ހަނދުގެ ސައިޒް ކުޑަވަމުންދާ ކަމަށާއި، މިކަމުގެ އަސަރު ދުރު މުސްތަގުބަލެއްގައި ދުނިޔެއަށް ކުރާނެ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ކުރި ދިރާސާ އަކުން ދައްކައިފިއެވެ.

ހޯމަ ދުވަހު އާއްމު ކުރި ދިރާސާ ރިޕޯޓެއްގައި ބުނެފައި ވަނީ ހަނދު އުފެދުނު ފަހުން ފާއިތުވެގެން މިދިޔަ 4.5 ބިލިއަން އަހަރު ތެރޭގައި 50 މީޓަރު ހަނދުން ކުޑަވެފައިވާ ކަމަށެވެ. މިދިރާސާ ކޮށްފައި ވަނީ ހަނދުން ނަގާފައިވާ 12000 އަށް ވުރެ ގިނަ ފޮޓޯ ބޭނުން ކޮށްގެންނެވެ.

"ހަނދަށް ދަނީ ހެލުންތަކެއް އަންނަމުން. އެއީ ދުނިޔެއަށް މިއަންނަ ފަދަ ބިންހެލުންފަދަ ހެލުންތަކެއް. ނަމަވެސް ހަނދުގައި ދުނިޔެ އާއި އެއްގޮތައް ޕްލޭޓްތަކެއް ނުހުންނާތީ ހެލުންތަކުގެ ސަބަބުން ހަނދަށް އަންނަ ބަދަލުތައް ވެސް ތަފާތު. އެ ހެލުންތަކުގެ ސަބަބުން ހަނދުގެ ސައިޒް ކުޑަވަމުންދޭ." ދިރާސާގައި ބުނެފައި ވެއެވެ.

"ނޭޗާ ޖިއޯސައިންސް" ގައި ޝާޢިއު ކޮށްފައިވާ މިދިރާސާ ރިޕޯޓް ބުނާ ގޮތުގައި ހަނދުގެ ސައިޒް ކުޑަވުމަށް މެދުވެރިވި ސަބަބު މިހާރު ވެސް އެގޮތުގައި ދެމިއެބައޮތް ކަމަށާއި ހަނދުގެ ސައިޒް ކުޑަވުން މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

ދިރާސާގެ އެއް ބައިވެރިޔާ ކަމަށްވާ ޔުނިވަސިޓީ އޮފް މެރީލޭންޑްގެ ޕްރޮފެސަރ ނިކޮލަސް ޝޫމާ ވިދާޅުވާ ގޮތުގައި ހަނދު ސިފަ ކުރެވެނީ ގަހަމުން ބިނދެލާފައި އޮންނަ މޭބިސްކަދުރެއްގެ ގޮތުގައެވެ. ގިނަ ދުވަސް ވާވަރަކަށް އެމޭބިސްކަދުރު ހިނދިގެން ގޮސް ހަލާކުވާ އުސޫލަށް ކަންތައްތައް ހަނދުގައި ވެސް ވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަނދަށް އަންނަ ބަދަލުތަކުގެ އަސަރު ދުނިޔެއަށް ކުރާނެ ކަމަށް ސައިންސްވެރިން ބުނި ނަމަވެސް އެކަމަށް އަދި އެތައް މިލިއަން އަހަރެއް ނަގާނެއެވެ.

ނާސާގެ މިދިރާސާ އާއި ބެހޭ ގޮތުން ދުނިޔޭގެ ނަން މަޝްހޫރު ސައިންސްވެރިން ދެކެވަޑައިގަންނަވާ ގޮތްތައް ކުރިއަށް އޮތްތަނުގައި ހާމަކުރަމުން ގެންދާނެ ކަމަށާއި ދިރާސާގައި ހުރި ކަންތައްތަކަކަށް އެހެން ސައިންސްވެރިން އެއްބަސްވާ މިންވަރެއް އެނގޭނީ އޭގެ ފަހުން ކަމަށް ޚަބަރުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މާމިގިލީ މީހާ

    ނާސާއިން ހަދާނީ ހުސް ދޮގު. ޗައިނާ މީހުން ހަނދައް ގޮސް ހަނދު ގޮއްވާލީ ކަންނޭގެ. އިންޑިޔާއިން ހަނދައް ގޮސްފާނެތީ ބިރުން ނާސާއިން އުޅެނީ.

    20
    4
  2. ޕޮފުބާ

    ތީކެމެރާގެ. މައްސަލައެއް

  3. އަހުމަދު

    ކޮންނާސާއަކޭތިޔަކިޔަނީ ހަނދުގެ އަހުލުވެރިންނަކީ ދަނގެތީމީހުން
    ދަނގެތި
    ހަނދު މިޢީވަރަށް ވާހަކަ

  4. ޟަމީރު

    އެހެންނުވާނީ ޗައިނާމީހުން ހަނދުގެ އަނދިރި ފަރާތުގައި އަލުވި މުޑުވައްކުރަން އެތައް ޓަނެއްގެ ވެލި ހަނދުން ނެގި. އަނެއްކާ މިހާރު މޯދީ އެއުޅެނީ އެފަރާތުގައި ގެރި ކޮއްޓެއް އަޅަން. ދެން ހައްތާހާ ކުޑަވާނީ.

  5. ނަސީދު

    ކޮންމެހެން ނާސާމޮޅުކޮއްގެން ވާހަކަދައްކާނެކަމެއް ނެތް އަހަރުންނައްވެސް އިގޭދުނިޔެ ކޮއްމެވެސް ދުވަހަކުން ނިމޭނެކަން

  6. ހާފިޒު

    ތިޔަކަހަލަ ވާހަކަ ވަގުތުއަކަސް ނުދައްކާ. މިތިބަ ނިރުބަ ޖާހިލުން ފަޅަފަޅައިގެން ހިނގައިދާނެ.

  7. މުކި

    ކޮބާތަ މާއެނގިގެން އުޅޭ ތުނބުޅި ގުރޫޕު.

    2
    2
  8. ރެއިން

    އެމެރިކާ ތީ ފޮނި ކަނޑާ ބައެެއް

  9. އިބުރަަ

    ލޮލީ އެއް ދޯ އެއީ މަޑު މަޑުން ވިރިގެންދާ