ޖިންސު ބަދަލުކޮށް އަންހެނަކަށް ވެގެން ނިކުތް ފުރަތަމަ ދުވަހު ފިރިހެނަކު ގޭންގް ރޭޕްގެ ޝިކާރައަކަށްވީ މައްސަލައެއް އިނގިރޭސިވިލާތުގައި ހޫނުވެއްޖެއެވެ.

ފުލުހުންނާއި ހަވާލާދީ އެޤައުމުގެ ނޫސްތަކުގައި މި ހާދިސާ އާއި ގުޅޭގޮތުން ބުނެފައިވަނީ، އުމުރުން ހަނގު އެ ފިރިހެން މީހާ ރޭޕްގެ ޝިކާރައަކަށް ހަދާލާފައި ވަނީ، އޭނާ ކްލަބަކުން ނިކުމެގެން ގެޔަށްދިޔަ މަގުމަތީގައި ބަޔަކު އޭނާގެ ފަހަތުން އައިސް ހިފެހެއްޓުމަށްފަހު ކާރަކަށް އަރުވައިގެން ދިއުމަށްފަހު ކަމަށެވެ.

އެ ފިރިހެންމީހާ އާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، އޭނާ ރޭޕްކޮށްލީ ތިން ފިރިހެނަކު ވެގެންނެވެ. މި ހާދިސާ އާއި ގުޅިގެން ތުހުމަތު ކުރެވޭ ތިން މީހުން މިހާރު ވަނީ އަތުލައިގަނެ ހައްޔަރުކޮށްފައެވެ.

އަންހެނަކަށް ވެގެން އުޅެނިކޮށް ރޭޕްގެ ޝިކާރައަކަށްވީ މީހާ ބުނެފައި ވަނީ، އޭނާ އަށް ރޭޕްގެ އަނިޔާ ލިބުމަށްފަހު ގިނައިރުތަކެއް ވަންދެން އެ ތިން މީހުންގެ ފުށުން ސަލާމަތް ނުވެވިގެން ހޭދަކުރަން ޖެހުނު ކަމަށެވެ. ނަމަވެސް ފަހުން އެއިން މީހަކަށް ހަމަލާ ދިނުމަށްފަހު އެތަނުން ފިލައިގެން ދިޔައީ ކަމަށް އޭނާ ބުނެފައި ވެއެވެ.

މި މައްސަލަ އާއި ގުޅިގެން އެ ފިރިހެން މީހާގެ ފަރާތުން ކޯޓުގައި ވަނީ އޭނާ ރޭޕްކުރުމުގައި ބައިވެރިވި ތިން މީހުންގެ އަތުން ބަދަލެއްގެ ގޮތުގައި 7000 އަށްވުރެ ގިނަ ޕައުންޑު ހޯދުމަށް ދަޢުވާކޮށްފައެވެ. ނަމަވެސް އެ ތިން މީހުން ވަނީ އެމީހުންނަށް ކުރާ ދަޢުވާ ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު