ޖަރުމަނުގެ ޅަފުރާގެ އަންހެން ކުއްޖެއްގެ ފައިގައި ފައިދިގު މަކުނެއް ދަތްއަޅައި އެކުއްޖާގެ ފަލަމަސްގަޑު ދުޅަވެ އޮޕަރޭޝަނެއް ކުރަން ޖެހިއްޖެއެވެ.

އުމުރުން 19 އަހަރުގެ އެކުއްޖާގެ ފަލަމަސްގަޑުގައި ފައިދިކު މަކުނެއް ދަތްއަޅާފައިވަނީ ފެންވަރަން ހުއްޓާކަމަށް މީޑިޔާ ރިޕޯޓްތަކުން ބުނެއެވެ. ދަތް އެޅުމާއެކު އެކުއްޖާގެ ފަލަމަސްގަޑުވަނީ ހިރުވުމާއެކު ރަތްވާން ފަށާފައެވެ.

އަދި އޭގެ ދެ ދުވަސް ފަހުން ނިދާ ހޭލިއިރު އެކުއްޖާގެ ފަލަމަސްގަޑުވަނީ ދުޅަފައެވެ. އަދި އެހިސާބުން ކެތް ނުކުރެވޭ ވަރަށް ތަދުވެގެން އެކުއްޖާގެ މައިންބަފައިންވަނީ އެހިސާބު ހުންނަ ހޮސްޕިޓަލަކަށް އެކުއްޖާ ގެންގޮސްފައެވެ. ހޮސްޕިޓަލްގެ ޑޮކްޓަރުން ބުނީ އެކުއްޖާގެ ފައިގައި ފައިދިގު މަކުނު ދަތް އެޅިތަން ހުރީ ވިހަ ވެފަކަމަށާއި އަވަހަށް އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށެވެ.

"އަހަރެންނަށް އެދުވަހު ހޭލެވުނު އިރު ފައިގައި ވަރަށް ބޮޑަށް ރިއްސާ، ބަލާލި އިރު މުޅި ފައި ހުރީ ދުޅަވެފަ. އަހަރެން ބިރުން ހަލާކުވި. ހޮސްޕިޓަލް އަށް ގެންގޮސް ސާޖަރީ ހެއްދުމަށްފަހު އަހަރެންނަށް އަހަރެންގެ ފައިން އިހްސާސް ނުވާހެންވެސް ހީވި. ފައިދިގު މަކުނު ދަތްއެޅުމަށްފަހު އަހަރެން މިހުރީ ވަރަށް ބިރުން" އެކުއްޖާ މީޑިޔާއަށް މައުލޫމާތު ދެމުން ބުންޏެވެ.

ފައިގެ ފަލަމަސްގަޑުގެ އޮޕަރޭޝަނަށް ފަހު މިހާރު ރަނގަޅުވަމުން އަންނަ ކުއްޖާ ބުނީ އޭނާ އަށް ދެން އެކަނި ފެންވަރަން ނުކެރޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޅަބީބު

    އަހަރެން ފެންވަރުވަދީފާނަން ކޮންމެދުވަހަކު. އަންނަގަ މާލެ......

    • ސުނީ

      އޯކޭ މާދަން ދާނަން

  2. މަސީހު

    ތީ ހާދަ ނުބައީ ނުލަފާ މަކުނެކޭ ދޯ..

  3. މ

    އަލްހަމްދުލިއްލާހި ﷲ ރަޙުމަތުން ސަލާމަތް ވެވުނީ

  4. ޓީ ޓީ ބީ ޓީ

    ބްރައުން ވިޑޯ. ބްލެކް ވިޑޯ ފެމިލީ