އެކްސިޑެންޓް ވުމުން މީހެއްގެ ފުރާނަ ސަލާމަތްވީ ވާހަކަ ވަރަށް މަދުންނޫނީ އަޑުނާހާނެއެވެ. ނަމަވެސް އައިމީ ގުރީން ބުނާ ގޮތުގައި އޭނަގެ ފުރާނަ ސަލާމަތްކޮށްވީ ކާރު އެކްސިޑެންޓެއްގެ ސަބަބުން ކަމަށެވެ.

އެކްސިޑެންޓް ހިނގާފައި ވަނީ ޖުލައި 20 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، ކެލިފޯނިޔާ ހައިވޭގައި އެވެ. އެކްސިޑެންޓް ހިނގިއިރު ކާރުގައި ތިބީ އައިމީ އާއީ އެނާގެ ލޯބިވެރިޔާ ގިއަނީ ވެސްޓްލޭކް އެވެ.

އެކްސިޑެންޓަށްފަހު އައިމީ ހޮސްފިޓަލަށް ގެންދިޔައީ ލިބިފައިވާ އަނިޔާތަކުގެ ކުޑަބޮޑުމިން އަންދާޒާކުރުމަށެވެ. ޓެސްޓްތަކުން ދެއްކީ އޭނާގެ އެއްވެސް ކައްޓެއް ބިންދައިންގޮސްފައި ނުވާކަމަށެވެ. ނަމަވެސް ބޮލުގެ ޓެސްޓްތަކުން ހީނުކުރާފަދަ ނަތީޖާއެއް ފެނިގެންދިޔައެވެ.

އައިމީގެ ސީޓީ ސްކޭންސްއިން ދެއްކީ އޭނަގެ ސިކުޑީގައި ޓިއުމަރެއް އިން ކަމަށެވެ. އެ ޓިއުމަރު އުފެދިފައި ވަނީ އައިމީ ސިކުޑީގެ ކަނާތު ކަންފަތާއި ދިމާލުގައި އެވެ. ޑޮކްޓަރުން ބުނިގޮތުގައި އެއީ ޝަހާދު އިނގިލިވަރުގެ ކޮރޮއިޑް ޕްލެކްސް ނަމަކަށް ކިޔާ ޓިއުމަރ އެއް ކަމަށާއި ޓިއުމާ އުފެދިފާ އިންނަތާ އަހަރެއްވެސް ވެފައިވާ ކަމަށެވެ.

ޓިއުމަރ ބޮޑުވަމުންދާ ވަރަށްކަށް ސިކުޑިއަށް ހައިޑުރޯސެލަޕަސް ނަމަކަށް ކިޔާ މާއްދާއެއް އެޅި ސިކުޑީއާއި އެހެން ގުނަވަން ތަކަށް ގެއްލުންވެ މީހާގެ ހާލުދެރަވެއެވެ. އެގޮތުން ގައި ހިރުވާ، ބޯއަބުރާ ހޮނޑުލެވެއެވެ.

ރިފޯޓުތަކުން މައުލޫމާތު ލިބޭގޮތުގައި އައިމީ ބޮލުގައި އިން ޓިއުމަރ ނެގުމަށް އޮޮަޕަރޭޝަން ކުރަންޖެހޭ ކަމަށެވެ. ނަމަވެސް އެއީ ބޮޑު ޓިއުމަރ އަކަށްވެފައި އޮޕަރޭޝަން ކުރުމަށްފަހު އައިމީގެ ވިސްނުމުގައި އުނިކަމެއް އުފެދުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެގޮތުން އައިމީ އޮޕަރޭޝަން ނުކޮށް ޓިއުމަރ ބޮޑުވިޔަ ނުދީ ބޭސްކުރުމަށް ވަނީ ނިންމާފައި އެވެ.

އަދި އައިމީ ބުނިގޮތުގައި އަހަރެއްހާ ދުވަހު މައިގުރޭންގެ އުނދަގޫ ތަހައްމަލު ކުރި ކަމަށާއި ޓިއުމަރ އުފެދިފައި އިންކަން އެނގުނީ އެކްސިޑެންޓަށް ފަހުގައި ކަމަށެވެ. އެގޮތުން އެކްސިޑެންޓްއަކީ އޭނާގެ ހަޔާތައް ބޮޑު ބަދަލެއް ގެނެސްދީ ބަލީގެ ނުރައްކަލުން ސަލާމަތް ކޮށްދިން ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު