އިސްރާއީލްގެ އަނިޔާވެރި ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުކޮށްލި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 34،305 އަށް އަރައިފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 އިން ފެށިގެން މިހާތަނަށް އައިއިރު ފަލަސްތީނުގެ 34،305 ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އިސްރާއީލްގެ "ވަކިތަކުގެ" ދަށުވެގެން މިހާތަނަށް އައިއިރު، 77،293 މީހުން ވަނީ ޒަހަމްވެފައެވެ.

ޝަހީދުވި ރައްޔިތުންގެ ތެރޭގައި މިދިޔަ 24 ގަޑިއިރު ޝަހީދުވި 43 މީހުން ހިމެނެއެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ގިނަ އިން ޝަހީދުވެފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ތެރޭގައި 14،500 އަށް ވުރެ ގިނަ ކުޑަކުދިންނާއި 9،500 އަށް ވުރެ ގިނަ އަންހެނުން ހިމެނެއެވެ. އަދި އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުންގެ އަދަދު 8،000 އަށް ވުރެ މައްޗަށެވެ.

އެހެންވެ، ޣައްޒާގައި ކުރިއަށްދާ ގަތުލުއާންމުގައި ޝަހީދުކޮށްލި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު މިހާރު 40،000 އާ ގާތެވެ.

އިތުރު ތަފްސީލް އަންނަނީ...