އެމެރިކާގެ އަންހެނަކު ފައިދިގު މަކުނެއް ފެނުމުން އޭނާ ދިރިއުޅެމުން އައި ގޭގައި އަލިފާން ރޯ ކޮށްލުމުން އެންމެ ފަހުން ކުށްވެރިވެރި ޖަލަށް ދާން ޖެހިއްޖެ އެވެ.

ކެންސަސް ސިޓީގެ އަވަށެއްގައި ހިނގި މި ހާދިސާގައި އަލިފާން ރޯ ކޮށްލާފައި އެ ހިސާބު ގަނޑުގައި ޑްރަގް ޑީލަރުން އުޅޭ ކަމަށް މަޝްހޫރު ވެފައިވާ ގެއެއްގައެވެ. އާދަޔާ ޙިލާފަށް ބޮޑު ފައިދިގު މަކުނެއް ފެނިގެން ކަމަށް ބުނެ ގޭގައި އަލިފާން ރޯ ކޮށްލުމުން އޭނާގެ މައްޗައް މިހާރު ވަނީ ގަސްތުގައި ތަނެއްގައި ހުޅު ޖަހައި އަލިފާން ރޯ ކޮށްލި ކަމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ގޭގައި އަލިފާން ރޯކޮށްލި ވަގުތު އެ އަންހެން މީހާ ހުރީ މަސްތުގެ ހާލަތުގައެވެ. ނަމަވެސް ފުލުހުން އެކަމާއި ގުޅިގެން އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ. މި ހާދިސާ ހިނގި އަވަށުގެ މީހުން ބުނާ ގޮތުގައި މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އެ ގޭގައި އަލިފާނުގެ އެކި އެކި ހާދިސާތައް ވަނީ ހިނގާފައެވެ.

މި އަންހެން މީހާ ގޭގައި ރޯ ކޮށްލި މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް އަވަށްޓެރި އަކު ނަގާފައި މިހާރު ވަނީ ފުލުހުންނާއި ހަވާލު ކޮށްފައެވެ. ބައެއް މީހުންނަކީ ފައިދިގު މަކުނެއް ފެނުމުން ވަރަށް ބޮޑަށް ބިރުގަންނަ މީހުން ކަމުގައި ވާއިރު، އެފަދަ މީހުންނަށް ޖެހިފައި ހުންނަ މި ބިރަށް ކިޔާ ނަމަކީ އަރަކްނަފޯބިއާ އެވެ.

ކިޔުންތެރިންގެ ހިޔާލު