އޮފީހެއްްގެ ތެރޭގައި ބާއްވާފައި އޮތް ލެޕްޓޮޕެއް ގޮވައި އޮފީސް ތެރޭގައި ހުޅުރޯވެއްޖެއެވެ.

މޭޒުމަތީގައި ބާއްވާފައި އޮތް ލެޕްޓޮޕް ގޮވީ މާގިނައިރުވަންދެން ޗާޖަށް ޖަހާފައި ބޭއްވުމުން ކަމަށް ބެލެވެއެވެ. އެ ގޮވާ މަންޒަރު ފެންނަ ވީޑިޔޯއެއް މީސް މިޑީޔާގައި ދަނީ ދައުރުވަމުންނެވެ.

އެ ވީޑިޔޯއިން ފެންނަނީ ސްކްރީން ނިއްވާލާފައި އޮތް ލެޕްޓޮޕެއް ގޮވައި އޮފީސް ތެރޭގައި ހުޅުރޯވާ މަންޒަރެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ލެޕްޓޮޕް އޮތީ ނިއްވާލާފައެއް ނޫނެވެ. އެ ލެޕްޓޮޕް ގޮވައި އޮފީހުގެ ވަރަށް ބޮޑު ބަޔަކަށް އަލިފާނުގެ އަސަރު ކުރިއިރު، އެ އިމާރާތުގެ ބޮޑު ބަޔަކަށްވެސް ގެއްލުންވިއެވެ.

މިއީ ކޮން ގައުމެއްގެ ކޮން ހިސާބެއްގައި ހިނގި ހާދިސާއެއްކަން ނޭނގޭއެވެ. ނަމަވެސް މީގެން އިނގެނީ ލެޕްޓޮޕް ކޮމްޕިޔުޓަރު ފަދަ ތަކެތި މާގިނައިރުވަންދެން ހުޅުވާފައި ބަހައްޓާނަމަ ގޮވުން ފަދަ ކަންކަމާއި ދިމާވެދާނެ ކަމެވެ.

https://www.facebook.com/ChinaGlobalTVNetwork/videos/2215205978520210/?t=27

މިއީ އާއްމުކޮށް ދިމާވާ ކަމެއްވެސް ނޫނެވެ. ބޮޑަށް ބެލެވެނީ ލެޕްޓޮޕް މާބޮޑަށް ހޫނުވުމުގެ ސަބަބުން ގޮވީ ކަމަށެވެ. ލެޕްޓޮޕް އާއްމުކޮށް ހޫނުވާނީ މާގިނައިން ކުޅެގެން ނުވަތަ މާގިނައިރުވަންދެން ކަރަންޓަށް ޖަހާފައި ހުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަމީނާ

    މިއީ ކުޅެފައިވާ މަންޒަރެއ! ކިހިނެއް އެގުނީ ލެޕްޓޮޕް ގޮވާކަން؟ ކެމެރާ އަމާޒްކޮށްފައ އެހުރީ ދުރާލާ!