18 އަހަރުގެ ޑޭނިއަލް ގްރޯގަން ޖޭ ސެވެލް އަށް އަނިޔާދީ މަރާލާފައިވަނީ އޭނާގެ އާއިލާގެ ބަޔާކާއި އެކު ޖޭ ދިރިއުޅޭގޭ ކައިރިއަށް ގޮސްފައެވެ.

އިރު އުތުރު ލަންޑަނުގައި މިހިނގި މާރާމާރީގައި ޖޭ ގެ ރަހްމަތްތެރިއަކަށްވެސް ވަނީ އަނިޔާތަކެއްދީފައެވެ. ޖޭ ސެވެލްގެގައިގެ އެތަންމިތަން ޒަޚަމްކޮށްލާފާވާއިރު އޭނާއަށް ވަނީ ބޭސްބޯލް ބެޓަކުންވެސް އަނިޔާތަކެއްދީފައެވެ.

ޖޭގެ ޕޯސްޓްމޯޓެމްގައި ހާމަވެފައިވާގޮތުގައި ޖޭގެ މެޔަށާއި ފަޔަށް ވަޅިން ވަރަށް ބޮޑެތި ހަމަލާތަކެއްވަނީ ދީފައެވެ. އަދި މެޔަށް ވަޅިޖަހާފައިވަނީ އޭނާގެ ހިތުގެ މައިނާރު ބުރިވާނެގޮތަކަށެވެ.

އޭނާ މަރުވީ މިސަބަބާއި ހުރެކަމަށްވަނީ ޕޯސްޓްމޯޓެމް އިންހާމަވެފައެވެ.

ކޯޓުގައި ކުރިއަށް ދިޔަ އަޑު އެހުމުގައި ބުނެފައިވާގޮތުގައި ގްރޯގަން ރުޅި އައީ އޭނާއާއި ރައްޓެހިވެގެން އުޅުނު ގެމާ ހޮޑަރ އޭނާ ދޫކޮށްލާފައި ދިއުމުން ކަމަށެވެ.

މީގެ ދެމަސް ކުރިން ގެމާ އޭނާއާއި ރުޅިވުމުން އޭނާވަނީ ޑިޕްރެޝަނަށް ގޮސްފައެވެ. އަދި ޖޭ ގެމާއާއި ރައްޓެހިވުމުން ގްރޯގަންގެ ރުޅިއިތުރަށް ގަދަވީކަމަށްވެސް އަޑުއެހުމުގައި ބުނެފައިވެއެވެ.

މި މައްސަލާގައި ތުހުމަތު ކުރެވެނީ ޑޭނިއަލްގެ އިތުރުން އެ އާއިލާގެ ފަސްމީހަކަށެވެ. ޑޭނިއަލްގެ އާއިލާމީހުން ވަނީ އެ ދަޢުވާއަށް އިންކާރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު