ފްލޮރިޑާގެ ގޮނޑުދޮށަށް ލައްގާފައި އޮތް ކޯމަހެއްގެ ބަނޑު ތެރޭގައި ފެންވަރަން ބޭނުން ކުރާ ފެންމާގަޑުގެ ހޮޅި ފެނިއްޖެއެވެ.

ފޯޓް މިޔާސް ބީޗް އަށް ލައްގާފައި އޮތް އެ ކޯމަހުގައި ހަތް ފޫޓު ހުންނާނެއެވެ. އެ ކޯމަަހަކީ މިދިޔަ މަހެއްހާ ދުވަސް ތެރޭގައި ލެއްގި ކޯމަސްތަކުގެ ތެރެެއިން ޕްލާސްޓިކް ކުނި ބުނި ހަށިގަނޑު ތެރޭގައި ފެނުނު ދެވަނަ ކޯމަހެވެ.

މެއި މަހުގެ ހަތް ވަނަ ދުވަހު ލައްގާފައި އޮއްވާ ފެނުނު ކޯމަހުގެ ބަނޑު ތެރެެއިން ފެންމާގަނޑުގެ ފެންހޮޅި އެއްކޮށް ފެނިފައި ވެއެވެ.

ކޯމަހުގެ ބަނޑު ތެރެއިން ފެނުނު ފެންހޮޅި

އެ ހޮޅި ކޯމަހުގެ ބަނޑު ތެރެއިން ފެނުނީ ހެދި ދިރާސާތަކަށް ފަހުއެވެ.

އެކަން ދިރާސާކުރި ވައިލްޑް ލައިފް ރީސާޗް އިންސްޓިޓިއުޓް އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ގޮނޑުދޮށަށް ކުނި ބުނި އެޅުމުގައި އިތުރަށް ސަމާލުކަން ދިނުމަށް ނަސޭހަތްތެރިވެފައެވެ. މީހުން ކުރަމުންދާ މިފަދަ ކަންކަން ހުއްޓުވާ ޑަސްބިންތަކަށް ކުނި އެޅުމާއި، ރަށު ތެރެ ސާފް ކުރުުމުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު