ދުނިޔޭގެ އެންމެ ނަން މަޝްހޫރު އެއް ކާނާކަމުގައިވާ ޕިއްޒާއަކީ އިޓަލީގައި އެންމެ ފުރަތަމަ އުފެދުނުއިރުން ފެށިގެންވެސް ގިނަ ދުވަސްތަކެއްވަންދެން އޭގެއިން ސިއްހީ އެއްވެސް ފައިދާއެއް ނުލިބޭކަމަށް ބެލެވިފައި އޮތް އެއްޗެކެވެ. އެގޮތަށް އަދިއަދަށްވެސް ގިނަ ބަޔަކު ދެކޭއިރު އެ ފަރާތްތަކަށް ޕިއްޒާއަކީ ބަރގާރ އަދި ފްރައިސް ފަދަ އެހެނިހެން ޖަންކް ފުޑްސްއާއި އެއްކޮށް ހިމެނޭ ކެއުމާއި ވީހާވެސް ދުރުވާންވީ އެއްޗެކެވެ.

ހަގީގަތަކީ މިއެއް ނޫނެވެ. ޕިއްޒާ، ބާރގާރ ފަދަ ކާނާތަކާއިއެކު ނުހިމެނޭ އެންމެ ބޮޑު އެއް ސަބަބަކީ ޕިއްޒާއަކީ ފްރައިކޮށްގެން ކެވޭ އެއްޗަކަށް ނުވާތީއެވެ. ތެލުލައިގެން ނުވަތަ ފްރައިކޮށްގެން ކެވޭ ކާ އެއްޗިއްސަކީ އާންމުގޮތެއްގައި ސެޗުރޭޓަޑް ފެޓް އަދި ޓްރާންސް ފެޓްވެސް ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ. އެފަދަ ބާވަތުގެ ފެޓްސް އަކީ އެކި ކަހަލަ ސިއްހީ މައްސަލަތަކަށް މަގުފަހިކުރުވާ އެއްޗެކެވެ.

ޕިއްޒާގައި ގިނަ އަދަދަކަށް ތަރުކާރީ ހިމެނޭ ބާވަތްތައް ހުންނައިރު އެއީ އެހެން އާދައިގެ ކާނާތަކަށްވުރެ ގިނައިން ތަރުކާރީ މީހާގެ ހަށިގަނޑަށް ލިއްބައިދޭ ކާނާއެކެވެ. ޕިއްޒާގައި އާންމުކޮށް ކްރޯނިއަމް އަދި ވިޓަމިން ސީ ލިއްބައިދޭ އެއްޗިހި ހިމެނޭއިރު ޕިއްޒާގައި ހުންނަ ޗީޒްގެ ސަބަބުން ކެލްސިއަމް ފަދަ މުހިންމު މާއްދާވެސް ހަށިގަނޑަށް ލިބިގެން ދެއެވެ. ރައިބޮފްލާވިން، ވިޓަމިން އީ، ޕޮޓޭސިއަމް، ވިޓަމިން އޭ އަދި ކޮލެސްޓްރޯލްގެ ރަނގަޅު ވައްތަރުވެސް ހިމެނޭ އެއްޗިހި ޕިއްޒާގައި ހުރެއެވެ.

ޕިއްޒާ ކެއުމަކީ އަދިވެސް ސިއްހަތަށް ގެއްލުން ހުރި ކަމެއްކަމަށް ސިކުނޑީގައި އޮތް ނަމަ ޕިއްޒާއާއިއެކު ސެލެޑްއެއް ނާސްތާ ކުރާށެވެ. އެހާހިސާބުން ތަރުކާރީ އަދި މޭވާގެ އިތުރުން ޕިއްޒާގެ ހިމެނޭ އެއްޗިހިން ލިބިދޭ ފައިދާހުރި މާއްދާވެސް ހަށިގަނޑަށް ހަމަޔަށް ލިބޭނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު