ބައެެއް މައިބަފައިންނަށް އެ މީހުންގެ ދަރިންނަކީ އެއްވެސް ބައެއް ނޫނެވެ. ދަރިފުޅަށް ވުރެ މުހިންމު ކިތަންމެ އެއްޗެއް އެ މީހުން ބޭނުން ކުރާ ކަހަލައެވެ. އޭގެ ތެރެއިން އެ މީހުންނަށް މުހިންމު އެކައްޗަކީ ފޯނެވެ. ފޯނަކީ އެ މީހުންނަށް ފުރާނައެއް ފަދަ އެއްޗަކަށް މިވަނީ ވެފައެވެ.

މިއީ އެފަދަ މިސާލެެކެވެ. އެތައް ބަަޔަކު އެ މީހާއާ ދިމާލަށް މިހާރު އެއްޗެހި ކިޔެ ނަގަނީއެވެ. އެއީ ޗައިނާގެ އަވަށެއްގައި ހިނގި ހާދިސާއެކެވެ.

ޗައިނާގެ މަގެއްގެ މަތިން މަންމައާއެކު ހިނގާފައި ދިޔަ ކުއްޖަކު މަގުހުރަސް ކުރަން އުޅުމުގެ ތެރޭގައި ކާރެއްގައި ޖެހި އެކްސިޑެންޓް ވަނީއެވެ. އެހެން ނަމަވެސް އެ ކުއްޖާއަށް މާބޮޑު ވަރު ވަފައެއް ނުވެއެވެ. ނަމަވެސް ހަށިގަނޑުގެ ބައެއް ތަންތަނުން ވަނީ މަށައިގެން ގޮސްފައެވެ.

މި ކުއްޖާ އެކްސިޑެންޓްވިއިރު، އޭނާގެ މަންމަ ހުރީ ތަންކޮޅެއް ދުރުގައެވެ. އޭނާގެ ދެ ދަރިން ކަފި ހުރަސް މަތިން ހުރަސް ކުރިއިރު، އޭނާ ހުރީ ފޯނާއި، ކުޅޭށެވެ. އެ މީހާއަށް އޭނާގެ ދަރިން ރަނގަޅަށް ނުބެލުމުގެ ނަތީޖާއަކަށްވީ އެ ކުއްޖާ އެކްސިޑެންޓްވުމެވެ. މިއަށް ކިޔާނީ މައިންބަފައިން ރަނގަޅަށް ޒިންމާ އަދާ ނުކުރުމެވެ.

Worst mom of the year?

Kid gets hit by car at crosswalk while his mom plays on her phone? http://shst.me/g1k

Posted by Shanghaiist on 21 ಮಾರ್ಚ್ 2018

ކާރުބާރުބޮޑު މަގުަތައް ހުރަސްކުރާއިރު، ކުޑަކުދިންގެ އަތުގައި ހިފައިގެން ހުރަސް ކުރުން މާ ރައްކާތެރި ނޫން ހެއްޔެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޒަ

    މިހާރު ގައުމުގެ ޙާލަތު

  2. މ

    Alhamdulillah
    އިންޝާﷲ ދެންވެސް ހޭލުންތެރި ވަމާ

  3. ނާީ

    އެއީ އެކުޑަގޮލާގެ މައްސަލަ

  4. މަ

    އެެއީ ހާދަ މޮޔަ މަންމަ އެކޭ ދޯ.

  5. ޢޯކޭ

    ޢެއްވެސް ކަމެއްނުވޭ އޯކޭވާނެ