ހަފްތާ ބަންދުގައި ނެރުނު ބޮލީވުޑުގެ މަޝްހޫރު ތަރި އަކްޝޭ ކުމާރުގެ އެންމެ ފަހުގެ ފިލްމް، "މިޝަން މަންގާލް" ނެރުނުތާ ދެ ގަޑިއިރު ނުވަނީސް އޮންލައިން ކޮށް އެ ފިލްމު ލީކް ކޮށްލައިފިއެވެ.

ފިލްމު ލީކް ކުރުމަކީ މިހާރު އާންމު ކަމަކަށް ވެފައިވާއިރު މި ގޮތަށް ފިލްމު ލީކް ކުރުމުގެ ސަބަބުން ފިލްމު އުފައްދާ ފަރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް ލިބެއެވެ.

އިންޑިއާ އިން މާސް އަށް ދާން ކުރިއަށް ގެންދާ މިޝަން އަށް ބިނާކޮށް ހެދި ފިލްމު "މިޝަން މަންގަލް" ލީކް ކުރި ޑައުންލޯޑިންގެ ފެންވަރު ދަށް ނަމަވެސް މިޝަން މަންގަލް އާއި އެކު ބައެއް އެހެން ފިލްމުތަކެއްވެއް ވަނީ ލީކް ކޮށްލާފައެވެ. ނަމަވެސް ލީކުކޮށްފައިވާ ޑައުންލޯޑުތަކުން، ފިލްމުގެ ވަކި މަންޒަރެއް އުނި ވެފައި ނުވެއެވެ.

"މިޝަން މަންގަލް" އަކީ އިންޑިއަން ސްޕޭސް ރިސާރޗް އޮގަނައިޒޭޝަން 2013 ގައި ލޯންޗް ކުރި މާސް އޯބިޓާ މިޝަން (މަންގަލިޔާން) އަށް ބިނާކޮށް ހަދާ ޖައްވީ ފިލްމެކެވެ. މިއީ އިންޑިއާގެ އަންހެން ސައިންސްޓިންތުންތަކެއް ވަރަށް ބޮޑު ހިއްސާއަކާ އެކު ކުރިއަށް ގެންދާ މަޝޫރޫއެކެވެ.

މިމަހު 15 ގައި ރިލީޒް ކުރި މި ފިލްމުގެ ކާސްޓުންނަކީ އަކްޝޭ، ވިދިޔާ ބަލަން، ޝަރުމަން ޖޯޝީ، ސޮނާކްޝީ ސިންހާ، ސަންޖޭ ކަޕޫރު، ތާޕްސީ ޕައްނޫ، ކިރިތީ ކުލްހާރީ އަދި ބޮލީވުޑަށް ތައާރަފުވާ، ތަމަޅަ އެކްޓްރެސް، ނިތިޔާ މެނެން އެވެ.