ފާހާނައަށް ވަންނަ އިރު ފޯނު ހިފައިގެން ވަނުމަކީ ދިވެހިންގެ ތެރެއިންވެސް ގިނަ ބަޔަކު ކޮށްއުޅޭ ކަމެކެވެ. މިހެން ވަނީ ގިނަ ބަޔަކު ފޯނަށް ދެވިހިފާފައި ވުމާއި، ފާހަނާއަށް ފޯނު ވެއްދުމުން ލިބޭ ގެއްލުންތައް ނޭނގޭތީއެވެ. ހަމަ ގައިމުވެސް އެކަން އެނގޭނަމަ ފާހާނައަށް ވަންނަ އިރު ފޯނު ހިފައިގެން ނުވަންނާނެއެވެ.

ލޮލަށް ނުފެނުނު ނަމަވެސް ވައިގެ ތެރޭގައި އެކި އެކި ވައްތަރުގެ ބެކްޓީރިޔާ އުޅެއެވެ. އަދި ފާހާނަ ފަދަ ތަންތަނުގައި ނުރައްކާތެރި ބެކްޓީރީއާތަށް އުޅޭލަތް ގިނައެވެ. އެގޮތުން ފާހާނައަށް ފޯނު ހިފައިގެން ވަނުމުން އީ.ކޮލީ އަދި ސެލްމޮނެލާ ފަދަ ބެކްޓީރިއާ ފޯނުގައި އަށަގަނެ އެވެ. މިއީ ސިއްހީ ގޮތުން ބޮޑެތި ގެއްލުންތައް ދޭ ބެކްޓީރިއާ އެވެ.

ފާޚާނާކޮށް ނިމުމަށް ފަހު ރަނގަޅަށް އަތް ނުދޮވެ ފޯނުގައި އަތްލެވިއްޖެ ނަމަ ފޯނުގައި ހަރުލި ޖަރާސީމުތައް އަލުން އަނބުރާ އަތުގައި ހަރުލާގޮތްވާނެ އެވެ. މިހެންވެ އެންމެ ރަނގަޅު ގޮތަކީ ފާޚާނާކުރަން ވަންނައިރު ފޯނު ހިފައިގެން ނުވަނުމެވެ.

މިކަމުގެ ސަބަބުން ސިއްހީ ބޮޑެތި ގެއްލުންތައް ލިބެއެވެ. އެގޮތުން ބައެއް ފަހަރު ކެންސަރަށްވެސް މަގުފަހި ކުރުވައެވެ. ފޯނު ހިފައިގެން ފާހާނައަށް ވަނުމަކީ މިހާވެސް ނުރައްކާތެރި ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވައިރަސް

    ތިހިންވީއިރު ތިޔަތަނަކުން އެއްވެސް ގޮތަކަށް ސަލާމަތެއް ނުވެބޭނެ ތި ބުނާ ޒާތުގެ އެއްޗެއް ނުލައެއް ގައިގެ ކޮންމެވެސް ތަނެއްގައި ހަރުލާފަ ހުންނާނެ

    12
    1
  2. ށަމމ×ޖދޖދޖ

    ???????