ރަޝިއާގެ ރީތީގެ ރާނީއެއް ކަމަށްވާ ރިހާނާ އޮކްސާނާ މެލޭޝިއާގެ ކުރީގެ ރަސްގެފާން ސުލްޠާން މުހައްމަދު އާއި ކައިވެނިކޮށްގެން ލިބުނު ދަރިފުޅުގެ ބައްޕަ އާއި މެދު ރަސްގެފާން ސުވާލު އުފެއްދުމުން ބޮޑު ޒުވާބެއްކޮށް، އެންމެފަހުން ދަރިފުޅުގެ ޑީއެންއޭ ޓެސްޓްތައް ހަދާ ހިސާބަށް ހިނގައްޖެއެވެ.

މިހާރު އުމުރުން ދެ މަހުގެ ދަރިފުޅުގެ ފޮޓޯއެއް މިދިޔަ ހަފްތާގައި ރިހާނާ އާއްމު ކުރުމަށް ފަހު އެއީ "މެލޭޝިއާގެ ލޭ ހުރި ދަރިއެއް" ކަމަށް ބުނުމުން ރަސްގެފާންގެ ޤާނޫނީ ވަކީލް ވަނީ އެދަރިފުޅުގެ ބައްޕަ އަކީ ރަސްގެފާން ނޫން ކަމަށް ބުނެފައެވެ.

ރަސްގެފާނާއި ރިހާނާގެ ކައިވެނި ވަނީ މިހާރު ވަނީ ރޫޅާލާފައި ކަމަށް ރަސްގެފާންގެ ޤާނޫނީ ވަކީލުން ބުނެއެވެ. ނަމަވެސް ރިހާނާގެ ފަރާތުން މީޑިއާ އާއި ވާހަކަދެއްކި މީހަކު ބުނީ ރަސްގެފާނާއި ރިހާނާގެ ކައިވެނި އަދިވެސް ދެމިއެބައޮތް ކަމަށެވެ.

ރަސްމީ ފަރާތްތަކުން ވެސް ބުނާ ގޮތުގައި ރަސްގެފާނާއި ރިހާނާ ވަރިވެފައިވާ ކަމަކަށް ލިޔެކިޔުންތަކަކުން ނުދައްކައެވެ.

ރިހާނާގެ ފަރާތުން މީޑިއާގައި ބުނީ ރަސްގެފާން އެއްވެސް ކަމަކަށް ތުހުމަތު ކުރާނަމަ ދަރިފުޅުގެ ޑީއެންއޭ ޓެސްޓް ހަދަން ތައްޔާރަށް ހުރި ކަމަށެވެ.

ރިހާނާ އާއި ރަސްގެފާން މުހައްމަދުގެ ކައިވެނީގެ ރަސްމިއްޔާތު އޮތީ މިދިޔަ އަހަރުގެ ޖޫން 07 ވަނަ ދުވަހު މެލޭޝިއާގައެވެ. ކައިވެނި ކުރީ މުސްލިމުން ކައިވެނި ކުރާ ގޮތަށެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ރަޝިއާގެ ވެރިރަށް މޮސްކޯގައި ވެސް ކައިވެނީގެ ރަސްމިއްޔާތެއް ބޭއްވިއެވެ.

ރަސްގެފާނާއި ރިހާނާ ކައިވެނި ކުރުމުން ރަސްގެފާނަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވިއެވެ. އަދި މެލޭޝިއާގައި ވަރަށް ބޮޑަށް ރިހާނާގެ ނިވާކަންކުޑަ ފޮޓޯތައް ވެސް ދައުރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕޮއް

    ގައިނެތް ފެންވަރުން ޒުވާން ކުދިންނާއި ނިވޭނޑެއު. އެމީހުން ތިޔަ މުސްކުޅިންނަކަށް ހެވެއްނޭދޭނެ. ލާރި އޯކޭވާނީ

    40
    2