އިންޑިއާގެ ދިއްލީއަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު އަމިއްލައަށް މަރުވި މައްސަލައެއް އިންޑިއާ ފުލުހުން ބަލަން ފަށައިފިއެވެ.

އެ ކުއްޖާ އަމިއްލައަށް މަރުވެފައި ވަނީ އޭނާގެ ގޭގައި ސީލިންގ ފަންކާގައި ދަންޖެހިގެންނެވެ.

ވަސަންތް ވިހާރް ނަމަކަށް ކިޔާ ގްރޭޑް 11 ގައި ކިޔަވަމުންދިޔަ އެ ކުއްޖާ އަމިއްލައަށް މަރުވީ ސީދާ ކޮން ސަބަބަކާއި ހެދި ޔަގީން ނުވާއިރު، އެ ކުއްޖާ މަރުވުމުގެ ކުރިން ލިޔެފައިވާ ސޫސައިޑް ނޯޓުގައި އޭނާއަށް މައާފް ކުރުމަށް އެދިފައެވެ. އެހެން ނަމަވެސް އެ ނޯޓުގައި ސަބަބު ބަޔާންކޮށްފައެއް ނުވެއެވެ.

މިދިޔަ ބުދަ ދުވަހު މި ހާދިސާ ހިނގިއިރު ފުލުހުން ވަނީ މި ކުއްޖާ ހޮސްޕިޓަަލަށްވެސް ގެންދިޔަ ކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. އަދި މިހާރު އެ ކުއްޖާގެ ހަށިގަނޑު ފުލުހުން ވަނީ އާއިލާ އާ ހަވާލުކޮށްފައެވެ. ފުލުހުން އެ ކުއްޖާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައި ވަނީ އޮޓޮޕްސީއަށް ފަހުއެވެ.

"މަންމާ ބައްޕަ އަހަންނަށް މައާފް ކުރޭ".އޭނާ ލިޔުނު ނޯޓުގައި ވެއެވެ. ފުލުހުން އިތުރަށް ހޯދި ހޯދުންތަކުން އެނގުނުގޮތުގައި، އެ ކުއްޖާއާ ބައްޕައާ ދެ މީހުން ވަނީ ޒުވާބުކޮށްފައެވެ. ވިހާރް އާއި ބައްޕައާ ދެ މީހުން ޒުވާބުކޮށްފައި ވަނީ ވިހާރް ހެޑް ފޯނެއް އޯޑަރު ދިން މަައްސަލާގައެވެ. ނަމަވެސް އެކަން އެއްވެސް ފަރާތަކުން ކަށަވަރުކޮށް ނުދެއެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    ތިޔަށޭ އަސްލު ކިޔަނީ އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލާލުން..... އެކަމު ވެސްޓާރން މީޑިއާ ބުނާ ކޮންމެ އެއްޗެއް ބުނާ އުސޫލުން ކާފަރުންނާއި ހަނގުރާމަ ކުރަންގޮސް މަރުވާ މުސްލިމް މީހާއާއި ދިމާލަށް އެންމެ ބާރަށް ގޮވާނީ އަމިއްލައަށް މަރުވީއޭ....

    25
    3