23:45

ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް އެއްގަމު މަގުން އެރުމަށް ތައްޔާރަށް ތިބި ކަމަށާއި މިހާރު އިންތިޒާރު ކުރަމުންދަނީ އިސްރާއީލުގެ ސަރުކާރުގެ ކެބިނެޓްގެ ފެހި ސިގްނަލަށް ކަމަށް ޔަހޫދީންގެ އަސްކަރިއްޔާ އިން ބުނެފި.

23:37

ލުބުނާނާއި އިސްރާއީލުގެ ސަރަހައްދީ އިމުގައި ހަމަލާތައް ބަދަލުކުރަމުން ދާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފި

23:31

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލަށާއި ރަޝިއާ އާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޔޫކުރޭނުގެ އަސްކަރިއްޔާ އަށް އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ދޭން އެމެރިކާގެ ސަރުކާރުން ފާސްކުރުމާއި ގުޅިގެން އެމެރިކާގެ ހަތިޔާރު އުފައްދާ ބޮޑެތި ކުންފުނިތަކަށް ބިލިއަނުން ފައިދާ ވާނެ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފި

23:24

ޔަހޫދީންގެ އަނިޔާވެރި ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލަން އެއްބަސްވާނަމަ އަސީރުން ދޫކޮށްލަން ތައްޔާރަށް ތިބި ކަމަށް ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތުން ބުނެފި

22:19

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި ހަމަލާތަކާއި ދެކޮޅަށް އެމެރިކާގައި މުޒާހަރާ ކުރި 100 އަށް ވުރެ ގިނަ ދަރިވަރުން ހައްޔަރު ކޮށްފި

21:04

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާއިން ފަލަސްތީނުގެ 80،000 އާއި 100،000 އާ ދެމެދުގެ އަދަދަކަށް ފަލަސްތީނު މީހުން މިސްރަށް އެތެރެވެފައިވާ ކަަމަށް ރިޕޯޓްގައި ބުނެފި.

ރަފަހް ބޯޑަރު ހުރަސްކުރުމަކީ ސީދާ އިސްރާއީލު ސިފައިންގެ ބާރުގެ ދަށުގައި ނުވާ ޣައްޒާއަށް ވަދެ ނިކުމެވޭ ހަމައެކަނި ޕޮއިންޓް.

21:02

ތެޔޮ ނުލިބުމުގެ ސަބަބުން ހޮސްޕިޓަލްތަކުގައި ގާއިމްކޮށްފައިވާ ޖަނަރޭޓަރުތައް މަސައްކަތް ކުރުން ހުއްޓިދާނެ ކަމުގެ އިންޒާރު ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން އިންޒާރު ދީފި

20:02

ވަސީލަތްތައް މަދުވުމާއި ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލާތަކުގެ ސަބަބުން އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަތައް ތަހުގީގު ކުރުމަށް ކުރާ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްގެ ސީނިއާ އެޑްވައިޒަރު ރޮވޭރާ ވިދާޅުވެއްޖެ.

20:02

އިސްރާއީލުން ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގޮވާލާ ގޮވާލުން ހަމާސް އިން ތަކުރާރުކޮށްފައި ވަނީ އެތަނުގައި ބަންދުކޮށްފައި ތިބި މީހުން ދޫކޮށްލުމުގެ އެއްބަސްވުމުގެ ދަށުން ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފި.

19:58

ޣައްޒާގައި އުފެދިފައިވާ ނުތަނަވަސްކަން ނިމުމަކަށް ގެނައުމުގެ މަގެއްގެ ގޮތުން އެމެރިކާ އާއި އިތުރު 17 ގައުމަކުން ހަމާސް އަށް ގައިދީން ދޫކޮށްލުމަށް އިލްތިމާސްކޮށްފި.

19:56

މެދުއިރުމަތީގެ އިންސާނީ މައްސަލަތަކަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އާ ހާއްސަ މަންދޫބެއް ކަނޑައަޅައިފި

ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ އަލަށް އައްޔަން ކުރި މަންދޫބަކީ ލިސޭ ގްރާންޑޭ ކަމަށް.

ޑޭވިޑް ސެޓާފީލްޑްގެ ބަދަލުގައި ކުޅެން ހަމަޖެހިފައިވާ ގްރާންޑޭ އަކީ މިހާރު މިނިވަން ޔޫއެސް އިންސްޓިޓިއުޓް އޮފް ޕީސްގެ ވެރިޔާ.

އދ.ގައި ހޭދަކުރެއްވި 25 އަހަރުގެ ތެރޭގައި ޔަމަނާއި އިރާގާއި ދެކުނު ސޫދާނުގައި އެހީގެ އޮޕަރޭޝަންތައް ހިންގުން އޭނާގެ މަސައްކަތްތައް ހިމެނޭ.

 

18:05

ޣައްޒާގެ ދެކުނުގައި އިސްރާއީލުން ދިން ހަމަލާއެއްގައި ބެލްޖިއަމްގެ ޑިވެލޮޕްމަންޓް އެޖެންސީ އެނަބެލްގެ މުވައްޒަފަކާއި އޭނާގެ ދަރިފުޅު މަރުވުމާއި ގުޅިގެން ބޭރުގެ މިނިސްޓަރު ހަދްޖާ ލަހްބީބުގެ އަރިހަށް އިސްރާއީލުގެ ސަފީރު ހާޒިރުކޮށްފި.

 

18:03

ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) ގެ ޑޮކްޓަރުން ވަނީ ޣައްޒާގެ މެދުތެރޭގެ ބުރެއިޖް ރެފިއުޖީ ކޭމްޕް ކައިރީގައި ހަމަލާއެއް ދިން ތަނަށް ރައްދު ދީފައި.

ޕީއާރުސީއެސްގެ ރެސްޕޮންޑަރުން ވަނީ ހަމަލާތަކުގައި ޝަހީދުވި އެކަކުގެ ހަށިގަނޑު ހޯދައި، ޒަހަމްވި އިތުރު މީހަކަށް ފަރުވާ ދިނުމަށް ގެންގޮސްފައި ކަމަށް އެ ޖަމިއްޔާއިން ބުނޭ.

18:02

ފަލަސްތީނު އޮތޯރިޓީއާ ގުޅުން ކަނޑާލަން އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ގޮވާލައްވައިފި

ބެޒަލޭލް ސްމޮޓްރިޗް ބުނީ ފަލަސްތީނުގެ ދައުލަތެއްގެ ދަރަޖަ އދއިން ރަސްމީކޮށް ބަލައިގެންފިނަމަ ނުވަތަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އިސްރާއީލުގެ އިސް ވެރިން ހައްޔަރުކުރުމުގެ އަމުރެއް ނެރެފިނަމަ އިސްރާއީލުން ފަލަސްތީނު އޮތޯރިޓީ (ޕީއޭ) ފުނޑުފުނޑުކޮށް، އެ އޮތޯރިޓީއަށް ދޭ ފައިސާ ހިފަހައްޓަން ޖެހޭ ކަމަށް.

 

 

17:09

އެމެރިކާގެ ހަތިޔާރު އުފައްދާ އެންމެ ބޮޑު ދެ ކުންފުނި ކަމަށްވާ ލޮކްހީޑް މާޓިން އާއި އާރްޓީއެކްސް އިން ވިއްކުމަށް ބޮޑު ކުރިއެރުމެއް ހޯދަމުން ދަނީ ޔޫކްރެއިން އާއި އިސްރާއީލަށް ފޮނުވުމަށް އެމެރިކާއިން އިތުރު އަގުބޮޑު އަސްކަރީ އާލާތްތަކަށް އެދުމުން ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

17:08

ޣައްޒާގެ ތެރޭގައި ބާކީ ތިބި ގައިދީން މިނިވަން ކުރުމަށް އޮތް ހަމައެކަނި ގޮތަކީ އަސްކަރީ އަދި ސިޔާސީ ޕްރެޝަރު ކަމަށް އިސްރާއީލު ސަރުކާރުން ބުނެފި.

ނަމަވެސް ބަންދުގައި ތިބި މީހުންގެ އާއިލާތައް އެތައް މަހެއް ވަންދެން ކުރަމުން އަންނަ މުޒާހަރާ ހަރަކާތުން ބުނަނީ ސަރުކާރުން އާ އެއްބަސްވުމަކަށް ދާން ޖެހޭ ކަމަށް.

14:19

އިސްރާއީލްގެ އަނިޔާވެރި ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުކޮށްލި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 34،305 އަށް އަރައިފި.

14:14

އިސްރާއީލާއި ލުބުނާންގެ ހިޒްބުﷲ ޖަމާއަތާ ދެމެދު ދެމުން އަންނަ ހަމަލާތައް މި ފަހުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އަލް-ޖަޒީރާގެ ނޫސްވެރިޔާ ބުނެފި. އިސްރާއީލުން އިއްޔެ އެކަނި ވެސް ހިޒްބުﷲ ގެ 40 އަމާޒަކަށް ހަމަލާ ދީފައިވާ ކަމަށްވޭ.

އޭގެ އިތުރުން ހިޒްބުﷲ އިން ވެސް ދަނީ އިސްރާއީލަށް އަމާޒުކޮށް ރޮކެޓް ހަމަލާތައް ދެމުން.

14:11

އިސްރާއީލުން ނުސެއިރާތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި ފަލަސްތީނުގެ ރައްޔިތުންތަކެއް ޝަހީދުކޮށްލައި އިތުރު ބަޔަކު ޒަހަމްކޮށްލައިފި. ހަމަ އެވަގުތު އިސްރާއީލުން ބުރެއިޖު ރެފިއުޖީ ކޭމްޕަށް ބޮން އަޅައި ފަލަސްތީނުގެ ރައްޔިތުންތަކެއް ޒަހަމްކޮށްލާފައިވޭ. މި ހަމަލާތަކުގެ ތަފްސީލްތަކެއް އަދި ނުލިބޭ.

12:28

ފަލަސްތީނުގެ ހާން ޔޫނުސްގައި ހުންނަ ނާސިރު މެޑިކަލް ކޮމްޕްލެކްސްގެ ތެރެއިން ފެނުނު ކަށްވަޅުގައި 324 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފަލަސްތީނުގެ ސިވިލް ޑިފެންސް ޓީމުން މިއަދު ބުނެފި.

11:54

އިސްރާއީލްގެ 430 ރައްޔިތުން އަލް-އަގުސާ މިސްކިތުގެ ތެރެއަށް ވަދެގެން ވީޑިއޯތަކެއް އާންމުވެއްޖެ. އެމީހުން ހިނގާފައި ގޮސް ވަދެފައި ވަނީ އަލް-އަގުސާ މިސްކިތް ކައިރިއަށް. އެމީހުން އެ ތަނަށް ވަދެގެން ދިޔައީ އިސްރާއީލްގެ ސަލާމަތީ ބާރުތަކުގެ ފުރިހަމަ ހިމާޔަތުގެ ދަށުން.

11:48

އިސްރާއީލުން ހާން ޔޫނުސްގައި ހުރި ގެއަކަށް ބޮން އަޅައިފި. ރިޕޯޓުތައް ބުނާ ގޮތުގައި އެ ގެއަށް ބޮން އެޅީ ފަލަސްތީނުގެ އާއިލާއެއް އެ ގޭގައި ތިއްބާ. މި ހަމަލާގައި ޒަހަމްވި މީހުންނާއި ޝަހީދުވި މީހުންގެ އަދަދު ސާފެއް ނޫން.

 

11:41

އެމެރިކާގެ ލޮސް އެންޖަލިސް ޑިޕާޓްމަންޓް (އެލްއޭޕީޑީ) އިން ބުނެފައިވާ ގޮތުގައި ޔުނިވަސިޓީގައި ކުރިއަށްދާ މުޒާހަރާ އާ ގުޅިގެން 94 މީހުން ވަނީ ހައްޔަރުކޮށްފައި. އޭގެ ތެރެއިން 93 މީހުން ހައްޔަރުކޮށްފައި ވަނީ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި، އެކަކު ހައްޔަރު ކުރީ ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ތުހުމަތުގައި.

11:36

ޣައްޒާގެ ނާސިރް ހޮސްޕިޓަލް ކައިރިން ފެނުނު ކައްވަޅުގައި 324 މީހެއްގެ ހަށިގަނޑުވާ ކަމަށް ފަލަސްތީނުގެ ސިވިލް ޑިފެންސް ޓީމުތަކުން ބުނެފި. ސިވިލް ޑިފެންސް ޓީމުން ބުނެފައިވަނީ އެ ކައްވަޅުގެ ތެރެެއިން އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުން ފެނިފައިވާ ކަމަށް.

މިހާތަނަށް އައިއިރު ދެނެގަނެވިފައި ވަނީ ވަރަށް މަދު މީހެއްގެ ހަށިގަނޑު ކަމަށް ވެސް ސިވިލް ޑިފެންސް ޓީމުން ބުނެފައިވޭ.

11:34

އެމެރިކާގެ ބޯޓަކަށް އަމާޒުކޮށް ޔަމަންގެ ހޫތީ ހަނގުރާމަވެރިން ފޮނުވާލި މިސައިލެއް ވައްޓާލާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފި.

 

10:20

އިސްރާއީލްގެ ޣައްޒާ އަށް އަރައިގަތް ސިފައިން ޣައްޒާގެ މެދުތެރެއަށާއި އުތުރުގައި ރެއިޑްތަކެއް ހިންގައި ވަނީ ހަމަލާދީފައި.

10:16

އިސްރާއީލުން ރަފަހަށް ދިން ބޮމުގެ ހަމަލާގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު ވަނީ ފަހަކަށް އަރާފައި. މި ހަމަލާގައި ޝަހީދުވެފައި ވަނީ ޖަމާލް އާއިލާއަށް ނިސްބަތްވާ ބަޔަކު ކަމަށް ފަލަސްތީނުގެ ނިއުސް އެޖެންސީއެއް ކަމަށްވާ ވަފާ އިން ވަނީ ރިޕޯޓުކޮށްފައި.

މި ހަމަލާގައި ޒަހަމްވި މީހުންނާއި ޝަހީދުވި މީހުން ވަނީ އަބޫ ޔޫސުފް އަލް-ނަޖަރް ހޮސްޕިޓަލަށް ގެންގޮސްފައި.

ރިޕޯޓުތައް ބުނާ ގޮތުގައި ރަފަހުގައި މިހާރު އުޅޭ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 1.5 މިލިއަނަށް އަރާ.

10:02

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު ވަނީ 34،262 އަށް އަރާފައި. މި ހަމަލާތަކުގައި ޝަހީދުވި ކުޑަކުދިންގެ އަދަދު 14،500 އަށް ވުރެ މައްޗަށް އަރާ. އަދި 8،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވޭ.

އިސްރާއީލްގެ ހަމަލާތަކުގައި 77،229 މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވޭ.

09:56

އިސްރާއީލްގެ އަސްކަރިއްޔާގެ ޖެޓްތައް ބޭނުންކޮށްގެން ލުބުނާންގެ ދެކުނުގެ ސަރަހައްދުތަކަށް ބޮން އަޅައިފި.

09:00

އިސްރާއީލުން ރަފަހުގައި ހުރި އާންމުންގެ އިމާރާތަކަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ ފަސް ރައްޔިތުން ޝަހީދުކޮށްލައިފި.

******************

ފަލަސްތީނުގެ ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ އަށް 202 ދުވަސްވެފައިވާ އިރު، ޣައްޒާގެ ދެކުނުގައި އޮންނަ ހާން ޔޫނުސް ސިޓީން ހޯދި ކައްވަޅުން މިހާތަނަށް އައިއިރު 300 މީހެއްގެ ހަށިގަނޑު ވަނީ ހޯދައިފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި އެންމެންނަކީ ވެސް ފަލަސްތީނުގެ ރައްޔިތުންނެވެ.

ބައެއް މީހުން ކަނު ބަނދެފައި ނޫނީ ދެ އަތް ފުރަގަހަށް ބަނުމަށް ފަހުގައި ހުރިއިރު، ބައެއް ހަށިގަނޑުތަކުން ބޮޑެތި ޒަހަމްތަކެއް ވެސް ފެންނަން ހުއްޓެވެ. މި ކައްވަޅު ފެނުމާ ގުޅިގެން ބައިނަލްއަގުވާމީ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ތަހުގީގެއް ހިންގުމަށް އެދިފައެވެ.

މި ތަހުގީގު ހިންގުމަށް އެދުނު އެއް ބަޔަކީ އދ. އެވެ. އދ. ގެ މި ގޮވާލުމަށް ޔޫރަޕިއަން ޔޫނިއަން އިން ވަނީ ތާއީދުކޮށްފައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމާއި އެއާ ގުޅިގެން ހިނގާ ކަންކަމެވެ.