އިންޑިއާގެ ބިހާރް އަވަށަށް ނިސްބަތްވާ ކުއްޖަކު ދެ ފުލުހަކާއި އިނގިރޭސި ބަހުން ވާހަކަދެއްކުމުން ދެ ދުވަހަށް ޖަލަށް ލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާއަށް ހޮސްޕިޓަލްގައިވެސް ވަނީ ފަރުވާދީފައެވެ. އެ ކުއްޖާގެ މައިންބަފައިން ބުނިގޮތުގައި، އިނގިރޭސީން ފުލުހަކާއި ވާހަކަދެއްކުމަކީ ކުށެއްކަމަށް އެ މީހުންނަށް ގަބޫލުނުކުރެވޭ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ ކުއްޖާ ހައްޔަރުކުރި ދެ ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

އެ ކުއްޖާ ގެއިން ބޭރަށް ގޮސްފައި ވަނީ ބޮޑު ބޭބެއާ ބައްދަލު ކުރުމަށެވެ. އެހެން ނަމަވެސް އެ ވަގުތު ބޮޑު ބޭބެ ހުރީ ފުލުހުންގެ ހަވާލުގައެވެ. އެއީ އޭނާ ބައިސްކަލެއް ވަގަަށް ނެގި ކަމަށް ބުނެއެވެ. އެ ބައިސްކަލާއި ގުޅޭ ޑޮކިޔުމެންޓްތަކާއެކު އެ ކުއްޖާ ފުލުހުންގެ އިދާރާއަށް ދިޔައެވެ.

އެ ޑޮކިޔުމެންޓްތައް ފުލުހުން ނެގި ނަމަވެސް އެއްވެސް އެއްޗެއް ބުނެފައި ނުވުމުން އެ ކުއްޖާ ފުލުހުންނާއި ސުވާލުކޮށްފައި ވަނީ އިނގިރޭސިންނެވެ. އެއާއެކު އެ ކުއްޖާގެ ގައިގާ ފުލުހުން ތެޅިކަމަށް ވެއެވެ. އަދި އޭނާ ލީ ޖަލަށެވެ.

މިކަން ހިނގާދިޔަ ގޮތް ބަލާ މިހާރު ދެ ފުލުހަކު ވަނީ ސަސްޕެންޑްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެޔޮޅު

    އެއީއެބުނާ ޑިމޮކްރެސީގެ ބައްޕަ!