އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އަންހެނަކު ލޯބިވެރިޔާގެ މޫނަށް އެސިޑް ޖަހައިފިއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި މި އަންހެން މީހާ ލޯބިވެރިޔާގެ މޫނަށް އެސިޑް ޖެހީ އެސިޑް ޖެހުމުން އޭނާ އެހެން މީހަކާ ކައިވެނި ނުކޮށް އޭނާ އާއި ކައިވެނި ކުރާނެ ކަމުގެ އުންމީދުގައެވެ.

ލޯބިވެރިޔާއަށް އެސިޑްގެ ހަމަލާ ދިނުމަށް ފަހު މި އަންހެން މީހާ ފުލުހުނަށް ބަޔާން ދިނީ އެ ދޭމީހުންނަށް ބަޔަކު އެސިޑް ހަމަލާ ދިނީ ކަމަށް ބުނެއެވެ.

ދިއްލީގެ ޕޮލިސް ކަމިޝަނަރު ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ބުނީ މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ތިން އަހަރު ވެފައިވާ ކަމަށާއި ނަމަވެސް ފިރިހެން މީހާ ބޭނުންވީ މި ގުޅުން އިތުރަށް ކުރިއަށް ނުގެން ގޮސް ނިންމާލަން ކަމަށެވެ. އެހެންވެ އަންހެން މީހާ ބޭނުންވީ އެސިޑްގެ ހަމަލާއެއް ދީގެން ނަމަވެސް ފިރިހެން މީހާ ހާސިލު ކުރަން ކަމަށް ތަހުގީގަށް މިހާތަނަށް އެގިފައިވާ ކަމަށެވެ.

މި އަންހެން މީހާ ފުލުހުންނަށް ދޮގު ބަޔާނެއް ދިން ކަން އެގުނީ މި ހާދިސާ ހިންގި ސަރަހައްދުގެ ސީސީޓީވީ ކެމެރާތަށް ތަހުލީލު ކުރުމުންމެވެ. ފުލުހުން މިހާރު ވަނީ މި އަންހެން މީހާ ހައްޔަރު ކޮށްފައެވެ.

މި ހަމަލާގައި ފިރިހެން މީހާގެ ކަރުމަތީގެ ބޮޑު ބައެއް ފިހިފައިވާއިރު އޭނާ އަށް ދަނީ ފަރުވާ ދެވެމުންނެވެ.

އިންޑިއާ އަކީ ރޭޕްގެ ހަމަލާތަކުގެ އިތުރުން އެސިޑްގެ ހަމަލާތަށް ވެސް ގިނަ އަދަދަކަށް ދެވޭ ގައުމެކެވެ. އެގޮތުން 2015 ވަނަ އަހަރު އެކަނިވެސް ގާތްގަނޑަކަށް 300 އެސިޑް ހަމަލާ ދީފައިވެއެވެ. ގިނަ ހަމަލާތަކަކީ ކައިވެންޏަށް ދެކޮޅު ހެދުމާއި، މިލްކުވެރިކަމުގެ މައްސަލަތަކުގައި ފިރިހެނުންދޭ ހަމަލާތައް ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ށޖހސ

    އިންޑިޔާ އަކީ އަބަދުވެސް ކޮންމެ ކަމެއްގަވެސް ބިރުދައްކާ މަޖުބޫރުން ކަންކުރާ ދައްޖާލު އުސޫލު ހިނގާ ގައުމެއް. މިސަރަހައްދުގެ ދައްޖާލު ހުރީވެސް އިންޑިޔާގަ

    30
    1