އުމުރުން 38 އަހަރުގެ ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރް އުމުރުން ދުވަސްވެފައިވާކަމަށް ދައްކާ ސެލްފީއެއް މިހާރު މީސް މީޑިއާގައި ދައުރުވުމުން އެތައް ބައެއްގެ މަލާމާތް ކުރަން ފަށައިފިއެވެ. އެ ސެލްފީއަކީ ކަރީނާ މޫނާ ވަރަށް ކައިރިން އަވިގަނޑުގައި ނަގާފައިވާ ސެލްފީއެކެވެ.

އެ ސެލްފީ މީސް މީޑިއާގައި ދައުރުވުމާއެކު "ކަރީނާ ވަަރަށް މުސްކުޅިކަމަށް ދައްކަން ފަށައިފި" ކަމަށް ގިނަ ބަޔަކު އަންނަނީ ގޮވަމުންނެެވެ. މިގޮތަށް ބައެއް މީހުން ވާހަކަދެއްކި ނަމަވެސް ކަރީނާގެ ދިފާއުގައިވެސް ބަޔަކު ވަނީ ނުކުމެފައެވެ. އެގޮތުން ކަރީނާ އުމުރުން ދުވަސްވަމުން އައި ނަމަވެސް އޭނާ ރީތިކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އެއްބަޔަކު ކަރީނާ މިހާރު ވައްތަރީ ބޮޑު ދައިތައަކާއި ކަމަށްވެސް ބުނެފައި ވެއެވެ.

ކަރީނާ އުމުރުން ދުވަސްވީކަމަށް ދައްކާ ސެލްފީ ޕޯސްޓްކޮށްފައިވާ ވަނީ އޭނާގެ މެނޭޖަރ ޕޫނަމްއެވެ. އޭނާ އެ ފޮޓޯލީ ފޭނުން އުފާ ކުރުވަންނަމަވެސް، އެ ފޮޓޯގެ ސަބަބުން ކަރީނާއަށް ގިނަ ބަޔަކު ކުރަމުން ދަނީ މަލާމާތެވެ.

ކަރީނާ މިހާރު ކުރަމުން އަންނަ މަސައްކަތަށް ބަލާއިރު، އޭނާ މިހާރު ދަނީ ގުޑް ނިއުސް ނަމަކަށް ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތުނިޔަ

    މޭކަޕް ނެތީމަ ތިހާ ހަޑިވެގެން ތިއުޅެނީ!
    ޚކުރިންވެސް އަސްލަކީ މޭކަޕްވިއްޔަ!!

    20
    2
  2. XD

    މިކަހަލަ ފާޑުފާޑުގެ އެއްޗެހި ކިޔާއްޗޭ ކުދިން މޭކަޕް ކުރަނީ. އަދި މޭކަޕް ކުރިޔަސް އެއްޗެހި ކިޔާނެ. ކުރިޔަސް ނުކުރިޔަސް ނޯވޭ ސަލާމަތެއް.

    26
    2