ޔޫރަޕްގައި މުސްލިމުން ނަމާދު ކުރަން ބިނާ ކުރި ކަމަށް ބެލެވޭ އެންމެ ތާރީޚީ މިސްކިތް ވަޅުލެވިފައި ވަނިކޮށް ފާހަގަ ކުރެވިފައިވާ ކަމަށް އާކިއޮލޮޖިސްޓުން ބުނެފިއެވެ. މިމިސްކިތް ފެނިފައި ވަނީ ސްޕޭންގެ މެޑްރިޑްގައި އޮންނަ އަވަށަކުންނެވެ. މިހާރު މީހުން ދިރިނޫޅޭ އެސަރަހައްދު އޮތީ އެއްކޮށް ވަޅުލެވިފައެވެ.

ރެކެޕޮލިސްގެ ނަން ދީފައިވާ ސަރަހައްދަކީ މީގެ 1400 އަހަރު ކުރިން ނުވަތަ އެއަށް ވުރެ ވެސް ގިނަ ދުވަސް ކުރިން މީހުން ދިރިއުޅުނު ސަރަހައްދެއް ކަމަށް މިހާރު ލަފާ ކުރެވެއެވެ.

ތާރީޚީ މިސްކިތާއި، މީހުން ދިރިއުޅުނު އަވަށް އާކިއޮލޮޖިސްޓުންނަށް ފެނިފައި ވަނީ ސެޓްލައިޓް މެދުވެރިކޮށް ނެގި ފޮޓޯތަކަކުންނެވެ. މިހާރު އާކިއޮލޮޖިސްޓުން މަސައްކަތް ކުރަމުން ގެންދަނީ އެސަރަހައްދު ކޮނެގެން އިތުރު ދިރާސާތައް ކުރުމަށެވެ.

މުސްލިމުން ވަނީ މީގެ ކުރިން ސްޕޭންގައި ވެރިކަން ކޮށްފައެވެ. މުސްލިމުން ސްޕޭން ހިފީ މީލާދީ ގޮތުން ބަލާނަމަ 711 ވަނަ އަހަރު އެވެ. މުސްލިމުންގެ އަތުން ސްޕޭން ބީވެގެން ދިޔައީ މީލާދީ ގޮތުން 1492 ވަނަ އަހަރު އެވެ.

މިހާރު ސްޕޭންގެ މެޑްރިޑް ކައިރީގައި އޮންނަ އަވަށުން ވަޅުލެވިފައި ވަނިކޮށް ފެނުނު މިސްކިތަކީ މުސްލިމުން ސްޕޭން ހިފުމުގެ އަހަރުތަކެއް ކުރިން ބިނާ ކޮށްފައި ހުރި މިސްކިތެކެވެ. އެހެންކަމުން މިމިސްކިތް ވެގެން ދާނީ މިހާތަނަށް ލިބެން ހުރި ތާރީޚީ މައުލޫމާތައް ބަލާއިރު ޔޫރަޕްގައި ބިނާ ކުރެވުނު އެންމެ ފުރަތަމަ މިސްކިތަށެވެ.

އާކިއޮލޮޖިސްޓުން ބުނާ ގޮތުގައި ސްޕޭން އިން ފެނިފައިވާ އަވަށުގެ އިތުރު ދިރާސާތައް ކުރުމުން ގިނަ މައުލޫމާތުތަކެއް ލިބިގެން ދާނެއެވެ. ހާއްސަކޮށް ޔޫރަޕްގައި މުސްލިމުން އުޅުނު ތާރީޚްތަކާއި، މުސްލިމުންގެ ދިރިއުޅުން ޔޫރަޕްގައި ފެށިގެން ދިޔަ ގޮތުގައި އާމައުލޫމާތުތަކެއް މިއަވަށުން ލިބިގެންދާނެ ކަމަށް އާކިއޮލޮޖިސްޓުން އުއްމީދު ކުރެއެވެ.

ސްޕޭން އިން ފެނިފައިވާ އަވަށުގެ އިތުރު ދިރާސާތަކެއް އަންނަ އަހަރު ކުރުމަށް މިހާރު ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބޯބުުރި

    ތިވެސް ރަނގަޅަކަށް ވީކަމެއް

    22
    2
    • ޢާލިމް

      އިން ޝާ ﷲ

      16
      2
  2. ރަންނަމާާރި

    މުސްލިމުންނޭ ތިޔަ ކިޔާބަޔަކު ތިބީ އަރަބި ގައުމުގައި. ސްޕޭނަށް ކަނޑިހިފައިގެން އެރީ ކީއްކުރަން. ފައްސާލީ ހަމަ ރަނގަޅަށް.

    3
    73
    • އފއ

      އަރަބި ގައުމޭ؟ ކެކެކެކެ. އެހެން ކިޔާ ގައުމެއް އޮވޭތަ؟ ތި ލެވެލްގެ ގަމާރެއްގެ ތިކަހަލަ ލޮޖިކް ހުރުމަކީ މައްސަލައެއް ނޫން.

      18
      1
  3. އަހުމަދު

    ސްޕެއިން އަނބުރާ ލިބެންދެން މުސްލިމުން އެބަޖެހޭ ހަނގުރާމަ ކުރަން.....700 އަހަރުގެ އިސްލާމީ ހަޟާރަތު ފޭރިގަތީ ކާފަރުން....

    42
    3
    • ގަމާރުމޯލްޑިވިއަންއަ

      އެޔަޮ

      2
      8
    • ގައުމު

      ސްޕެއިންގެ މުސްލިމުން މަރާހުސްކޮއް ކާފަރުން ބަޔަކު ވަޒަންވެރިވީ. އެއީ ޔޫރަޕްގަ މުސްލިމުންނަށް އިންސާނީ ހައްގާއި ހަމަޔާއި އިންސާފް ސާރވް ކޮއްދޭގޮތް

  4. ހަަލަ މެޑްރިޑް

    އޯ.. މަގޭ މެޑްރިޑް ދޯ.

    13
  5. ސަންތި

    ތިޔައީ، މުސްލިމުންގެ އަންދަލުސް.