އިންޑިއާގެ އަޔޮދާ ސިޓީގައި ފިރިހެނަކު ހަތް ގެރި ރޭޕްކޮށްފިއެވެ.

ރާޖް ކުމާރް ނަމަކަށް ކިޔާ އެ ފިރިހެން މީހާ ހަތްގެރި ރޭޕްކޮށްފައި ވަނީ، ގެރި ގެންގުޅޭ ތަނަކަށް ވަދެއެެވެ. އޭނާ އެ ގެރިތައް ރޭޕް ކުރަނިކޮށް ރެޑް ހޭންޑްކޮށް އެ ގެރިތައް ބަލަހައްޓާ މީހުންނަށާއި، ބައެއް ވޮލެންޓިއަރުންނަށް ވަނީ ފެނިފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ރާޖް ކުމާރް އެގެރިތައް ރޭޕްކުރިކަން ފުރަތަަމަ އެނގުނީ އެ ގެރިތައް ބަލަހައްޓާތަނުގައި ހަރުކޮށްފައި ހުރި ސީސީޓީވީ ފޫޓޭޖަށް އެ މަންޒަރު އެރުމުންނެވެ. އަދި ދެ ވަނަ ފަހަރަށް އެ ގެރިތައް ރޭޕް ކުރަން އައިއިރު، އެ މަންޒަރު އެތަނުގެ ވެރިންނާއި، ވޮލެންޓިއަރުންގެ ހަމަލޮލަށް ވަނީ ފެނިފައެވެ.

އެކަމާއި ހެދި ރާޖް ކުމާރްގެ ގައިގާ ވޮލެންޓިއަރުން ވަނީ ތަޅާލާފައެވެ. އަދި އޭގެ ފަހުން އޭނާ ފުލުހުންނާއި ވަނީ ހަވާލުކޮށްފައެވެ.

އަދި މިހާރު އޭނާ ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ ކުރުމަށް ވަނީ ނިންމާފައެވެ. ރާޖް ކުމާރް ބުނާގޮތުގައި، އޭނާ އެ ގެރިތައް ރޭޕްކޮށްފައި ވަނީ މަސްތުހާލުގައި ހުރެގެންނެވެ.

އިންޑިއާގައި ޖަނަވާރުން ރޭޕް ކުރުންވެސް ވެފައި ވަނީ އާއްމު ކަމަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މޯދީގެ ކާމިޔާބީ ފާހަގަ ކުރަން.

    8
    1
  2. ބެބް

    އަވަހަށް އެގެރިތައް ރަޖަމު ކުރޭ

  3. އަފްލާ

    ޢިސާހިތަކު މޯދީވެސް ރޭޕް ކުރާނެ