އުމުރުން 6 އަހަރުގައި ފިރިހެނެއްގެ ފަރާތުން ޖިންސީ އަނިޔާ ލިބުނުކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އަކްޝޭ ކުމާރު ބުނެފިއެވެ.

އޭނާ އެ ވާހަކަތައް ހިއްސާކޮށްފައި ވަނީ އަންހެނުންނަށް ހާއްްސަ ސެމިނާއެއްގައެވެ.

އަކްޝޭ ބުނީ، އޭނާއަށް އެއްވެސް ކަމެއް ދިމާވެއްޖެނަމަ އަބަދުވެސް މައިންބަފައިން އެ ވާހަކަތައް އަޑުއަހަން ތައްޔާރަށް ތިބޭ ކަމަށެވެ.

"އެއީ ޖިންސީ ގުޅުމާއި ގުޅޭކަމެއްވެސް ނުވަތަ އެ ނޫންކަމެއް ވިޔަސް އަހަރެންގެ ބައިންބަފައިން އަހަރެން ކައިރީ ބުނެފައި އޮންނަނީ ކަމެއްވެއްޖެޔާ ވަގުތުން ގެއަށް އައިސް އެންގުމަށް". އަކްޝޭ ބުންޏެވެ.

އަކްޝޭ ބުނީ، އޭނާއަށް ޖިންސީ ގޮތުން އަނިޔާ ލިބުމާއެކު މައިންބަފައިން ކައިރީ އެ ވާހަކަތައް ދެއްކި ކަމަށެވެ. އަދި އެކަން ފުލުހުންނަށް ރިޕޯޓްކުރިކަމަށާއި، އެ މީހާވެސް ހައްޔަރުކުރިކަމަށް އަކްޝޭ ބުންޏެވެ.

"އަހަރެެންގެ އުމުރުން އެންމެ ހަ އަހަރުގައި، އެއްދުވަހު އަހަރެން ދިޔައީ ގެ ކައިރީ ހުރިގެއަކަށް ދަނިކޮށް މީހަކު އަހަންނާ ޖިންސީ ގޮތުން އަނިޔާކުރި. އަހަރެން އެ ވާހަކަ ބައްޕަ ކައިރީ ބުނި. ބައްޕަ ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައި. އެ މައްސަލާގައި އެ މީހާ ވަނީ ހައްޔަރުވެސްކޮށްފައި". އަކްޝޭ ބުންޏެވެ.