ރަތް ހަނދު, ފިޔާތޮށި ހަނދު މި އަބަދުވެސް އަޅުގަނޑުމެން އަޑު އަހާ ނަންނަމެވެ. ނަމަވެސް މިރޭ ގުދުރަތީ އާދަޔާ ހިލާފު އެހެން މަންޒަރެއް ދުނިޔެއަށް ފެނިގެންދާނެއެވެ.

މިރޭ "ބްލެކް މޫން" ގެ ނަމުން މަޝްހޫރު ކަޅު ހަނދު ފެންނާނީ ހަމައެކަނި އުތުރު އެމެރިކާއަށެވެ. މިއީ 2016 ވަނަ އަހަރަށް ފަހު މިފަދަ ކަޅު ހަނދެއް ދުނިޔެއަށް ފެންނަ ފުރަތަމަ ފަހަރެވެ.

2016 ވަނަ އަހަރު މި ހަނދު ފެނުމުން ބައެއް މީހުން ބުނަނީ ދުނިޔޭގެ ނިމުން އަންނަނީ ކަމަށެވެ. އަދި ބޭރުގެ ބައެއް މީޑިއާތަކުން ވަނީ މި ހަނދު ފެނުމާއި ދުނިޔޭގެ ނިމުމާ ގުޅުމެއް ވާކަމަށް ބުނެ ވާހަކަތައްވެސް ދައްކާފައެވެ. ސައިންސްވެރިން ބުނާގޮތުގައި މިރޭ ހަނދު ކަޅުކުލައިން ފެންނާނީ އުތުރު އެމެރިކާ އަށެވެ.

2016 ވަނަ އަހަރު މި ހަނދު ބެލުމަށް "ބްލެކް މޫން ރައިޒިން" ގެ ނަމުން ދީފައިވާ ހަރަކާތެއް ވެސް ކުރިއަށް ގެންދިޔައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މިރޭ ފެނިގެންދާ ހަނދަށް ބްލެކް މޫން ކިޔަނީ އެއް މަހުގެ ތެރޭގައި ހަނދުގެ ބުރު ދެފަހަރަށް އައުމުންނެވެ. އެއީ ހަނދުގެ ބުރު ހަމަ ކުރުމަށްފަހު އެއް މަހުގެ ތެރޭގައި ދެވަނަ ބުރެއް ފެށުމުންނެވެ.

"ނިއު މޫން" ނަމަށް ކިޔާ އެ ޓާމްގެ މާނައަކީ އިރާއި ދުނިޔެއާ ދެމެދަށް ހަނދު އެރުމުން އެކަމުގެ ސަބަބުން އެޅޭ އަނދިރި ކަމުން ދެވިފައިވާ ނަމެވެ. އެއީ "ބްލޫ މޫން" ގެ އިދިކޮޅު ކަމަށް ކަމަށް ސައިންސްވެރިން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޔާރާ

    ޔާﷲ އަޅަމެންގެ ކުއްތަށް އަފޫކޮއްދެއްވާ ދާއިމީ
    ސުވަރުގެ މިންވަރުކުރަށްވާންދޭވެ.
    ގިޔާމަތުގެ އަލާމަތެއް ކަމައް ގަބޫލް ކުރެވޭ!
    އެހެނީ އެދުވަސް އައުމުގެ ކުރިން ހަނދުގެ ނޫރުކެނޑި އޭގެ އަލިކަން ފިލާދާނެކަމަށްވޭ!

    35
    2
    • ބުޅާ

      ކިއުނުހާ ހެޔޮއެއްޗެއް ކިޔައިގެން ނިދަން އޮވޭ. ކަލޭގެ އަޖަލު ކުޑަތަންވެއްޖެހެން ކަލެއަށް ހީވެއްޖެ

      8
      4
  2. ޚައިދަރު

    ސާބަސް.... ބްލެކް މޫން ކިޔަނީ މީލާދީ މަހެއްގެތެރޭ ދެ ހަނދުމަސް ފެށޭތީ... މީލާދީ މަސްތައް ހަނދު މަސްތަކަށް ވުރެއް ދިގު ވީމަ މިހެން ވަނީ... ހަނދަށް ގޮތެއް ވަނީކީ ނޫން. އަދި ދުނިޔެގެ ހިޔަނި ހަނދަށް އެޅެނީކީ ވެސް ނޫން.. ކޮންމެ ހަނދުމަހެއް ފެށޭއިރުވެސް ހަނދު ހުންނާނީ ކަޅުކޮށް. އެއީ ހަނދުގެ ހިޔަނިވީ ފަރާތް ދުނިޔެއާއި ދިމާލަށް ހުންނާތީ... ރާއްޖެއަށް އެ މަސް ފެށޭނީ މާދަމާ... ވީމާ، އޯގަސްޓް 30 ވަނ ދުވަހު މި "މަދުން ނޫނީ ނުފެންނަ" ކަޅު ހަނދު ރާއްޖެއަށްވެސް ފެންނާނެ. ޙަބަރުގަ ޖަހާލަދޭތި.

    2
    1
  3. ފޭކް

    ހުސްފޭކު. ބްލެކް މޫންއަކީ ސިހުރަށާއި ބުދަށް އަޅުކަންކުރާ ބަޔަކު ހަދައިގެން އުޅޭ އެއްޗެއް. (ގޫގުލް wicca religion). މިއާޓިކަލްގައި އޮތަކަސް މިއީ ސައިންސާއި އެއްވެސްވަރަކަށް ގުޅުމެއް ނެތް ކަމެއް. ހަނދުމަހުގެ ފުރަތަމަ ދުވަހު ހަނދު ހުންނާނީ އަދިރިކޮށް. އަހަރަކު 12 ނޫނީ 13 ފަހަރު ހިނގާކަމެއް. އެއް މަހެއްގައި ދެފަހަރު ހަނދުމަހުގެ ފުރަތަމަ ދުވަސް ދިމާވުމުން މިއީ ދުނިޔޭ ނިމެނީ އޭ ކިޔާ ކޮން މޮޔައެއް ހަދަން އުޅޭ ބައެއް.

    4
    3
  4. ޔާރާ

    އެހެން ނޫނަސް ކާކައްތަ އޮތީ މާދަމާ ތިމާ ދުނިޔެ ހުންނާނެކަމުގެ ގެރެންޓީ!
    ބުޅާ ހާދަ ނުވިސްނެޔޭދޯ!
    ބުޅަލަށް މާކަ ޔަގީން ވަނީ ދޯ! ކޮންމެ ރެޔަކުވެސް ޔާރާ ނިދަނީ ކުއްތަށް އަފޫކޮށްދެއްވުމަށް ﷲ ހަޒުރަތުގަ ދަންނަވާފަ!
    އަހަރެމެންނަށް އޮތީ އަންގަވާފަ ނޫންތަ! މާދަމާ ތިބާޔާ ބައްދަލް ކުރާނެކަމަށް ނުދެކޭށޭ!
    ރުޅިއެރިޔަސް ގިޔާމަތުގެ ކުރިން ހަނދުގެ އަލިކަން ކެނޑި ގެއްލިދާނެކަން އެއީ ޔަގީންވާކަމެއް!ބުޅަލަށް ޔަގީން ދޯ ސުވަރުގެ ލިބޭނެކަން! ޔާރާ ދުއާ ކުރަން" އުއްމީދުކުރަން ލިބުން.
    ބުޅާގެ އަޖަލު ކިހާދިގުކަމެއް ކިހާކުރުކަމެއް
    ޔާރާއަށް ނޭނގެ!
    އަޖަލު ދިގުކުރެވޭވަރުގެ މީހެއް ބުޅާ އެބަހުރިތަ!
    ބުޅަލަށް ހެޔޮވިސްނުން ދެއްވާށި! އާމީން.
    ޔާރާ ބުޅާދެކެ ރުޅިޔެއްނާދޭ!