އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ހައްޖުގެ މާތް އަޅުކަން އަދާ ކުރުމަށް މައްކާގެ ބިމަށް ދާން ބޭނުން ވާނެއެވެ. ނަމަވެސް ކޮންމެ މީހަކީ މި އަޅުކަން އަދާ ކުރުމަށް މައްކާ އަށް ދާން މާލީ ހާލަތު ތަން ދޭ މީހަކަށް ނުވެދާނެވެ.

އެހެން ނަމަވެސް ޕާކިސްތާނުގެ މީހަކު ވަނީ އޭނާ ހައްޖަށް ދިޔުމަށް ބޭނުންވެފައި ހުރިލެއް ބޮޑު ކަމުން 43 އަހަރު ވަން ދެން ފައިސާ އެއްކޮށްފައެވެ.

ފައިސާ ހޯދުމަށް އޭނާގެ ދަނޑުބިންތަށް ވިއްކާލި މި މީހާއަށް ދިރުއުޅުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއިރުވެސް ރައްކާ ކުރަމުން އައި ފައިސާ އެހެން ކަމަކަށް ބޭނުމެއް ނުކުރެއެވެ.

ހެޔޮ އަމަލު ގިނަ ކުރާ މީހުންގެ މަރު ބައްދަލުވާނީ ހީވެސް ނުކުރާހާ ހެޔޮގޮތަކަށް ކަން ތާރީހު ހެކިދެއެވެ.

ޕާކިސްތާނުގެ މި މީހާއަށް ވެސް މެދުވެރިވީ މި ކަހަލަ ގޮތެކެވެ. ހައްޖަށް ދާން 43 އަހަރު ވަންދެން އެއްކުރި ފައިސާއިން މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކޮށް ނިމުނުތަނާހެން މަރުވެގެން ވެއްޓުނީ ހަރަމްފުޅު ތެރެއަށެވެ.

ބައެއް މީހުން ދުނިޔަވީ ގޮތުން ބޭކާރު ކިތަންމެ ކަމެއްގައި އަގުހުރި ވަގުތުތައް ހޭދަ ކޮށްލަނީ ވަގުތީ އުފަލަކަށްޓަކައެވެ. ހުނުމާއި މަޖަލުގައި ކުޅިވަރާއި ﷲ ނަހީކުރަށްވާފައިވާ މިއުޒިކުގައި މަސްއޫލުވެ ތިބޭތިބުން މިވަނީ އާންމުވެފައެވެ.

ކޮންމެ މީހަކުވެސް ދުނިޔޭގެ މިލިބޭ މަދު ދުވަސްކޮޅު ހެޔޮއަމަލުތަށް ގިނަ ކޮށް ދެން އޮތް ދުނިޔެ ރަނގަޅު ގޮތުގައި ހޯދުމަށް މައްސަކަތް ކުރަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުސްލިމެއް

    ހެޔޮ ނިމުމެއް..މާތްﷲ އެއަޙްގެ ފާފަތައް ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ލިބިގެންވާ އަޅެއް ކަމުގައި ލައްވަވާށި.އާމީން

    100
    1
  2. ހުސޭނުބޭ

    އޭނާގެ ދުނިޔޭގެ މަޤްޞަދާވެސް އެއްގޮތަށް މާތްﷲ އޭނާގެ މަރުގެންނެވީ! ރީތި އަދި ނޫރުން އަލިވެގެންވާ މަރަކުން ދުނިޔެއިން ނުކުމެގެން ދިޔައީ!

    103
    1
  3. ސުނީ

    ހެޔޮ ނިމުމެއް..މާތްﷲ އެއަޙްގެ ފާފަތައް ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ލިބިގެންވާ އަޅެއް ކަމުގައި ލައްވަވާށި.އާމީން

    64
  4. ޝައިޚް ޖަލީލު

    ﷲ ތަޢާލާ ޙަރާމްކުރެއްވި ކަންތައްތައް ވަރަށް ސާފުކޮށް ކީރިތިޤުރުއާނުގައި އެކި އާޔަތްތަކުގައި ބަޔާންވެގެންވާއިރު "ވަޙައްރަމަލް މޫސީޤާ" މާތްﷲ މިޔުޒިކް ޙަރާމްކުރެއްވިއެވެ، އޮތްތަނެއް ނުފެނެއެވެ. އަދި އެއްވެސް ޙަދީޘްފުޅެއްގައިވެސް މިޔުޒިކް ޙަރާމް ކަމަށް އަންގަވާފައެއް ނުވެއެވެ. އެހެންނަމަވެސް މިޔުޒިކާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފްވެއެވެ. ބައެއް ޢިލްމުވެރިން ޙަރާމާ ވިދާޅުވާއިރު ހަމަ އެޢަދަދުގެ ޢިލްމުވެރިން ޙަލާލޭވެސް ބުނެއެވެ. މި އާޓިކަލްގައި ބޯލްޑްކޮށްފައި "ﷲ ނަހީކުރަށްވާފައިވާ މިއުޒިކުގައި މަސްއޫލުވެ ތިބޭތިބުން މިވަނީ އާންމުވެފައެވެ." އޮތުމުން ސުވާލު އުފެދެއެވެ.

    4
    10
  5. kalhey

    Innalillahi vainna ilaihi raajiun heyo nimumegge meehey

    13
    1