ފުރަތަމަ ފަހަރަށް ކުއްޖެއްގެ ކައިރިއަށް ޒިޔާރަތް ކުރާއިރު ވިސްނަންވީ ބައިވަރު ކަންތައްތަކެއް ހުރެއެވެ. މިގޮތުން ބައެއް ކަންކަމަކީ ބައެއް މިހުން ފަރުވާ ކުޑަ ކުރާ ކަންކަމެވެ. އެހެންނަމަވެސް މިކަންކަމަކީ ޚާއްސަ ސަމާލު ކަމެއް ދޭން ޖެހޭ ކަމެކެވެ. މިގޮތުން ތިރީގައި މިވަނީ މީގެ ތެރެއިން ބައެއް ކަންކަމެވެ.

ބޮސްނުދިނުން

ކުޑަކުދިންނަކީ އިންފެކްޝަންސް އަވަހަށް ޖެހޭ ބަޔަކަށް ވުމުން މިގޮތަށް ކަންތައް ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ބޮސް ދިނުމުގެ ސަބަބުން ބެކްޓީރިއާ ކުއްޖޭގެ ހަށިގަނޑަށް އެތެރެވުމަށް މަގުފަހި ވެގެންދެއެވެ.

ކުއްޖާ ނިދާފަ އޮއްވާ ނުނެގުން

ކުއްޖާ ނިދާފައި އޮއްވާ ހޭލައްވާ ލުމަކީ ވަރަށް ގިނަ ފަހަރަށް ކުރެވޭކަމެކެވެ. އެހެންނަމަވެސް މިއީ އެއްގޮތަކަށްވެސް ކުރުން ރަގަނޅު ކަމެއް ނޫނެވެ. ސަބަބަކީ ކުއްޖާއަށް ނިންޖަކީ ވަރަށް މުހިންމު އެއްޗެކެވެ. ހެދިބޮޑު ވުމަށްވެސް ނިންޖަކީ ވަރަށް މުހިންމު އެއްޗެކެވެ.

ކުއްޖަކު ގޮވައިގެން ގޮސްފިނަމަ އެކުއްޖާއަށް ބެލުން

ކުޑަކުދިންނަކީ އެކުދިންނަށްވުރެ ކުޑަކުދިންނަށް ޚާއްސަ ޝައުޤުވެރިކަމެއް ހުންނަ ބައެކެވެ. އެހެންނަމަވެސް މިގޮތަށް އުޅޭއިރު ކުއްޖާއަށް ލަޑެއް ލިބުމަކީ ގާތްކަމެކެވެ. މިހެންވެ ކުއްޖަކު ގޮވައިގެން ގޮސްފިނަމަ އެކުއްޖާއަށް ބެލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު