ލޯބިވާ މީހެއް ކައިރީގައި ލޯބިވާކަން ހާމަކުރެވިދާނެއެވެ. އެހެން ނަމަވެސް އޭނާގެ ފަރާތުން އެންމެ އެދެވޭ ޖަވާބެއް ނުލިބުމަކީ މީހާ ވަރަށް ބޮޑަށް ހިތާމައިގެ ތެރެއަށް ވައްޓާލާ ވަރުގެ ކަމަކަށްވެސް ވެދާނެނޫން ހެއްޔެވެ؟.

ތިމާ އެހެން މީހުން ކައިރީގައި ލޯބިވާކަން ހާމަކޮށް އެހެން ނަމަވެސް އެންމެންގެ ފަރާތުންވެސް ނޫނެކޭ ބުނެފިނަމަ ދެން ވިސްނާލާށެވެ. އޭގައި ތިބާގެ ކުށްވެސް އޮވެދާނެއެވެ. އެހެންކަމުން އަބަދު މިފަދަ ކަންތައް ދިމާވާނަމަ، މިކަންކަމަށް ސަމާލުވުން މުހިންމެވެ.

24 ގަޑިއިރު، އޭނާއަށްޓަކައި ހުރުން

މިއީ އާއްމުކޮށް ދިމާވާ ކަމަކެވެ.މީހަކަށްތަކައި އަބަދު 24 ގަޑިއިރު ހުސްވެ ހުރުމަކީ ތިމާއަށް ކުރެވޭނެ ވަަރަށް ބޮޑު ކުށެކެވެ. އަދި އެމީހަކަށް އަބަދު މެސެޖްކޮށް ހަދާއިރު، އެެ މީހާއަށްވެސް އޭނާއަށްޓަކައި ވަރަށް ބޮޑަށް ވަގުތުހުސްކުރާކަން އެންގުމުން ތިމާގެ ނާޖާއިޒް ފައިދާ އޭނާ ނަގާނީއެވެ. އޭނާ ތިމާ ލޯބިވެރިއެއްގެ ގޮތުގައި ބޭނުން ނުވާނެއެވެ. ބޭނުންވާނީ އޭނާޣެ ބޮންދެއްގެ ގޮތުގައެވެ.

އެއްވެސް ކަމަކާ ނުލާ އޭނާއަށް ހަދިޔާ ދިނުން

މިއީ އާއްމުކޮށް ބައެއް މީހުން ކުރާ ކަމެކެވެ. އެއީ އޭނާ ލޯބިވާކަން ހާމަކޮށްދޭން ކުރާކަމެއް ނަމަވެސް އެކަން އަގުވަޒަން ނުކުރާ މީހަކަށް ތި ކަންކަން ކޮށްދިނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟. ދެ މީހުންގެ ގުޅުމެއް ނެތި އެގޮތަށް އަބަދު ތަކެތި ފޮނުވާނަމަ އެ މީހާއަށް ހީވެފައި އޮންނާނީ ތިމާއަށް އަބަދުވެސް އެ ތަކެތި ލިބޭނެ ކަ މެވެ. އެހެންކަމުން ތިމާ އެހާ ބޮޑަށް ހާއްސަ ކުރަންވީ އިތުރު ސަބަބެއް އޭނާއަށް ނުފެންނާއެވެ. ހަމަ ނަގާނީ އެ ގުޅުމުގެ ނާޖާއިޒް ފައިދާއެވެ.

ތަފާތު ލޯބީގެ ނަންނަމުން ގޮވުން

ތިމާ ވަރަށް ބޮޑަށް ކަމުދާ މީހަކު އެންމެ ބޮޑަށް ހާއްސަވާ ހިސާބަށް ދިޔުމުން ތިމާ އެ މީހަކާއި ދިމާލަށް ތަފާތު ހާއްސަ ނަންމުން ގޮވާނެއެވެ.އަދި އޭނާއަށް ތައުރީފްކޮށް ހަދާނަމަ، އޭނާ ތިމާއަށް ދޭނީ ގާތް ރަހުމަތްތެރިއެއްގެ މަގާމްކަމަށް ވަނީ، ތިމާ މިކަންކަން ކުރުމުގެ ކުރިން އޭނާ ގާތު ރައްޓެހިވުމަށް އަހާފައިނުވުންނެވެ. އެއީ އޭނާއަށް ހީވެފައި އޮންނަ ރަހުމަތްތެރިކަމުގެ ގުޅުމުގައިވެސް ތިމާ އޭނާއަށް އެހާ ރަނގަޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަހިތަށް އަރާ މިކިޔައިގެން މީހެއްގެ ދިރިއުޅުން ބަދަލު ވެދާނެބާއޭ

    މަހިތަށް އަރާ މިކިޔައިގެން މީހެއްގެ ދިރިއުޅުން ބަދަލު ވެދާނެބާއޭ

    • މީ

      ކާކުބާ؟؟؟