90' ގެ އަހަރުތަކުގައި މަޤްބޫލުވެގެންދިޔަ ހިންދީ ލޯބީގެ ފިލްމު "ކަހޯނާ ޕްޔާރް ހޭ" އެއީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ރިތިކް ރޯޝަން އަދި އަމީޝާ ޕަޓޭލް ހިންދީ ފިލްމު އިންޑަސްޓްރީއަށް ތަޢާރަފްކޮށްދިން ފިލްމެވެ. އެ ފިލްމު ވަނީ ރިތިކްއާއި އަމީޝާއަށް ބޮލީވުޑްގެ ދޮރުތައް ހުޅުވާ ދިނުމުގައި ބޮޑު ދައުރެއް އަދާކޮށްފައިއެވެ.

އެހެންނަމަވެސް ވަރަށް މަދު ބަޔަކަށް ނޫނީ ނޭނގޭނެ އެއް ވާހަކައަކީ އަމީޝާގެ ކުރިން މި ފިލްމު ކުޅެން ހަމަޖެހުނު ބަތަލާގެ ވާހަކައެވެ. އަމީޝާއަށް މި ފިލްމު ކުޅުމުގެ ފުރުޞަތު ލިބުނީ މި ފިލްމުގެ މައިގަނޑު ރޯލް ކުޅެން އެންމެ ފުރަތަމަ ހަމަޖެހުނު ބަތަލާ ކަމަށްވާ ކަރީނާ އެ ފިލްމު ދޫކޮށްލުމުންނެވެ.

މި ވާހަކަ ކަރީނާ މީޑިއާއާއި ހިއްސާކޮށްފައިވަނީ ވަރަށް ފަހުންނެެވެ. އޭނާ ބުނާގޮތުންނަމަ އޭރު އޭނާއަކީވެސް ރިތިކްއެކޭ އެއްގޮތަށް ފިލްމު އިންޑަސްޓްރީއަށް މުޅިން އައު މޫނެކެވެ. އަދި ފިލްމުގެ ޑައިރެކްޓަރަކީ ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ކަމުން، އޭނާ ވަނީ ދަރިފުޅުގެ ޑެބިއު ވީހާވެސް ފުރިހަމަ ކުރުމަށް ޚާއްސަ ސަމާލުކަމެއް ދީފައި، ކަރީނާއަށް ދިން ސަމާލުކަން ކުޑަކޮށްފައިއެވެ.

ކަރީނާ ބުނީ އޭނާވެސް ރިތިކްއެކޭ އެއްފަދައިން ފުރަތަމަ ފިލްމު ވީހާވެސް ފުރިހަމަކޮށް ފެނިލަން ބޭނުންވާކަމަށެވެ. އެހެންވީމާ، އެ ފިލްމުގެ ބަދަލުގައި އެހެން ފިލްމެއް މެދުވެރިވެގެން ބޮލީވުޑަށް ޑެބިއުވުމަކީ ރަނގަޅު ނަސީބެއްގެ ގޮތުގައި ކަރީނާ ދެކުނެވެ.

"ރާކޭޝް ރޯޝަން ރިތިކް ކުޅޭ ކޮންމެ މަންޒަރެއް ފުރިހަމަކޮށް ނަގަން 5 ގަޑިއިރު ވަރު ހޭދަކުރި. އެކަމަކު، އަމީޝާގެ މަންޒަރުތައް ނެގުމުގައި އެންމެ 5 ސިކުންތުވެސް ހޭދަނުކުރޭ. އަމީޝާ އެ ފިލްމުން ދައްކުވައިދެނީ ވަރަށް މޫނުމަތި ހަޑިކޮށް. އެކަމަކު، ރިތިކް ދައްކުވައިދިނީ ވަރަށް ރީތިކޮށް" ކަރީނާ ބުންޏެވެ.

މި ސަބަބަށްޓަކައި، އަބީޝޭކްއާއި އެއްކޮށް ފިލްމު "ރެފިއުޖީ"އިން ތަޢާރަފްވެގެންދިއުމަކީ ހެޔޮ ނަސީބެއް ކަމުގައި ކަރީނާ ދެކުނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބަލާބަ

    90 ގެ އަހަރުގައިތަ އަނެއްކާ.. ތީ 2000 ގެ ފިލްމެއް

    10
  2. މުބީނު މާރނީ.

    ބޮޑާ އަންހެނެއް ކަރީނާ އަކީ.

    12
    2
    • ފޮނި ބައިސާ

      ކިހިނެއް އެނގުނީ. އޯކޭ ނުވީތަ.

      4
      1
      • މުބީނު މާރނީ

        މަތީ ގައިވާ "ފޮނި ބައިސާ" އަށް ސަލާމް. އިނގުނު ގޮތަކީ މީހުންނާއި ދިމާލަށް ކިޔަން ނުވާ އެއްޗެހި ކަރީނާ ކިޔާފަ ހުރީމަ. ކުޑަކޮށް ކަޅު ފިލްމުއް-ސްޓާރެއް ކަމަށްވާ ބިޕާޝާ ބަސޫ އާއި ދިމާލަށް ކާލީ ބިއްލީ އޭ ގޮވާފަ-ވޭ ކަރީނާ. ކާލީ ބިއްލީ ގެ މާނައަކީ ކަޅު ބުޅާ. ކަޅު ބުޅަލަކީ ބަދު ނަސީބު ގެނެސްދޭ އެއްޗެއް ކަމަށް އިންޑިއާ މީހުން ޤަބޫލް ކުރޭ. ގެޓް ވެއްޖެ ތަ؟؟؟

      • މުބީނު މާރނީ

        ބިޕާޝާ ބަސޫ އަށް "ކާލީ ބިއްލީ" އޭ ކަރީނާ ބުނީމަ އެނގުނީ. "ކާލީ ބިއްލީ" ގެ މާނަ އަކީ ކަޅު ބުޅާ.

        1
        1
  3. މޯޑ

    ނޭންގޭ އެއްޗެހި ނުލިޔަމާ! ކަހޯނާ ޕްޔާރް ހޭ ރިލީޒްކުރީ 14 ޖެނުއަރީ 2000 ވަނަދުވަހު އިންޑިއާ ގަ. 90 ގެ އަހަރު ތަކުގަ އެއްނޫން. ތަންކޮޅެއް ޒިއްމާ ދާރު ވަމާ. ފަސޭހައިން ހޯދޭނެ މައުލޫމާތު މި ހުންނަނީ.

    8
    1
  4. ާަމަރީ

    ރިތިކް ބައްޕަ އާއި މިކޮއި ހިތާވެގެން އުޅުނީ..

  5. ޖަނާޒާ

    90 އެއް ނޫން 2000

    10