މިއީ ފ. ބިލެތްދޫ ތޯއިފް ނަޝީދުއެވެ. އޭނާއަކީ ރާއްޖޭގެ އެންމެ މަގުބޫލު ބޮޑުބެރު ގްރޫޕްތަކުގެ ތެރޭގައި ހިމެނޭ މަންދީރާ ބޮޑުބެރު ގްރޫޕްގެ މެންބަރެެކެެވެ. ބޮޑުބެރުގެ ދާއިރާގައި ހުވަފެންތަކެއް ދެކެމުން އަންނަ ޒުވާނެކެވެ. ދާއިރާގައި ހާސިލް ކުރަން ބޭނުންވާ ވަކި ލަޑުދަނޑިތަކެއް އެބަހުއްޓެވެ. އެ ދޮރުތައް ހުޅުވައިދޭނެ ކަމަށް އޭނާ ބުނަނީ ހަމަ މަންދީރާ ކަމަށެވެ. އެ ދޮރުތަކުގެ ތަޅުދަނޑިއަށް ވާސިލްވުމަށް މި ޒުވާނާ އެ ދަނީ މަސައްކަތް ކުރަމުންނެވެ.

ތޯއިފް ބޮޑުބެރަށް ހިތްޖެހުނު ގޮތާއި، އޭނާ އާ ބޮޑުބެރާއި ގުޅުން ހުރި ވާހަކަތައް ދައްކާލާނަމެވެ. ތޯއިފް ބޮޑުބެރަށް ހިތްޖެހުނީ ރަށުގައި އުޅުނުއިރުއެވެ. ކުރީގައި އެހާ ބޮޑުބެރުގެ ލަވަތައް ޖަހާ ނޫޅޭއިރު، އިނގެނީ ބޮޑުބެރުގެ ދެ ތިން ލަވައެއް ކަމަށް އޭނާ ބުންޏެވެ. އޭނާ ބޮޑުބެރަށް ހިތްޖެހުނީ އުމުރުން 18 އަަހަރު ފުރުނު ފަހުންނެވެ. އޭނާ ކިޔާދިން ގޮތުގައި، ބޮޑުބެރަށް ހިތްޖެހިގެން ދިޔައީ، ރަށަށް އައި މީހަކު ބަޔަކަށް ބޮޑުބެރު ޖަހަން ދަސްކޮށްދިން ތަން ފެނިގެންނެވެ.

ތޯއިފް ޓީމާއެކު

"ރަށަށް އައި ވަހީދު ކިޔާ މީހަކު، ބޮޑުބެރު ޖަހަން ދަސްކޮށްދިނީ ރަށުގެ ބަޔަކަށް، އެތަނުން މީހުން ދަސްކުރާތަން ފެނުނީމަ ފުރަތަމަ ހިތްޖެހުނީ. އެކަމަކު އޭނާ ކައިރިން ނޫން ދަސްކުރީ". ތޯއިފް ބުންޏެވެ.

ތޯއިފް ބުނީ، ބޮޑުބެރަށް ހިތްެޖެހުމުން ރަށުގައި އުޅޭ ބޮޑުބެރު ޖަހާ މީހެއް ކައިރިއަށް ގޮސްގެން ދަސްކުރަން ފެށި ކަމަށެވެ. އަދި ބޮޑުބެރު ޖަހަން ދަސްކޮށް ފުރަތަމަ ކުޑަވަރެއްގެ ގުރޫޕެއްވެސް ހެދިއެވެ. އަދި އެ ގުރޫޕާއެކު ރަށުގައި ޝޯވތައް ވެސް ދީފައި ހުންނާނެ ކަމަށް ތޯއިފް ބުންޏެވެ. އަދި އެ ގުރޫޕާއެކު ބެރު ޖަހާ ލަވަ ކިޔާވެސް އޭނާ އުޅުނުވެ.

"ފުރަތަމަ އަލަށް ހިތަށްވެސް ނާރާ ބައެއްގެ ކުރިމަތީގައި އެކަހަލަ ލަވައެއް އެއްޗެއް ކިޔާ އުޅެވޭނެ ކަމަށް. އެކަމަކު ހަމަ ކުއްލިއަކަށް ހިތްޖެހިގެން ދެން އެކަންވެސް ވެފަ މިހިރީ" ތޯއިފް ބުންޏެވެ.

ތޯއިފް މަންދީރާ ޓީމްގެ ބެކްވޯކަލިސްޓެއްގެ ގޮތުގައި

އޭނާ އަދި މި ދާއިރާގައި އުޅޭތާ ވީ އެންމެ ދެ އަހަރެއްހާ ދުވަހެވެ. ދެ އަހަރު ބޮޑުބެރުގެ ދާއިރާގައި ކުރިއަރަން އޭނާ އެ ހުރީ ބޭނުންވެފައެވެ. ރަސްމީ ވަޒީފާއެއްގެ ގޮތުގައި ސަން ކޮންސްޓްރަކްޝަންސްގައި އުޅެމުން އޭނާ ބޮޑުބެރުގެ ދާއިރާގައި އެ އުޅެނީ ލިބޭ ހުސް ވަގުތުތަކުގައެވެ. ބޮޑުބެރު ޖަހާ އުޅެނީ ހޮބީއެއްގެ ގޮތުގައެވެ.

ތޯއިފް ބުނީ، އޭނާ މާލެ އައިސް މަންދީރާއަށް ވަދެ ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އޭނާ މަންދީރާގާ އުޅޭތާ އަހަރެއްހާ ދުވަސް ނުވި ނަމަވެސް، ލައްކަ އެ ގްރޫޕް މެދުވެރިިކޮށް އޭނާއަށް ދަސްވެއްޖެކަމަށް ތޯއިފް ބުންޏެވެ.

"ބޮޑުބެރަށް ހިތްޖެހުނުއިރުން ފެށިގެންވެސް ވަރަށް ގިނައިން މަންދީރާގެ ލަވަތައް ބަލަން، ދެން ވަރަށް ބޮޑަށް މަންދީރާގައި މަސައްކަތް ކުރާ ހިތްވިި މަންދީރާގެ މެނޭޖްމެންޓްވެސް ވަރަށް ސަޅި. ޓީމްވޯކްވެސް. އަސްލު ވަރަށް ކުރިއެރުން ލިބޭ މަންދީރާގައި". ތޯއިފް ބުންޏެވެ.

މަންދީރާ ޓީމް

ތޯއިފްއަކީ މަންދީރާގައި ބެކް ވޯކަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. އޭނާ އެންމެ ބޮޑަށް ބޭނުންވަނީ އަދިވެސް ބެރު ޖަހަން ދަސް ކުރާށެވެ. އަދި އޭނާ އެކަން ކުރަމުން އަންނަކަން ފާހަގަކުރިއެވެ. އަދި އެކަމަށް މަންދީރާގެ ފަރާތުން ސަޕޯޓް ލިބޭކަން ތޯއިފް ފާހަގަކުރިއެވެ. އަދި ބޭނުންވަނީ މަންދީރާގައި އުޅެމުން މަންދީރާގެ މީހުންގެ ފަރާތުން ޓްރެއިންވާންކަމަށްވެސް އޭނާ ބުންޏެވެ.

ތޯއިފް - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

"މަންދީރާގައި ދެވެން އޮތް އެންމެ ކުރިއަކަށް ދިއުން ބޭނުންވަނީ، ބެރު ވިޔަސް ލީޑް ވޯކަލް ވިޔަސް، އެވަރަށް ޓްރެެއިންް ވެގެން އެކަންވެސް ކުރަން ބޭނުން". ތޯއިފް ބުންޏެވެ.

ތޯއިފް

އޭނާގެ ހުވެފެންތަކަކީވެސް މަންދީރާއާއެކު ދެވެން އޮތް އެންމެ ކުރިއަކަށް ދިއުމެވެ. މަންދީރާއަށް ވަނުމަކީވެސް އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި އޭނާ ސިފަ ކުރެއެވެ. އޭނާ ބޭނުންވަނީވެސް މީހުން ބަލައިގަންނަ މީހަކަށްވާށެވެ.

މި ޒުވާނާ ދެކެމުންދާ އެ ހުވަފެންތަކަކީ ބެރުވެރިއެއްގެ ގޮތުގައި ނުކުތުމެވެ. އެވަރަށް އޭނާއަށް މަންދީރާގެ ފަރާތުން ޓްރެއިން ވެވޭނެ ކަމުގެ ޔަގީންކަން އޭނާގެ އެބައޮތެވެ.