ގިނަ އަދަދެއްގެ މުސްލިމުން އުޅޭ މުސްލިމުންގެ ތާރީހާއިވެސް ގުޅިފައިވާ މިސްރުގެ ފިރިހެނަކު އޭނާގެ އަނބިމީހާ ރުއްސުމުގެ ގޮތުން މުސްކުޅި މަންމަ އަށް އަނިޔާކޮށް މަރާލައިފިއެވެ.

މިސްރުގެ އެލެކްސެންޑްރިއާގައި މި ހާދިސާ ހިނގުމަށް މެދުވެރި ވެފައި ވަނީ އަންހެނަކާއި އޭނާގެ މައިދައިތަ އާއި ދެމެދު ހިޔާލު ތަފާތު ވުމެއް އުފެދުމަށް ފަހުގައެވެ. އުމުރުން 81 އަހަރުގެ ޒައިނަބު ސައްޔިދު މަހްފޫޒް ބަލި ހާލުގައި ގޭތެރޭ އުޅެމުން އައިސް އޭނާގެ ދަރީގެ އަންހެނުންގެ ފަރާތުން ހިތްހަމަ ނުޖެހޭ ކަމެއް ފެނުމުން އެކަން ރަނގަޅު ކުރަން ބުނެ ވާހަކަ ދައްކަން ފެށިއެވެ. މިއާއި އެކު އެ އަންހެން މީހާ ވަނީ އޭނާގެ ފިރިމީހާގެ ގާތު މައްސަލަ ޖައްސައިފައެވެ.

ހައިރާން ވާން ޖެހޭ ކަމަކީ ޒައިނަބުގެ އަމިއްލަ ދަރި އޭނާ އާއި ދެކޮޅުވެ އަނބިމީހާގެ ބަހަަށް ހެއްލުނު ކަމެވެ. ބަނޑު ތެރޭ 9 މަސް ވަންދެން ބާއްވައި ވިހެއި ބަލައި ބޮޑު ކުރި މަންމަ އަށް ކަމޭ ނުހިތައި އޭނާ ވަނީ އަނބިމީހާ ރުއްސުމުގެ ގޮތުން ގޭތެރޭގައި މަންމަ ބަހައްޓައި ބޮލާއި މޫނު މަތީގައި ތަޅައި އަނިޔާ ކޮށްފައެވެ.

މިކަން ކުރުމަށް ފަހުގައި އެ ދެމީހުން ދިޔައީ ރޭގަނޑުގެ ނާސްތާ ނަގަން ރޮމޭންޓިކް ޑޭޓަކަށެވެ.

ޒައިނަބުގެ ގައިން ގިނަ އަދަދަކަށް ލޭ ފައިބައި ގޭގެ މައި ދޮރުން ބޭރަށް އެ ލޭތައް ވަނީ ގޮސްފައެވެ. މިކަން އަވަށްޓެރިންނަށް ފާހަގަ ވެގެން ދޮރުގައި ޓަކި ޖަހައި ޖަވާބެއް ނުލިބުން ދޮރު ވައްޓާލައިގެން އެތެރެއަށް ވަތް އިރު އޭނާ އޮތީ ހޭނެތިފައެވެ. ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން މަސައްކަތް ކުރި ނަމަވެސް، ޒައިނަބަށް ލިބުނު އަނިޔާތަކަށް ކެތް ނުކުރެވި، އޭނާ ވަނީ އަމިއްލަ ދަރީގެ ސަބަބުން މި ދުނިޔެ އާއި އަލްވަދާއު ކިޔައިފައެވެ.

މިއީ މުސްލިމް މުޖްތަމައު އެއްގައި ހިނގައި ދިޔަ ކަމެކެވެ. އަހަރެން މިކަމާއި މެދު ތަންކޮޅެއް ފުންކޮށް ވިސްނާލަން އެބަ ޖެހެއެވެ. ތިބާގެ މައިންބަފައިންނާއި މެދު ކަންތައް ތި ކުރެވެނީ އެންމެ ރަނގަޅަށް ބާވައެވެ؟

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޙަމްދޫން

    ތިވާނީ ފިރުޢައުނު އާއިލާ މީހަކަށް މިހާރު ރައިސް ކަމުގައިވެސް އެހެރީ ފަރުޢުނު ދަރިއެއް

    22
    19
  2. ހިގީތަތް

    އެއްކޮޅަށް ނުދަމާ ދެކޮޅަށް ދާމަފިނަމަ ހުރިހާކަމެއް ވެސް އިންސާފުވާނެ!
    ހުސްދަރިން ވެސް ކުއްވެރި ކޮއްފަ އަބަދު ވާހަކަ ނުދައްކަމާ!
    ދެދަރިން ލިބިފަ އިންނަ މީހަކު ވެސް އެއްދަރި އަށް ލޯބި ދީފަ އަނެއްދަރި ކަރަށް
    ފައިން އަރާ ބޭރުކޮއްފަ ވެސް އެބަހުރި
    ރުހި ގަބޫލްގަ އިދެފަ ކުދިން ލިބިފަ ވަނިކޮންވެސް މައިމީހާ ބުނެފިޔޭ ކިޔާފަ ވަރި ކޮއްފަ އެއްލާ ލީމަ އެއީވެސް ބަޔަކައްދެވޭ އަނިޔާ ނޫންތޯ!
    އެކަމުގެ ސަބަބުން އެ ރޫޅެނީ އާއިލާއެއް ނޫންތޯ! ނިކަމެތިކަން އެދެވެނީ ދަރިންނަކައް ނޫންތޯ!
    އެކަމުގެ ސަބަބުން ކިތައް އާއލާ ރޫޅި ދޭތޯ!
    އެއްމެންނަކީ ގޯސް މީހުންނެއް ނޫން އެހެނެއް ކަމަކު މިވެސް ހަގީގަތެއް!
    ނިކަން ވަގުތު ކުދިން ސޭހެއްކުރެން މިކަން
    ސުވާލު ކޮއް އޮތް ގޮތެއް ބަލާލުން ފެނޭ!
    އެއްވެސް ކުށަކާނުލާ ސިހުރު ހަދާ ދުރުކުރުން
    އެއީ ކިހާވަރެއްގެ ފާފައެއް ކަންވެސް ހޯފަ އެކަމުގެ ހުކުން ވެސް ގެނެސް ދީފީޔާވަރަށް ރަނގަޅު!!!!
    ދަރިން ވާނީ ދަރިންނަށް މައިންވާނީ މައިންނަށް
    އެއްފަރާތުންވެސް އިހުމާލް ވެގެން ނުވާނެ
    "ސުކުޔިއްޔާ " ވަގުތު ކުދިން!!

    12
    15
    • ތިއީ އޭގެ އަނެކަކު ދޯ!

      ޝައްކެއް ވެސް ނެތެވެ! އެކި ދަރިން ތަފާތު ކުރުމާއި، އެއްޗެހި ކިޔުމާއި، ފަނިހަދާ މައިދައިތައިން އުޅެ އެވެ. އެހެނެކޭ ކިޔާފައި، ފިރިމީހާ ލައްވައި މައިދައިތައަށް ކުޑަވެސް އަނިޔާއެއް ދީގެން ނުވާނެ އެވެ. އަދި އަނބިމީހާ ރުއްސަން ތިމާގެ މައިމީހާއަށް ދަރި ވެސް އިހާނެތިކޮށް ހިތައިގެން ނުވާނެ އެވެ. ބުއްދިވެރި ގޮތަކީ، ދިރިއުޅުން އެހެންތަނަކަށް ބަދަލު ކުރުމެވެ. ވަރަށް ގިނަފަހަރު އެފަދަ މައިދައިތައިންނަށް ރައްދު ނުދީ، އެކަމާ އަޅާނުލާ އުޅުމުން ގިނަދުވަސް ތަކަކަށްފަހު، މައިދައިތައިންގެ ކޫސަނިގޮތްގަނޑު ފިލާފަ ވެސް އެބަހުއްޓެވެ.

      9
      1
    • ސިނާނު

      ސުބުޙާނަ ﷲ ހަމަ އެއްވެސް ވަރަކަށް މިދިޔަ ހުކުރު ދުވަހުގެ ޚުތުބާ އަޑު ނީވެނީބާ؟

  3. ލައުނަތް

    އެ ނުބައި ނުލަފާ ދަރިއަށް މާތްﷲ ގެ ލަޢުނަތް ލައްވާ ދެދުނިޔޭގެ އަބާއްޖަވެރިކަން ދެއްވާށި! އާމީން

    28
    2
  4. ޞަލާޙް

    އޭނަ ހީކުރީގަންނޭގެ މަންމަ މަރާލާފަ އުފާވެރި ދިރިއުޅުމެއް ލޯބިވާ އަނބިމީހާއާއެކު އުޅޭނަމޭ! ހިލާ އެހެންނަކުން ނުވާނެއެވެ. ހިތްދަތި ވޭންތަކާ ދުނިޔޭގައިވެސް ކުރިމަތިނުވެޔެއް ނުދާނެއެވެ.

    27
  5. އޭނާ

    ހަމްދޫން... ކޮންމެ ކަމެއްވާއިރަށް ވެރިއަކަށް ހުންނަ މީހާ އާ ދިމާލަަށް އިނގިލި ދިއްނުކޮށްބަ.. ހަމަ މީ އަހަރެންގެ ވެސް ބިން.. ކަލޭގެ ވެސް ބިން. އޭނަގެ ވެސް ބިން.. ތިޔަވަރު ވާން ޖެހޭތަ. އަޖައިބު ހީވޭ....

    5
    2
    • ގޮލާ

      އޭނަ އެ ބުނީ މިސްރުގެ އަނިޔާވެރި ރައީސް ސީސީގެ ވާހަކަ. ސީސީ އަކީ ހަމަ ހަގީގަތުގައިވެސް އަނިޔާވެރިއެއް. މިއީ ގަބޫލުކުރަން ބޭނުން ނުވިޔަސް ހަމަ ހަގީގަތް. އިހަށްދުވަހުވެސް އެއޮތީ މުރުސީ މަރާލާފަ.

      14
      • އުގޫފާރު މީހާ

        ހަމައަސްލުވެސްތަ؟ މުރުސީ މަރާާލިތަ؟ ހާދަގަބުލުނުކުރެވޭ.

        1
        10
  6. އުގޫފާރު މީހާ

    އެފުރާނައަށް ހެޔޮރަހުމަތްލައްވާށި. އާމީން

    17
  7. މައިން ބަފައިންނަށް ކަމޭ ހިތަން ޖެހޭނެ

    މައިންބަފައިންނަށް އިހާނެތިކޮށް ހިތުމުން އާހިރަތް ދުވަހުން ލިބޭ އަޒާބުގެ އިތުރުން ދުނިޔެ މަތީގައިވެސް އުގޫބާތް ލިބޭނެ ކަަމަށް މާތް ނަބިއްޔާ ހަދީސް ކުރައްވާފައި ވެއެވެ

  8. ނ

    ވަރަށް ހިތާމަ ވެރި ހަބަރެއް. ކޮންފަދަ ނުބައި، ފާފަވެރި، އަނިޔާވެރި ޖަރީމާއެއް ތި އަނިޔާވެރި ފިރިހެން މީހާ ތިކުރީ. ސުވަރުގެ ވަނީ މައިމީހާގެ ފައިދަށުގަ ކަމަށް އަންގަވާ ފައިވަނީ. މައިމީހާޔަށް އޯގާތެރި ވުމަށް އަންގަވާފައިވަނީ. މައިންބަފައިންނަށް ކަމޭހިތުމަކީ އިސްލާމްދީނުގައި ވަރަށް މުހިންމު މަތިވެރި ދަރަޖައެއް ދެއްވާފައިވާ ކަމެކެވެ. އެހެންކަމުން މަންމައާއި ބައްޕައަށް އިޙުތިރާމްކޮށް އެބައިމީހުންނަށް އަޅާލުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ. ދުޢާއަކީ މައިންބަފައިންނަށް އަޅާލާ އޯގާތެރިވާ ހެޔޮލަފާ ދަރިންތަކެއް ކަމުގައި އަޅުގަނޑުމެން ލެއްވުމެވެ.