އެމެރިކާގެ ފްލޮރިޑާގެ ގެއެެއްގެ ފުރަގަހުން މަރުވެފައިވާ ގޮތް ނޭނގޭ ޖަނަވާރެއް ފެނިއްޖެއެވެ.

ފްލޮރިޑާގެ އަންހެނަކަށް ފެނުނު މި ގޮތް ނޭނގޭ ޖަނަވާރުގެ ފޮޓޯ މީހާރު ވަނީ މީސް މީޑިއާގައި އާންމު ކޮށްފައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓް ކުރާގޮތުގައި ދިގު ނަގުލަކާއި އެކު 3 ނުވަތަ 4 ފޫޓް ހުންނާނެ ކަމަށް ބެލެވޭ މި ޖަނަވާރަކީ ލިޒާޑަރަކަށް ވެސް ވުން ގާތް ކަމަށެވެ.

މީސް މީޑިއާގައި އެކި މީހުން އެކި ގޮތް ގޮތަށް މި ޖަނަވާރު ސިފަކޮއްފައިވާއިރު ކޮންމެ ވެސް ވަރަކަށް މި ޖަނަވާރު ވަނީ ކުނިވެފައެވެ.

ގޭގެ ފުރަގަހުން ފެނުނު މި ޖަނަވާރަކީ ކޮން ބާވަތެއްގެ ޖަނަވާރެއްކަން އަދި ސާފުވެފައި ނުވާއިރު މި ޖަނަވާރު މަރުވާން ދިމާވި ސަބަބު އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އަދިވެސް އިންސާނުން ދިރާސާ ނުކުރާ ސަރަހައްދުތަށް ގިނަ އެވެ. ކޮންމެ އަހަރެއްގައިވެސް އަލަށް ހޯދާ ދޫދި ސޫފާސޫފިތަކާއި ޖަނަވާރުތަށް ފެންނަ ހަބަރުތަށް ނޫސްތަކުން އަޅުގަނޑުމެންނަށް އިވެއެވެ. މީގެ އިތުރުން ދުނިޔެއިން ނެތިގޮސްފައިވާ ކަމަށް ސައިސްވެރިން ނިންމާފައިވާ ޖަނަވާރުތަށް ވެސް އަލުން ބައެއް ފަހަރު ދުނިޔޭގެ ކޮންމެވެސް ތަނަކުން ފެނެެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. މުގެ

  ތީ މޮނިޓަ ލިޒަރޑް އެއް

  19
  2
 2. ލައިލާ

  ތި ވަނީ ޑްރަގަންއަކަށް

  8
  3
 3. XD

  ތީ ހޯނެއް.

  4
  2
 4. ގޮތް ނޭނގޭ

  ތި ވާނީ އޭލިއަން އަކަށް.

  5
  2
 5. ކުންބެ

  ތިވާނީ ހަމަތިއައް!!!!!!!!

 6. އަޅުގަނޑު

  ދޫނި*

  1
  1
 7. ލިނބޯމަދު ފިރާގު

  ޓިޔަވާނީ ސީ.އައި.އޭގެ ކަމަކަށް

  1
  1
 8. ޙަރުފަ

  ޠޭ ހިކިފަ އޮައި ވާަލެއް

 9. ކަލޯ

  ކަލޯ ތީ ފިހުނު ކިންބުލެއްނު

 10. GABinde

  ތިވާނީ ޓުރަންޕު އައް