އިނގިރޭސިވިލާތުގެ ލަންޑަނުގެ މަގެއްގެ މަތިން ރިހަ ތެއްޔަކަށް ވެއްޓި ކުލަ ބަދަލުވެފައި އޮތް ދޫންޏެއް ސަލާމަތް ކޮށްފިއެވެ.

ރިހަ ތެއްޔަކަށް ވެއްޓުނު މި ދޫނީގެ ކުލަ ހުރި ގޮތުން މިއީ ޓޮރޮޕިކް ސަރަހައްދުން ވަރަށް މަދުން ނޫނީ ނުފެންނަ ދޫންޏެއް ކަމަށް ބެލެވުނެވެ.

ނަމަވެސް މި ދޫނި ސަލާމަތް ކުރަން އައި މީހުން ދޫނިން ދުވި ރިހަ ވަހުން މި ދޫނި ރިހަ ތެއްޔަކަށް ވެއްޓިފައިވާ ކަން ޔަގީން ކުރެވުނެވެ. އަދި ކައިރި ޖަނަވާރު ބަލަހައްޓާ މަރުކަޒަކަށް ގެންގޮސް އޭތީގެ ގައިން ރިހަ ފިލުވުމުން އޭގެ އަސްލު ކުލަ ކަމަށްވާ ހުދު ކުލައަށް ބަދަލުވުމުން އެއީ ސީގަލް އެއް ކަން ޔަގީން ކުރެވުނެވެ.

މި ދޫނީގައި ހުރި ރީނދޫ ކުލައިގެ ސަބަބުން ބައެއް މީހުން މީގެ ކުރިން ވަނީ މީސް މީޑިއާގައި ވެސް ސުވާލު އުފައްދާފައެވެ. ނަމަވެސް މި ސުވާލުތަކަަށް މިހާރު މިވަނީ ޖަވާބު ލިބިފައެވެ.