އުމުރުން 102 އަހަރުގެ ފްރާންސް އަންހެނަކު، 92 އަހަރުގެ އަންހެނަކު މަރާލި ކަމަށް އެއްބަސްވެއްޖެއެވެ.

ފްރާންސްގައި މުސްކުޅި އުމުރުގެ މީހުންނަށް ހާއްސަ ގެއެއްގައި ދިރިއުޅޭ އެ ދެ އަންހެނުންގެ ތެރެއިން މަރާލާފައި އޮތް އަންހެން މީހާ ފެނުނީ މިދިޔަ ހަފްތާގައެވެ. އެ މައްސަލައިގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، އެ އަންހެން މީހާ މަރާލާފައި ވަނީ ބޮލުގައި އެއްޗަކުން ޖަހައިގެންނެވެ. އަދި އޭގެ އިތުރަށްވެސް އަނިޔާތައް ކޮށްފައިވެއެވެ.

ތަހުގީގުގެ މަރުހަލާ ވަކި ހިސާބަކަށް ގޮސްފައިވާ އިރު، އަންހެން މީހާ މަރާލި 102 އަހަރުގެ މުސްކުޅި މީހާ ވަނީ އޭނާ މަރާލި ކަމަށް އެއްބަސްވެފައެވެ. އަންހެން މީހާ ބުނެފައި ވަނީ އޭނާ އަނެއް އަންހެން މީހާ މަރާލިއިރު، ހުރީ ވާނުވާ ނޭނގޭ ހާލުގައި ކަމަށާއި، އެއީ ހަމަ ވިސްނުމުގައި ހުރެ ކުރެވުނު ކަމެއް ނޫން ކަމަށެވެ.

އަންހެން މީހާ މިހާރު ސައިކެޓްރިކް ހާއްސަ ފަރުވާއަށް އެކަހެރި ކޮށްފައިވާ އިރު، އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު