރުން ވެސް ދީފައެއް ނުވެއެވެ. އެކަމާ ދެކޮޅަށް އެންމެހާ މުސްލިމުން ތެދުވާން ވާޖިބުވާނެއެވެ. ދުއާއަކީ ބަޔަކު ކުރާ ފާހިޝް ޖަރީމާއެއްގެ ސަބަބުން އަޅަމެންނަށް އާންމުވެގެންވާ ކޯފާއެއް ނުލެއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ކައުންސެލަރު

    "ދުއާއަކީ ބަޔަކު ކުރާ ފާހިޝް ޖަރީމާއެއްގެ ސަބަބުން އަޅަމެންނަށް އާންމުވެގެންވާ ކޯފާއެއް ނުލެއްވުމެވެ."
    އާމީން! ޔާ ރައްބަލް އާލަމީން

    67
    3
  2. އދ

    ފާހިސް އަމަލުތަކާއި ދީނުގައި ހަރާމްވެފައިވާ ބޮޑެތި ފާފަތައް
    ރާއްޖޭގައި ފުޅާވެ އާއްމުވެފައިވަނީ މޑޕ ގައި ތިބި ބައެއް
    މީހުންނަށް ދައުލަތުގެ ބާރުތައް ހަވާލްކުރުމާއެކުގައެވެ މިކަން
    ހުއްޓުވުމަށް ފުރަތަމަ ކުރަންޖެހޭކަމަކީ މޑޕ ވެރިކަމުން
    ދުރުކުރުމެވެ ރާއްޖޭގެ ސަލާމަތާއި ރައްކާތެތިކަން ދެމެހެއްޓުމަށްޓަކާ ވެރިކަމަށް ބަދަލުގެންނަން ޖެހެއެވެ.

    37
    2
  3. ވަސް

    ރާއްޖެއަކު އެއްޖިންސުން ގުޅުން ހިންގުން އާންމެއް ނުވޭ. އެކަން ކުރަނީ ވިޔާނުދާ ލާދީނީ މަދުބަޔެއް. ވީމާ އާންމު ވެއްޖެއޭ ލިޔުން ރަނގަޅެއްނޫން.

    36
    6
  4. ނަންނަ

    އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ގަސްދުގައި ބެލުމަކީ ހަމަ ޒިނޭ ކުރުން ހިތުންނާ ލޮލުން
    އެމީހުން ކުރާ ފާހިސް އަމަލުތަކުން އަޅުގަނޑު މެން ދުރުހެލި ވުމަކީ އަމިއްލަ ނަފުސު ނަރައިން ސަލާމަތްވުން

    33
    2
  5. ދުވާފަރު މީހާ

    ﷲ ގެ އަޒާބު އައުން ވަރަށް ގާތެވެ. މަރަށް ތައްޔާރުވެ ހެޔޮއަމަލުގައި ސާބިތުވެ ހުރުން ނޫން ގޮތެއް ނެތެވެ. މި ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް އިސްލާމީ ޝަރީއަތް ގާއިމް ކުރާނެ ހިތްވަރެއް ވެރިންގެ ކިބާގައި ނެތެވެ. މަރަންޖެހެނީ ވެރިންނެވެ، ވެރިން މެރޭކަށް ނެތެވެ.

    27
    1
  6. Anonymous

    އިލްމުވެެރިން ވިދާޅުވަނީ މަސްތުވާތަކެއްޗަށް ދެވިހިފަނީ ތިން ފަހަރު ބޭނުންކުރުމުން ކަމަށެވެ. ނަމަވެސް އެއްފަހަރު ލިވާޠުކުރުމުން އެކަމަށް ދެވިހިފާކަމަށެވެ. ލިވާޠުކުރުމުގެ ނުރައްކާތެރިކަން މިކަމުން ވެސް އެނގެއެވެ. އެއީ ހަމަ އިބްލީހުގެ ކަމެކެވެ.

    27
    3
    • ރޭސް

      މަސްތުވާއެއްޗެހި އެއްފަހަރުން ދެވިހިފާ ހާއްސަކޮށް ހަކުރު.

      4
      1
  7. ގަސް

    ތިއީ އމޑޕ ގެ ނުލަފާ އިސް ބައެއް މީހުންނާ އެމީހުންގެ އައުވާނުން ކުރާ ފާޙިޝް ޢަމަލެއް... ފާހިޝް ކަންތައްތައް ކުރާ އެއް ކަންކަމަށް ހިތްވަރު ދޭ ބަޔަކީ މުސްލިމު ގައުމެއްގެ ވެރިކަމުގެ ބަހައްޓަން ވީ ބައެއް ނޫން... ކުރިން އމޑޕ އަށް ވަރަށް ތާއީދު ކުރީން.. މި ކަމަށް ފަހު އމޑޕ ގެ އަންނި ފެކްޝަން އާ މުޅިން ދެކޮޅު، ރައީސް ސޯލިހު ގެ އަމަލްތައްް ބަލަން ރައްޔިތުން މިތިބީ

    18
    1
  8. Anonymous

    ދިވެހި ރާއްޖޭގަ އާންމު ކަމެއް ނޫން... ދިވެހި ރާއްޖޭ ނޫން އެހެން ގައުމެއްގަ ސިޔާސީ ބަޔަކު ތިކަހަލަ ނުބައި ފާހިޝް ޢަމަލެއް ކުރާ ވީޑިއޯ އެއް ލީކު ވެއްޖެއްޔާ އެމީހަކު އަމިއްލަޔަށް އިސްތިއުފާ ދޭ... ރައްޔިތުން އެފަދަ ނުބައި ޢަމަލެއް ހިންގި މީހަކު ބަލައެއް ނުގަނޭ.. ދިވެހި ރާއްޖޭގެ ބައެއް ސިޔާސީ މީހުންނަކީ ޖަނަވާރުންނަށް ވުރެން ދަށުދަރަޖައިގެ ޢަމަލުތައް ހިންގާ މީހުން... އެއްވެސް އަބުރެއް އިއްޒަތެއް ނެތް

    26
    2
    • ފުރީ

      އާންމުކަމެއް ނޫނޭ ނުބުނެވޭނެ މީހުންގެ ލޯތަކަށް ނުފެނި ކޮންމެގަނޑެއްވެސް ގަނެވިދާނެ.

  9. ފައިޒަން

    ދިވެހި ރާއްޖޭގަ އާންމު ކަމެއް ނޫން... ދިވެހި ރާއްޖެ ނޫން އެހެން ގައުމެއްގަ ސިޔާސީ ބަޔަކު ތިކަހަލަ ނުބައި ފާހިޝް ޢަމަލެއް ކުރާ ވީޑިއޯ އެއް ލީކު ވެއްޖެއްޔާ އެމީހަކު އަމިއްލަޔަށް އިސްތިއުފާ ދޭ... ރައްޔިތުން އެފަދަ ނުބައި ޢަމަލެއް ހިންގި މީހަކު ބަލައެއް ނުގަނޭ.. ދިވެހި ރާއްޖޭގެ ބައެއް ސިޔާސީ މީހުންނަކީ ޖަނަވާރުންނަށް ވުރެން ދަށުދަރަޖައިގެ ޢަމަލުތައް ހިންގާ މީހުން... އެއްވެސް އަބުރެއް އިއްޒަތެއް ނެތް ބަޔެއް.

    18
    2
  10. މަރުމޯލް

    ތާރީހުގެ ސަފްހާތަކުން ލޫތު ގެފާނުގެ ގައުމުގެ މީހުން އުޅުނު ގޮތް ދިވެހިން މިތިބީ އިޔާދަކޮށްގެން
    ކުރާނެ ކަމެއް ނެތް
    ވަރަށްވެސް ހިތާމަ ހުރި

    11
    2
  11. ބަސަރީ

    އެއް ޖިންސުން ގުޅުން ހިންގުން ހުއްޓުވަން ޖެހެނީ ސަރުކާރުންތަ؟

    4
    4
  12. ކީކޭ

    އެއީ އަހަރުމެން ބެހެންޖެހޭ ބަހުސްކުރަންޖެހޭ ކަންކަމެއް ނޫން އެމީހެއްގެ އުޅުން އިސްލާހުކުރީމައި ހުންނާނީ ރަނގަޅަށް.

  13. އަދުނޭ

    ބަލަ މިހާރަކުނޫޅޭ ޝޭހުންނެތް ސިޔާސީ ސޭކުން އުޅެނީ

  14. ހުސޭނުބޭ

    މި ލިއުމުގައި ފާހަގަނުކުރާ ތަންކޮޅެއް އެބަ އޮތް. އެއީ ތިކަން އާންމުކޮށް ކުރަނީ މިކިޔާ މަޑުކަށި މީހުން.

  15. އަބްދޫ

    ޖަރުމަނުގެ ރައީސާ ބައްދަލުކުރަން ދިޔަމީހާވެސް ނައްޓާ ނުލެވިގެ އުލެނިކޮށް ގަޑިޖެހިގެން ގޮއްސި ވީގޮތް ބެލި އިރު ހަމަހޭގެއްލިފަތިބީ ދެކަމު ހާޖަތަށް ދެވިފަ،