އިއްޔެ ރަޝިއާގެ ޓީވީ ޗެނަލްތަކާއި ނޫސްތަކުގެ ސަމާލުކަން ހުއްޓިގެން ދިޔައީ އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހެޅުމަށްފަހު ކުޑަ ކުއްޖަކު ސަލާމަތް ކުރި ޗެޗްނިޔާގެ ރައްޔިތަކަށެވެ.

އިއްޔެ ވަނީ ރަޝިއާގެ ގޮރޮންޒީ އަވަށުގައި ވަރަށް ނުރައްކާތެރި ހާދިސާއެއް ހިނގާފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ފުރާނައަށް ނުރައްކާވާ ގޮތަކަށް އިމާރާތެއްގެ ފަސް ވަނަ ފަންގިފިލާގެ ބޭރު ފާރުގަ އުމުރުން 6 އަހަރުގެ ކުއްޖަކު ތާށިވުމުންނެވެ.

މިހެން ވީ މި ކުއްޖާ އިމާރާތެއްގެ 5 ވަނަ ފަންގިފިލާއެއްގައި ފިހާރައެއްގެ ފާޚާނާއަށް ވަން ތަނާ ބޭރުން ތަޅުލެވި ދޮރު ބަންދުވުމުން މި ކުއްޖާ ވަނީ ކުޑަދޮރުން އިމާރާތުގެ ބޭރަށް ފައިބައިގެން ދެވޭތޯ މައްސަކަތް ކޮށްފައެވެ. މި މަސައްކަތުގެ ތެރޭގައި ކުއްޖާ ވަނީ ބޭރު ފާރުގައި ތާށިވެފައެވެ.

މި ކުއްޖާގެ ފުރާނަ ސަލާމަތް ކުރީ ޗެޗްނިޔާގެ ރައްޔިތަކާއި އަދި އޭނާއަށް މި ކަމުގައި އެހީވި މީހެކެވެ. މި ދެމީހުން ވަނީ ހަނި ގޮތަކަށް އެ ކުއްޖާ ސަލާމަތް ކުރަން އަމިއްލަ ފުރާނަ ނުރައްކަލަށް ލާފައެވެ.

މި ދެ ޒުވާނުންނަށް އެތައް ބައެއްގެ ތައުރީފް ދަނީ އޮހެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސޮނިފުހޭ

  އޭނަ ސަޅި

 2. ސޮނިފުހޭ

  ހާދަ ހިއްވަރު ގަދައެ

 3. ރަމަދާން

  މާތް ﷲ އެދެ މީހުންނަށް ހެޔޮ ރަޙްމަތް ލައްވާށި.

  13
 4. ސުބްޙާނަﷲ

  ތައުރީފް ހައްގު.