ކާޑޭޝިއަން އާއިލާގެ މެމްބަރުންގެ ތެރެއިން އެންމެ ހަގު ކައިލީ ޖެނާ ދިގު އިސްތަށިގަނޑު ގެންގުޅެން އުނދަގޫވެ އޭނަގެ ރީތި އިސްތަށިގަނޑު އެންމެފަހުން ކުރުކޮށްފިއެވެ.

ވިހެއުމަށް ފަހު ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކައިލީ ވަނީ ކުރު އިސްތަށިގަނޑަކާއި އެކު މަޝްހޫރު މީސް މީޑިއާގައި ސްނެޕެއް ކޮށްފައެވެ.ލ

ކައިލީ ގެ ސްނެޕް ސްޓޯރީއަށް ލާފައި ހުރި މި ފޮޓޯ އިން ފެންނަނީ ކުރިން ވަރަށް ދިގުކޮށް ހުރި އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައި ހުރި ތަނެވެ. އިސްތަށިގަނޑު ކުރުކުރަން މެދުވެރިވި ސަބަބެއް ކަމަށް ކައިލީ ބުނެފައިވަނީ ފުނާ އަޅަން އުނދަގޫ ވުމާއި ދަރިފުޅު ސްޓޯމީ އަށް ގިނަ ވަގުތު ހުސްކުރަން ދިގު އިސްތަށިގަނޑެއް ގެންގުޅުމުން އިސްތަށިގަނޑު ރީތި ކުރަން ގިނަވަގުތު ހޭދަވާތީ ކަމަށެވެ.

މި ވަގުތު ދަރިފުޅަށް ގިނަ ވަގުތު ހުސްކުރަމުންދާ އުމުރުން 20 އަހަރުގެ މަންމަ ކައިލީ ވަނީ ދަރުފުޅު ސްޓޯމީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދީފައެވެ. ސްޓޯމީގެ އުމުރަކީ މިހާރު 6 ހަފްތާއެވެ.

ކައިލީ ވިހާފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސެންޑައި ސިނައި އެލް އޭ ހޮސްޕިޓަލްގަ އެވެ. ކައިލީ ބަނޑުބޮޑުވެ ވިހާފައި ވަނީ މަޝްހޫރު ރެޕާ ޓްރާވިއާ ސްކޮޓްގެ ދަރިއަކަށެވެ. ކައިލީއާއި ސްކޮޓް ވަކިން އުޅޭތީ ގިނަ ބައެއް ސުވާލު އުފައްދާފައިވާއިރު މިކަމާއި އެދެމީހުން ކުރެ އެކަކުވެސް އަދި ވާހަކައެއް ނުދައްކައެވެ.

ދާދި ފަހުން މަޝްހޫރު ހޮލީވުޑްގެ ހަބަރުތަށް ގެނެސްދޭ އޮންލައިން މަޖައްލާ " ހޮލޯވުޑް ލައިފް" އާއި ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތަށް ބުނާގޮތުން ކައިލީ އާއި ކައިވެނިކުރަން އޭނަގެ މީހަރުގެ ލޯބިވެރިއާ އުމުރުން 25 އަހަރުގެ ރެޕަރ ޓްރެވިސް ސްކޮޓް ހުށައެޅުމުން ކައިލީވަނީ އެހުށައެޅުމަށް ނޫނެކޭ ބުނެފައެވެ.

ރިޕޯޓުތަށް ބުނާގޮތުން ކައިލީ ކައިވެނި ކުރަން ހުށައެޅި ހުށައެޅުމަށް ނޫނެކޭ ބުނީ ކައިލީ މިވަގުތު ބޭނުންވަނީ ކައިވެނިކުރުމަށް ވުރެން ބޮޑަށް އެހެން ކަންކަމަށް ވަގުތު ހުސްކުރަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަާއްޕެ

    ދެރަކަމެެއް އަހަރުމެނަްނައްކީތަ ކައި އަމިއްލަ ބޯ ބުރިކުރިއްޔާ

  2. ފަޒީ

    ތިޔަ މީހުންގެ ވާހަކަ މުސްލިމުންގެ ތެރޭގައި ނުފަތުރަމާތޯ ޕްލީޒް

  3. ވޭލްޝާރކް

    ކައިލީ ބޯ ބޭލިޔަސް އަހަރެމެނަކާ ވާ ކޮންކަމެއް...