އަލިފާން ފަރުބަދައެއް ގަންނާނަންތަ؟

އާންމުކޮށް މީހުން ގަންނަނީ ޕްރައިވެޓް ރަށްތަކާއި، ގެ ތަކެވެ. ނޫނީ ބިންތަކެވެ. އެކަމަކު މިފަހަރު މިއޮތީ މުޅިން ތަފާތު ކަމެކެވެ. އަލިފާން ފަރުބަދައެއް ވިއްކާލަނީއެވެ. އުމުރުން 250 މިލިއަން އަހަރު ވެފައިވާ ޕޮސްބަރީ ކްލަމްޕު ނަމަކަށް ކިޔާ އެ އަލިފާން ފަރުބަދަ ވިއްކާލަން ޖަހާފައި ވަނީ 60،0000 ޑޮލަރަށެވެ. އެ އަލިފާން ފަރުބަދައަކީ މިހާރު އެކްޓިވް އަލިފާން ފަރުބަދައެއް ނޫނެވެ. ވިއްކަން ޖަހާފައިވާ އަލިފާން ފަރުބަދައަކީ 4.9 އޭކަރުގެ ސަރަހައްދެއް ކަވަރު ކުރާ 500 ފޫޓު އުސް އަލިފާން ފަރުބަދައެކެވެ. އެ ސަރަހައްދުގައި މިހާރު ވަރަށް ބޯކޮށް ގަސް ފަޅާފައިވުމުން، އެ ފަރުބަދަ މިހާރު ބޮޑަށް ސިފަ ވަނީ ޖަންގައްޔެއްގެ ގޮތަށެވެ. އެ ސަރަހައްދު އޮބްޒާވްކޮށް، ދިރާސާ ކުރަން ދިޔަ މީހުން ދެކޭ ގޮތުގައި، އެ ސަރަހައްދަކީ ފަތުރުވެެރިކަމުގެ މަންޒިލެއް ބިނާ ކުރުމަށް ފުރިހަމަ ސަރަހައްދެއް ކަމަށެވެ.ސަރަހައްދުގައި މަދު މީހެއް ދިރިއުޅޭއިރު، އާންމުކޮށް އެ ސަރަހައްދައް މީހުން ދިޔުންވެސް ވަނީ ހުއްޓިފައެވެ. ނިއުޒީލެންޑްގެ އަލިފާން ފަރުބަދަ ވިއްކާލަން ޖަހާފައިވާއިރު، ދުނިޔޭގެ ގިނަ މުއްސަނދިންތަކެއް އެ ފަރުބަދަ ގަތުމަށް ޝައުގުވެރިވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައިސީ

    މަވެސް ގަންނަން ބޭނުން. އެއީ މަސްއަވީލާ ތަނެއް ހަދަން.

  2. ަިަަަަަަަަަަްރގރޖހޔފ

    މަވެސް ބޭނުން ބާބަކިޔު ހަދަން