އެމެރިކާގެ މަގެއް މަތީގައި ނިދާފައި އޮތް މީހެއްގެ ގައިގައި ކާރަކުން ޖެހި އޭނާ މަރުވެއްޖެއެވެ.

އިއްޔެ މިހާދިސާ ހިނގަން މެދުވެރިވީ ފަތިހުގެ ވަގުތެއްގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރަށް މީހަކު މަގުމަތީ ނިދާފައި އޮތްތަން ނުފެނި އޭނާ ގައިގައި ޖެހުމުންނެވެ.

އެމެރިކާ ފުލުހުން ހާމުކުރާ ގޮތުގައި މަރުވީ 20 އަހަރުގެ ޒުވާނެކެވެ. އޭނާ އަކީ މަގުމަތީ އުޅެ ބޮޑުވަމުން އަންނަ ޒުވާނެއް ކަމަށާއި، އޭނާ މަގުމެދުގައި ނިދާފައި އޮތުން އެއީ މައްސަލައެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ ކާރުގައި ޖެހުނު ހިސާބުން އޭނާ މަރުވެފައިވާކަމަށް އޭނާ ގެންދިޔަ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށެވެ. އަދި މައިންބަފައިންނަކީ ކޮންބައެއް ކަން ނޭންގޭ އެޒުވާނާގެ ތިމާގެ މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި ކާރު ދުއްވަން އިން 50 އަހަރުގެ އަންހެން މީހާ ސުވާލުކުރުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ. އޭނާއަތުން ޒުވާނާ މަރުވުމުން ބިރުން ހުރި އެއަންހެން މީހާ ބުނީ ފަތިސް ގަޑީގައި އަނދިރި ވެފައި އޮތުމުން މަގު މެދުގައި ނިދާފައި އޮތް ޒުވާނާ އޭނާ އަށް ނުފެންނަ ކަމަށާއި އެހެން މަގު މެދުގައި މީހަކު ނިދަން އޮވެދާނެ ކަމަށް އެއްވެސް މީހަކު ނުވިސްނާނެ ކަމަށެވެ.

ވަންނާނެ ގެއެއް ނެތި އެތައް މިލިއަން ބަޔަކު އެމެރިކާގެ މަގުމަތީގައި ދިރިއުޅެއެވެ. އެފަދަ މީހުން ކައިބޮއި ހަދަނީ މީހުން މަގުމައްޗަށް އުކާލާ ތަކެތިންނާއި ސަލާން ޖަހައިގެން ހޯދާ ތަކެތިންނެވެ،

ކިޔުންތެރިންގެ ހިޔާލު