އެމެރިކާގެ ނެބެރާސްކާއަށް ނިސްބަތްވާ ޓީޗަރެއް ކަމަށްވާ ޖޯޝް ލަނިކް ދިރިއުޅެމުން ދިޔައީ އާދައިގެ ދިރިއުޅުމެއްގައެވެ. ޖެމް ހަންޓިންއަށް އަބަދުވެސް ބައެއް ފަހަރު އާއިލާއާއެކު ލަނިކް ދާ ނަމަވެސް އޭނާ އެކަން ކުރަނީ ފައިސާތަކެއް ހޯދާ، މުއްސަނދި ވާކަށް ނޫނެވެ. މުރުފްރީސްބޯރޯ ޕާކަށް ޖަވާހިރު ހޯދުމަށް އާއިލާއާއެކު ދިޔަ ދުވަހެއްގައި ޕާކުގެ ރެކޯޑު މުގުރާލެވޭނެ ކަމަކަށް ލަނިކް ހީވެސް ނުކުރެއެވެ.

ފަކީރާއިން ކޮންނަމުން ދަނިކޮށް، ހަރު އެއްޗެއްގައި ޖެހިގެން ރަނގަޅަށް ބަލާލިއިރު، 4.12 ކެރެޓްގެ ބޮޑު ޑައިމަންޑެކެވެ. އެތައް ބަޔަކަށް އެ ޑައިމަންޑް ފެނި ހައިރާންކަން ގެނުވިއިރު، ޑައިމަންޑްގެ ބޮޑުކަމުން ނޫސްވެރިންވެސް ވަނީ އެތަނަށް އެއްވެފައެވެ. އުމުރުން 36 އަހަރުގެ ޓީޗަރަށް ބޮޑު އުފާވެރި ކަމެއް ލިބުނު ކަމަށް އޭނާ ބުނެފައިވާއިރު، އެ ޑައިމަންޑް ވިއްކާލުމަށް މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.

ޑައިމަންޑް ފެނުމާއެކު ހައިރާންކަން ގެނުވި އެއް ސަބަބަކީ އެފަދަ ޕާކަކުން މީގެ ކުރިން އެހާބޮޑު ޑައިމަންޑެއް ފެނިފައިނުވާތީއެވެ. އޭގެ ކުރީ ދެ ދުވަހުވެސް ވާރޭ ވެހިފައި އޮތުމުން ޑައިމަންޑް ފެނުމަށް މަގުފަހިވި ކަމަށް ގިނަ ބަޔަކު ބުނެފައިވާއިރު، އެ ޑައިމަންޑާއެކު ޓީޗަރުގެ ހަޔާތް ބަދަލުވި ކަމަށް އޭނާ ބުންޏެވެ. ލަނިކް ބުނެފައި ވަނީ ޑައިމަންޑުން ލިބޭނެ ފައިސާއަށްވުރެ ބޮޑަށް، ޑައިމަންޑާއެކު އާއިލާއަށް ވަރަށް ބޮޑު އުފާވެރި ކަމެއް ގެނުވި ކަމަށެވެ.