23:52

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ކުރަމުން އަންނަ ހަނގުރާމަ ނިމިއްޖެ ކަމަށާއި މިހާރު ކުރިއަށް ދަނީ މާރާމާރީ ކަމަށް އިސްރާއީލް އަސްކަރިއްޔާގެ ކުރީގެ އިންޓެލިޖެންސްގެ ވެރިޔާ އާމޮސް ޔަދްލިން ބުނެފި

 

23:41

ނިރުބަވެރި އިސްރާއީލުގެ އޮފިސަރަކު ފަލަސްތީނުގެ ކުޑަކުއްޖަކު އަތުލައިގެން، އެކުއްޖާއަށް އަނިޔާ ކުރާ މަންޒަރު.

 

22:18

ފަލަސްތީނުގެ ޚާން ޔޫނިސްގައި ހުންނަ އަލް-އަމަލް ހޮސްޕިޓަލުގައި ފަރުވާ ދެވެމުން އަންނަނީ ހަމަ ކުރިޔާ ކަމަށް ރެޑް ކްރެސެންޓުން ބުނެފި.

22:09

ނިރުބަވެރި އިސްރާއީލުން ހުޅަނގު އައްސޭރީގައި ކުރިއަށް ގެންދިޔަ ރެއިޑުގެ ތެރެއިން ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށްލައިފި. މި ރެއިޑުގެ ތެރެއިން އިސްރާއީލުގެ އޮފިސަރަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ވެފަ.

22:06

ނިރުބަވެރި އިސްރާއީލުން ލުބުނާނުގެ ދެކުނަށް ހަމަލާދީފި. ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރިންގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ހިޒްބުﷲގެ އަމާޒުތަކަށް.

22:05

އާންމުވެފައިވާ ވީޑިއޯއިން ފެނިގެން ދަނީ ޣައްޒާގެ އިންޑޮނޭޝިއަން ހޮސްޕިޓަލް ތެރޭގައި ނިރުބަވެރިން ޝަހީދުކޮށްލި މީހުންގެ ހަށިތަކާއި އެސަރަހައްދުގައި ނިރުބަވެރިން ބަޑި ޖަހަމުން އަންނަ އަޑު.

 

21:50

ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުން ފަލަސްތީނު މީހެއްގެ ކަރު ބުރިކޮށްލައިފި

 

21:35

ބާލިންގައި ފަލަސްތީނުގެ ދިފާއުގައި ކުރިއަށް ގެންދިޔަ މުޒާހަރާ

21:34

ނިރުބަވެރި އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ތުލްކަރީމްއަށް ދިން ހަމަލާގައި ފަލަސްތީނުގެ މީހަކަށް ސީރިއަސް ޒަހަމްތަކެއް ވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި. ރިޕޯޓްތަކުން ބުނާ ގޮތުގައި އޭނާއަށް މިވަގުތު ފަރުވާ ދެމުން އަންނަ ތުލްކަރިމްގައި ހުންނަ ސަރުކާރު ހޮސްޕިޓަލުގައި.

20:06

ޚާން ޔޫނުސް ކައިރީގައި ހުރި މިސްކިތަކަށް ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ހަމަލާދީފި

މި ވަގުތު ޣައްޒާގައި ހަރަކާތްތެރިވަމުންދާ އަލްޖަޒީރާ އަރަބިކްގެ ނޫސްވެރިން ބުނާ ގޮތުގައި ޚާން ޔޫނުސްގެ އިރުމަތީގައި އޮންނަ ފުޚާރީ އަވަށުގެ މިސްކިތަކަށް އިސްރާއީލު ސިފައިން ވަނީ ހަމަލާދީފަ.

މީގެ އިތުރުން ޣައްޒާގެ މެދުތެރޭގެ އަލް މުޣުރާޤާ އާއި އަޒް ޒަހްރާ އަވަށްތަކަށްވެސް އިސްރާއީލުގެ އާޓިލަރީގެ ހަމަލާތައް އަމާޒުވެފައިވާކަމަށް ރިޕޯޓުތައް ބުނޭ.

މި ހަމަލާތަކުގެ ސަބަބުން މީހުން މަރުވި ކަމެއް އަދި ސާފެއް ނުވޭ.

19:58

ޣައްޒާގެ އުތުރުގައި ބޮޑު ކާރިސާއެއް އެބަ އުފެދޭ ކަމަށާއި މިއީ އަވަސް ހައްލެއް ބޭނުންވާ ކަމެއް ކަމަށް އދ އިން ބުނެފި

އިސްރާއީލުން އެހީގެ ޓްރަކްތަކަށް އެތެރެވުން ގިނަ ދުވަސްތަކެއް ވަންދެން ހުއްޓުވާފައިވާ ޣައްޒާގެ އުތުރު މިހާރު އޮތީ ބަނޑުހައިހޫނުކަމުގެ ތެރޭގައި ކަމަށް އދ އިން ބުނެފި

އދގެ ވޯލްޑް ފުޑް ޕްރޮގްރާމްގެ ވެރިޔާ ސިންޑީ މެކޭން ވިދާޅުވި ގޮތުގައި ޣައްޒާގެ އުތުރުގައި ވަނީ ބަނޑުހައިހޫނުކަމެއް އުފެދިފަ އެވެ. "އަޅުގަނޑުމެން އަބަދުވެސް އެދެނީ ހަނގުރާމަ ހުއްޓާލުމަށާއި، ޣައްޒާއަށް ވަނުމަށް ރައްކާތެރި ކަމާއި ހުއްޓުމެއް ނެތި އެހީވެއްދުމުގެ ހުއްދަ "

19:57

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ މިސްކިތަކަށް ހަމަލާދީފި

 

18:40

ނިރުބަވެރި އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޑިއާ އަލް-ޣުސުންގައި ކުރިއަށް ގެންދިޔަ ރެއިޑުގައި ގިނަ ބަޔަކު ޝަހީދުކޮށްލައި، އެތަކެއް ބަޔަކު ވަނީ ހައްޔަރު ކޮށްފަ.

18:37

ފާއިތުވި 24 ގަޑިއިރު ފަލަސްތީނުގެ ޣައްޒާއިން 30 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފި

 

18:29

ފަހުގެ މައުލޫމާތު:

  • ހަމާސްގެ އިސް ތަރުޖަމާނު އުސާމާ ހަމްދާން ވިދާޅުވީ ގަތަރާއި މިސްރުގެ މެދުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށާއި، ގަތަރުގެ ވަފުދު ގާހިރާއަށް ދަނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގެ އެންމެ ފަހުގެ ބުރުގައި ކަމަށް. ހަމްދާން ވިދާޅުވީ މަޝްވަރާ ކުރެވުނު "މައިގަނޑު އެއް ކަމަކީ" ނަތަންޔާހޫ ރަފާއަށް އަރައިގަންނާނެ ކަމުގެ އިންޒާރު ދިނުން ކަމަށް
  • އިސްރާއީލުގެ އޮފިޝަލަކާ ހަވާލާދީ އިސްރާއީލުގެ ނޫހެއް ކަމަށްވާ ހާރެޓްޒް އިން ބުނީ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ 1.5 މިލިއަން މީހުންނަށް ހިޔާވަހިކަން ދޭ ރަފާއަށް އަރައިގަތުމަށް އިސްރާއީލުން އަޒުމް ކަނޑައެޅިފައިވާ ކަމަށް
  • ޚިޔާލުތަފާތުވުންތައް ކުޑަކުރުމަށް މެދުވެރިން ދަނީ މަސައްކަތްކުރަމުން: އިސްރާއީލުން ބޭނުންވަނީ ވަގުތީ ހަނގުރާމައިގެ ބަދަލުގައި ޣައްޒާގައި ބަންދުކޮށްފައިވާ މީހުން އަނބުރާ ގައުމަށް ގެނައުމަށް. ހަމާސް އިން އެދެނީ ފަލަސްތީނުގެ 34،654 މީހުން ޝަހީދުކޮށްލި ހަނގުރާމަ ދާއިމީ ނިމުމަކަށް ގެނައުމަށް.

 

18:00

އިސްރާއީލާއި ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީސީ) އިން މައްސަލައެއް ބެލުމަށް ތުރުކީގެ ޖަސްޓިސް މިނިސްޓަރ ގޮވާލައިފި.

17:52

ގަތަރާއި މިސްރުގެ ޓީމުތަކުން ދަނީ ސުލްހައިގެ އެއްބަސްވުމެއްގެ ތަފްސީލް ހޯދުމުގެ މަސައްކަތް ކުރަމުން: މަސްދަރުތައް

މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާކަން މަސްދަރުތަކުން ކަށަވަރުކޮށްދީފައިވާއިރު ގަތަރުގެ ޓެކްނިކަލް ޓީމަކުން ދަނީ މިސްރުގެ އޮފިޝާލުން އެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އޮތް ގޮތުގެ ތަފްސީލްތައް ހޯދަމުން

މި އެއްބަސްވުމުގައި ފިޔަވަހިތަކެއް ހިމެނޭއިރު، އެ މަރުހަލާތަކުގެ ތަފްސީލުތައް ޕިން ކުރަން މަސައްކަތް ކުރާނެ ނަމަވެސް ހަމާސް އިން ވަނީ އެ އެއްބަސްވުން ތަންފީޒު ކުރުމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެފަ

17:32

އިސްރާއީލުގެ ޖަލެއްގައި ފަލަސްތީނުގެ ޑޮކްޓަރަކު ޝަހީދުކޮށްލުންް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ކުށްވެރިކޮށްފި.

15:56

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އިސްރާއީލުން އެއްބަސް ނުވާނެ ކަމަށާއި، ރަފަހަށް އަސްކަރިއްޔާއިން ވަނުމަށް ރާވާފައިވާ ގޮތަށް އަމަލުކުރާނެ ކަމަށް އިސްރާއީލުގެ ނޫސް މީޑިއާތަކުން ރިޕޯޓްކޮށްފި.

"ޕަބްލިކޭޝަންތަކާ ހިލާފަށް، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އިސްރާއީލުން އެއްބަސް ނުވާނެ - [އިސްރާއީލުގެ އަސްކަރިއްޔާ] ރަފަހް ވަންނާނީ އަހަރެމެންގެ ބަންދުކޮށްފައިވާ މީހުން ދޫކޮށްލުމަށް ޓަކައި އެއްބަސްވުމަކަށް އާދެވުނަސް ނުވަތަ ނުވިޔަސް،" "ސިޔާސީ މަސްދަރަކާ" ހަވާލާދީ އިސްރާއީލުގެ އާމީ ރޭޑިއޯއިން އެކްސްގައި ބުނެފައިވޭ.

14:12

ޣައްޒާގެ ދެކުނުގެ ޚާން ޔުނިސްގެ އަމާޒުތަކަށް އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ހަމަލާދީފައި ވަނީ ހުކުރު ދުވަހު ޔަހޫދީންގެ އާބާދީއެއް ކަމަށްވާ އީން ހަޝްލޯޝާއާ ދިމާލަށް ރޮކެޓް ހަމަލާއެއް ދިނުމުން ކަމަށް އަސްކަރިއްޔާއިން ބުނެފި.

އިސްރާއީލުގެ އަސްކަރިއްޔާއިން އެކްސްގައި ނެރުނު ބަޔާނެއްގައި ބުނީ ރޮކެޓް ވެއްޓުނީ އިޒްރޭލާއި ޣައްޒާއާ ދެމެދު އޮންނަ ބޯޑަރު ފެންސް ކައިރީގައި އޮންނަ ސަރަހައްދަކަށް ކަމަށް.

 

14:10

ފްރާންސަށް ވަނުމުގެ ފުރުސަތު ދީފައި ނުވާ ކަމަށާއި އެތަނުގައި އޭނާ ސެނެޓްގައި ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މަޝްހޫރު ޕްލާސްޓިކް ސާޖަން އަދި މަޝްހޫރު ގްލާސްގޯ ޔުނިވާސިޓީގެ ރެކްޓާ ޣައްސާން އަބޫ ސިއްޓާ ވިދާޅުވެއްޖެ.

"އަހަރެން މި ހުރީ ޗާލްސް ޑި ގޯލް އެއާޕޯޓުގައި. ފްރާންސަށް ވަނުމަށް އެމީހުން ހުރަސް އަޅާ. އަހަރެން މިއަދު ފްރާންސްގެ ސެނެޓްގައި ވާހަކަ ދައްކާ ގޮތަށް ހަމަޖެހިފައި އޮތް. އެމީހުން ބުނަނީ ޖަރުމަނުން އަހަރެން ޔޫރަޕަށް އެތެރެވުން އެއް އަހަރު ދުވަހަށް މަނާކޮށްފައިވާ ކަމަށް،". އެކްސްގައި އޭނާ ލިޔެފައިވޭ.

14:08

އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން އޮސްޓިންގެ ޔުނިވާސިޓީ އޮފް ޓެކްސަސްގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި އެތައް ސަތޭކަ ދަރިވަރުންނެއް ބައިވެރިވެއްޖެ.

12:59

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އުތުރުން އޮންނަ ދީރް އަލް ގުސުން އަވަށަށް އިސްރާއީލުން ދިން ހަމަލާތައް ކަވަރުކުރާ ނޫސްވެރިންތަކެއް އިސްރާއީލުގެ ބާރުގެ ސިފައިން ވަށާލައިފި.

12:35

ގަތަރުގެ ވަފުދެއް ހޮނިހިރު ދުވަހު ގާހިރާއަށް ދަނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ބާއްވާ މަޝްވަރާތަކުގައި ބައިވެރިވުމަށް ކަމަށް އަލްޖަޒީރާއިން ބުނެފި.

12:34

ފަލަސްތީނުގެ ދިދަހިފައިގެން މުޒާހަރާކުރި މީހުން ޔުނިވާސިޓީ އޮފް މިޝިގަންގެ ސްކޫލް އޮފް މިއުޒިކް، ތިއޭޓާ އެންޑް ޑާންސް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތަށް ހުރަސް އަޅައިފި.

12:32

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެމެރިކާގެ ކޮންގްރެސް ވުމަން އިލްހާން އުމަރު ފަލަސްތީނުގެ ވާހަކަތައް މުޅި ދުނިޔެއާ ހިއްސާކުރުމަށް ޣައްޒާގައި ތިބި "ހިތްވަރުގަދަ" ނޫސްވެރިންނަށް ތައުރީފް ކުރައްވައިފި.

އުމަރު ވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން "ޣައްޒާގައި ޝަހީދުކޮށްލި ނޫސްވެރިންގެ ރެކޯޑް އަދަދު" ހަނދާން ކުރުމަށް ވެސް ގޮވާލައްވާފައި.

 

11:54

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށްވާ ނަބްލުސްގެ ހުޅަނގު އުތުރުގައި އޮންނަ ސެބެސްޓިއާ އަވަށުން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެފި.

ސެބެސްޓިއާގެ މޭޔަރު މުހައްމަދު އަޒޭމް ވަފާއަށް ވިދާޅުވީ އިސްރާއީލު ސިފައިން ފަތިހު އެ އަވަށަށް ވަދެ ގިނަ ގެތަކެއް ބަލައި ފާސްކޮށްފައިވާ ކަމަށް.

10:45

ފަލަސްތީނުގެ ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފަހްއަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަދެއްޖެނަމަ ލޭއޮހޮރުވުމުގެ ފުރުސަތު ބޮޑު ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިން ދީފި

09:59

ހަމާސްގެ ވަފުދެއް މިސްރަށް ވަޑައިގަންނަވަނީ ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން ކުރާ ނުވަތަ މަޝްވަރާތައް ކަމަށް ބެލެވޭ އިރު، އެ ހަރަކާތުން ބުނަނީ "އެއްބަސްވުމެއް ހާސިލްކުރަން އަޒުމް ކަނޑައެޅިފައިވާ" ކަމަށް.

 

09:44

ކިއުބާގެ ވެރިރަށް ހަވާނާގައި ޔުނިވާސިޓީގެ އެތައް ސަތޭކަ ދަރިވަރުންނެއް ފަލަސްތީނަށް ތާއީދުކޮށް އެއްވުމެއް ބާއްވައިފި - ފޮޓޯ: ރޮއިޓާސް
ކިއުބާގެ ވެރިރަށް ހަވާނާގައި ޔުނިވާސިޓީގެ އެތައް ސަތޭކަ ދަރިވަރުންނެއް ފަލަސްތީނަށް ތާއީދުކޮށް އެއްވުމެއް ބާއްވައިފި - ފޮޓޯ: ރޮއިޓާސް
ކިއުބާގެ ވެރިރަށް ހަވާނާގައި ޔުނިވާސިޓީގެ އެތައް ސަތޭކަ ދަރިވަރުންނެއް ފަލަސްތީނަށް ތާއީދުކޮށް އެއްވުމެއް ބާއްވައިފި - ފޮޓޯ: ރޮއިޓާސް

09:39

ޓްރިނިޓީ ކޮލެޖް ޑަބްލިން (ޓީސީޑީ) ގެ ދަރިވަރުން ވަނީ އައިރިޝް ޔުނިވާސިޓީން އިސްރާއީލާ ގުޅުން ކަނޑާލުމަށް ގޮވާލައި އެ ކޮލެޖުގެ ކެމްޕަހުގައި ޣައްޒާގެ އެއްބައިވަންތަކަމުގެ ކޭމްޕެއް ގާއިމުކޮށްފި.

09:38

އިސްރާއީލުގެ އަސްކަރިއްޔާއިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ތުލްކަރޭމްގެ އުތުރުން އޮންނަ ދީރް އަލް ގުސުން އަވަށުގައި ވަށާލައިގެން ބަހައްޓާފައި ހުރި ގެއެއް ތަޅާލައި، ކުނިތަކުގެ ދަށުގައި ހަށިތައް ހޯދުމުގެ މަސައްކަތް ފަށައިފި.

09:37

އިސްރާއީލުން ރަފާއަށް އަރައިފިނަމަ ކާރިސާއެއް ހިނގައިދާނެ ކަމުގެ އިންޒާރު އެހީގެ އޮފިޝަލުން ދީފައިވާ ކަމަށް އދ.ގެ އެންމެ ފަހުގެ ފްލޭޝް އެސެސްމަންޓުން ދައްކައިފި.

ޣައްޒާގައި ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ މެންދުރުގެ ނިޔަލަށް އިސްރާއީލު ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 54 މީހަކު ޝަހީދުވެ، 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އދ.ގެ އެންމެ ފަހުގެ ފްލޭޝް އެސެސްމަންޓުން ދައްކާ.

09:35

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް ބިރުދެއްކުމުގެ އެއްވެސް އަމަލެއް ހިންގާނަމަ އެކަން ކުށްވެރިކުރާ ކަމަށް ބެލްޖިއަމްގެ ފޮރިން މިނިސްޓްރީން ބުނެފި.

 

09:32

ވީޑިއޯ ފުޓޭޖުން ރަފަހް އާންމުންގެ ޓެންޓުތަކަށް އިސްރާއީލުން ދިން މިސައިލް ހަމަލާގެ ވަގުތު ދައްކުވައިދީފި.

މި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު އަދި ނޭނގެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ ސަރަޙައްދުގައި 26 މީހުން ޝަހީދުވެ 51 މީހުން ޒަޚަމްވެފައިވާ ކަމަށް.

09:31

ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްރާއީލުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ ގާނޫނާ އެއްގޮތަށް އަމަލުކުރުމާ މެދު ސުވާލު އުފެދޭ ކަމަށް ބުނެ އެމެރިކާގެ ޑިމޮކްރެޓިކް ގާނޫނު ހަދާ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ރައީސް ޖޯ ބައިޑަންއަށް ސިޓީއެއް ފޮނުވައިފި.

09:30

ޔަމަނުގައި ތިބި ހޫތީ ހަނގުރާމަވެރިން ބުނަނީ އެމީހުންގެ އަސްކަރީ ގާބިލުކަމުގެ ރޭންޖުގެ ތެރެއިން ކޮންމެ ތަނެއްގައި ވެސް އިސްރާއީލުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުތަކަށް އަމާޒުކުރާނެ ކަމަށް.

ފަލަސްތީނުގެ ޣައްޒާގެ އެކި ހިސާބުތަކަށް މިއަދު އިރު އެރީ ބިރުވެރި ދުވަހެއްގެ ގޮތުގައެވެ.

ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ޣައްޒާއަށް ނުރައްކާތެރި ވައިގެ ހަމަލާތަކެއް ދީފައެވެ.

މިގޮތުން ޣައްޒާ ސިޓީގެ އުތުރުގައި އޮންނަ ސަފްތާވީ އަވަށުގެ ގެއަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވިއިރު، އިތުރު ބަޔަކު އިމާރާތްތަކުގެ ދަށުގައި ވެދާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައި ވެއެވެ.

ރަފާހުގެ އިރުމަތީގައި އޮންނަ ޖަނީނާ އަވަށުގެ ގެއަކަށް ވެސް އިސްރާއީލުގެ ބޮމެއް ހަމަލާދީ ކަށަވަރު ނުވާ އެތައް ބަޔަކު ޝަހީދުވެފައިވާއިރު، ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

މީގެ އިތުރުން ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރަތު ކޭމްޕްގެ އިރުމަތީގައި ހުންނަ ގެއަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ވެސް ދެ މީހަކު ވަނީ ޝަހީދުވެފައެވެ.

މި ބްލޮގްގައި ގެނެެސްދޭނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާއި ގުޅޭގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު