އާއިލާއިން ދެއްކި މީހަކާއި ކައިވެނި ކުރަން ދެކޮޅު ހަދައި ފިލައިގެން ދިޔަ 16 އަހަރުގެ އަންހެން ކުއްޖަކަށް އަދަބު ދީފިއެވެ.

އިނގިރޭސިވިލާތުގައި އުޅޭ އިރާގު ދެމަފިރިއެއްގެ 16 އަހަރުގެ ދަރިފުޅަށް މިހެން ހަދާފައި ވަނީ، ފައިސާއަށްޓަކައި އެ މީހުންގެ އެ ދަރިފުޅު މުސްކުޅިއަކަށް ވިއްކާލާފައިވާތީއެވެ.

މާރިބް ނަމަކަށް ކިޔާ އެ އަންހެން ކުއްޖާ ބައެއް ނޫސްތަކަށް އިންޓަވިއުދެމުން ބުނީ، އޭނާގެ މަންމަ އާއި ބައްޕަ އަދި އޭނާ ވާން އުޅުނު ފިރިމީހާވެސް އޭނާގެ ގައިގައި ފިހިގަނޑުން ތަޅާ ކަމަށެވެ.

މާރިބްގެ މައިންބަފައިން ބޭނުންވީ އެ ކައިވެނިކޮށްގެން 20000 ޑޮލަރު ހޯދާށެެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ މަންމަ އާއި ބައްޕަ ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ އެ އަންހެން ކުއްޖާ ގައިގައި ތަޅާ އޭނާއަށް އަނިޔާކޮށް އޭނާގެ ގަޔަށް ހޫނު ތެޔޮ އެޅި މައްސަލައިގައެވެ.

މާރިބްގެ އިތުރުން ހައްޔަރުކުރި ދެމަފިރިންގެ ތިބި ކުޑަ ފަސް ދަރިންވެސް ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާކަަމަށް ވެއެވެ.

މީގެ ކުރިންވެސް މާރިބް ފިލައިގެން ދިޔުމުން ފުލުހުންނަށް ރިޕޯޓްކޮށްފައި ވެއެވެ. މާރިބް މިގޮތަށް ފިލައިގެން ގޮސްފައި ވަނީ އާއިލައިން ބޭނުންވާ މީހަކާއި ކައިވެނި ކުރަން ޖެހޭތީ އާއި އޭނައަށް އަނިޔާ ކުރާތީއެވެ.

އަދި އޭނާ އެ މީހާއާ ކައިވެނިކުރަން ނިންމީ އެ ފައިސާ އެ މީހުންނަށް ދީގެން ނަމަވެސް އޭނާއަށް ކުރާ އަނިޔާތައް ހުއްޓުވާށެވެ. އެހެން ނަމަވެސް އޭނާ ވަނީ ކައިވެނި ކުރުމުގެ ކުރިން ފިލާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފިރުޓޭ

    މީވެސް މި ޒަމާނުގަ ކުރާ ކަންތައްތައްތަ؟