ފޭކް ފޯންތައް އިންތިހާއަށް ވަނީ ގިނަވެފައެވެ. ފޭކް ބްރޭންޑްތަކާއި، މަޝްހޫރު މޮޑެލްތަކުގެ ފޭކް ވާޝަންތައްވެސް ގިނައެވެ. މިކަހަލަ ފޯންތައް އާއްމުކޮށް ގަނެ އުޅޭނީ އަގުބޮޑު ފޯންތައް ގަންނަ ވަރަށް ފައިސާ ނުލިބި ނޫނީ ފޯނެއް ގަތުމަށް އެވަރަށް ހަރަދު ކުރަން ބޭނުން ނުވާ މީހުންނެވެ.

މިހާރު ދުނިޔޭގެ އެންމެ މަގުބޫލު އަދި އެންމެ މީހުން ގަޔާވާ ފޯން ބްރޭންޑަކަށްވެފައި އޮންނަނީ އައިފޯނެވެ. އެހެން ނަމަވެސް އެންމެންނަކީ އައިފޯން ފޭނުންނެއްވެސް ނޫނެވެ. އައިފޯން ނުވަތަ އެޕަލްގެ އާލާތްތަކަކާއި މެދު ހިތް ނުރުހޭ މީހުންވެސް މަދެއް ނޫނެވެ.

މިފަހަރު ދައްކަން މި އުޅެނީ އަގުހެޔޮ ފޯނެއް އަގުބޮޑު ފޯނެއްގެ ގޮތުގައި އާއްމުންނަށް ފެންނާނެ ގޮތް ހެދުމަށް ބޭނުންކުރަމުންދާ އުކުޅެއްގެ ވާހަކައެެވެ. މި އުކުޅުގެ އެހީގައި ކޮންމެ މީހަކީވެސް އައިފޯންގެ ވެރިއަކަށް ވެދާނެއެވެ.

5000 ރުފިޔާއަށްދޭ ފޯނެއް ގަތުމަށްފަހު ފަހުގެ އައިފޯން އިންނަ ކަހަލަ ފޯން ސްޓިކާއެއް ތަތްކޮށްލުމުން ހީވާނީ އައިފޯނެއްހެންނެވެ. ތަފާތަކީ އައިފޯނުގެ ފީޗާތައް ނުލިބޭކަމެވެ. ނަމަވެސް މިހާރު ގިނަ ބައެއްގެ ނަޒަރު މިކަމަށް ވަނީ ހުއްޓިފައެވެ. އަގުހެޔޮކޮށް ރެޑްމީ އައި ފޯނު ގަނެގެން ގިނަ ބަޔަކު މިހާރު މިކަން ތަޖުރިބާކޮށްފައި ވެއެވެ.

50 ރުފިޔާ އަށްދޭ މި ސްޓިކާ ތަތްކޮށްލުމުން ފޯނު އޮންނަނީ 20000 ރުފިޔާގެ އައިފޯން އެކްސްއެސް ނުވަތަ އެކްސްއެކްސް މެކްސް އަކާއި ދާދި އެއް ސިފައެއްގައެވެ. އައިފޯނެއްގެ ސިފަ ގެނައުމުގެ އިތުރުން، މިއީ ފޯނުގައި ކޫރުން އެޅިގެންދާ ދިއުމަށްވެސް އޮތް ޙައްލެކެވެ.

ކިޔުންތެރިންގެ ހިޔާލު