ވަންނާނެ ގެދޮރު ނެތި، އާޖެންޓީނާގެ މަގުމަތީގައި ނިދާފައި ތިބި ދެމީހުންގެ ގައިގައި އަލިފާން ރޯކޮށްލައިފިއެވެ.

ދެމީހުންވެސް ނިދާފައި ތިބީ ގޮދަޑިއެއްގެ މަތީގައެވެ. ކާރަކާ ދިޔަ ދެމީހުން ގޮދަޑިއަށް ހުޅުހިފާ ޒާތުގެ އެއްޗެއް އަޅާ ރޯކޮށްލިތަން ފެންނަ ވީޑިއޯއެއް މިހާރު ވަނީ އާންމުވެފައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެ ވީޑިއޯ ނަގާފައި ވަނީ އޭގެ ތެރެއިން އެކަކެވެ. އަދި އެ ރަހުމް ކުޑަ އަމަލަކީ، މަގުމަތީގައި މީހުން ނިދުމާ ދެކޮޅަށް އަޑު އުފުލާ މީހުން ކޮށްފައިވާ ކަމެއް ކަމަށްވެސް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނެފައިވެއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި، ގޮދަޑި މަތީގައި ނިދާފައި ތިބޭ ދެމީހުންނަށްވެސް އަލިފާނުގެ ހޫނާއެކު ހޭލެވިގެން ދުއްވައިގަނެއެވެ. އަދި އޭގެ ތެރެއިން އެކެއްގެ ގައިގައި އަލިފާން ހިފާފާވާކަންވެސް އެނގެއެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނެފައިވާ ގޮތުގައި، އެ ގޮދަޑީގައި ނިދާފައި ތިބީ ވެނިޒުއޭލާގެ ދެ ފަގީރުންނެވެ. އަދި އޭގެ ތެރެއިން ބޮޑަށް އަނިޔާވީ އުމުރުން 38 އަހަރުގެ މީހަކަށް ކަމަށާއި، އަނެއް މީހާ ހަމަލާގެ ފަހުން ނުފެނެއެވެ.

އެ ވީޑިއޯއާ ގުޅިގެން ފުލުހުން ވަނީ ހާއްސަ ތަހުގީގެއް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު